ތ. ކިނބިދޫގައި ކަރަންޓީންގައި ހުރި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ހެނދުނު ނިޔާވި އެމީހާއަކީ ކޮވިޑް މަރަކަށްވުމުގެ ފުރުސަތު އޮތުމާ ގުޅިގެން އެމީހާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

ކަރަންޓީންގައި ހުއްޓާ ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރި ނަމަވެސް މިހާތަނަށް އައިއިރު ނަތީޖާ ލިބިފައެއް ނުވެއެވެ.

ކިނބިދޫ ކައުންސިލުން ހާމަކުރި ގޮތުގައި އެ ޒުވާނާއަކީ ކޮވިޑް-19 އަށް ފައްސިވި މީހަކާ ގާތުން އެއްތާންވެފައިވާ މީހަކަށްވާތީ ކަރަންޓިންކޮށްފައި ހުރި މީހެކެވެ.

އެމީހާ ކަރަންޓީންގައި ގޭގައި ހުރި އިރު، ގޭގައި ހުންނަތާ ދިހަ ވަރަކަށް ދުވަސްވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙޗ×

    އެނގިފައިވާ ގޮތުގައި ހެނދުނު ނިޔާވި އެމީހާއަކީ ކޮވިޑް މަރަކަށްވުމުގެ ފުރުސަތު އޮތުމާ ގުޅިގެން އެމީހާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ...ޥޯޓްލާން ދާން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ނެތް.

    77
    5
    • ކާފަ

      ވޯޓު ފެނިފަ ކޮވިޑުވެސް ބިރުންފިލާ

    • Anonymous

      ދޮގު ހަބަރު

  2. އެޖެންޑަ-ކޮވިޑް

    ލ.ގަމު ގައި ކަރަންޓީން ގައި ތިބިމީހުން ވޯޓުލާ ތަނަށް ގެންގޮސް ވޯޓިލި ކަރަންޓީނު ތިބި މީހުނެކޭ ޢާމުރައްޔި ތުނެކޭ ހަމަހަމަ އެއްވެސް ތަފާ ތެއްނުކުރޭ ހުރިހާމީހުންވެސް ހަމައެއް ތަނަކަށްގޮސް ހަމައެއްފޮއްޓަކަސް ވޯޓުއެޅީ އަސްލު ކޮވިޑު އެޖެންޑާ ކޮވިޑް މިސަރުކާރު ދަމަހައްޓަން ބޭނުންކޫރާ ހަ ތިޔާރަކީ ނަމުގައި ކޮވިޑް މާ ތްﷲގެ ރަހުމަ ތް ފުޅުން ބަލާއެއްފަދަ ރީނދޫ ކޮވިޑް މިޤައުމު ސަލާމަ ތްކުރަށްވާށި އަމީން