ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް މީހުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުވާލައިފި އެވެ.

މިއަދު ކަރެކްޝަން އިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ޕްރިޒަން އޮފިސަރ ފިރިހެން އަދި އަންހެން ބޭފުޅުންނަށް ފުރުސަތު ހުޅުވާލިކަމަށެވެ. އަދި ރޭންކް އަކީ ޕްރިޒަން ޕްރައިވެޓް ކަމަށްށާއި ކޮލިފިކޭޝަނަކަށް ބަލަނީ ނޮން ކޮމިޝަންޑް އޮފިސަރސް ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭ ކަންތައްތަކުގެ ތެރޭގައި ފިޒިކަލް ފިޓްނަސް ހުރި މިންވަރާއި ތަޢުލީމީ ފެންވަރު އަދި އިންޓަވިއު މާކްސް އަށް ބެލެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އަދި ޖަލުތަކުގައި މަސައްކަތް ކުރަންޖެހޭއިރު ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކާއި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު 01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ / ގްރައުންޑް ފްލޯރ) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވަޒީފާއަށް އެދޭ ފޯމު އެ ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން އަދި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިހަވަންްދޫ

    ސަޅި ޖޮބެއް

  2. އްހެން ވަޒީފާތައް ނޫހު ނުޖަހަނީ