ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާކަމަށް ބުނި ވާހަކަތަކާއެކު އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާ ގުޅުމަށް އޭނާއަށް ދައުވަތު ދީފިއެެވެ.

އޭނާއަށް އެ ދައުވަތު ދީފައި ވަނީ ނިއުޕޯޓްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ.

ކައިޒީން ދެން ބޭނުންވަނީ ސިޔާސީ ދާއިރާއަށް ނުކުންނަން ކަމަށް އިއްޔެ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމްގައި އޭނާ ދެއްކި ވާހަކަތަކާއި ގުޅުވައިގެން ޒާހިދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް ގެ ދޮރުވަނީ ހުރިހާ ޒުވާނުންނައި ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލެވިފައި ކަމަށެވެ.

"ސިޔާސީ ގޮތުންވެސް އަދި އުމްރާނީ ގޮތުންވެސް ގައުމާއި ރައްޔިތުންނަށް ހިދުމަތެއް ކޮށްދޭން ބޭނުންވާ އެންމެން ޕީޕީއެމްއާ ގުޅޭށެވެ". އޭނާގެ ޓްވީޓްގައި ވެއެވެ.

އެ ޓްވީޓްގައި އޭނާ އިތުރަށް އޭނާ ވަނީ ކައިޒީންއަށްވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ.

ކައިޒީން ބުނެފައި ވަނީ މިހާރުވެސް މޮޑެލިންގެ ދާއިރާގައި ބައިވަރު ޕްރޮޖެކްޓުތައް އެބަހުރި ކަމަށާއި ނަމަވެސް އެ ދާއިރާ އިން އިތުރަށް ކުރިއަށް ދިއުމަށް ގަސްތު ނުކުރާ ކަމަށެވެ.

"އެބަހުރި ޕްރޮޖެކެޓުތަކާއި އެއްޗެހި ވެސް، ކައި މިހާރު އެހާ ބޮޑަކަށް ގަސްތެއް ނުކުރަން މި ފީލްޑުން ކުރިއަށް ދާކަށް، ބޮޑަށް މިކަން ކުރަން ބޭނުންވާ ކުދިންނަށް ފުރުސަތު ދޭން ބޭނުންވަނީ ." ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކައިޒީން ބުނެފައިވެއެވެ.

އަލަށް މޮޑެލިން ފަށާ ކުދިންނަށް އެ ފުރުސަތު ދިނުމަށް ކައިޒީން މޮޑެލިން ދޫކޮށް ސިޔާސީ ދާއިރާ އަށް ނިކުތުމުގެ އެންމެ ބޮޑު ބޭނުމަކީ އަންހެނުން ބާރުވެރި ކުރުމަށް ކަމަށްވެސް ކައިޒީން ވަނީ ބުނެފައެވެ.

ކައިޒީންއަކީ ރާއްޖޭގެ އެންމެ ގިނަ ފޮލޯވަރުންތިބި އެންމެ ރާއްޖޭގެ އެންމެ ފޭން ބޭސް ބޮޑު މޮޑެލް އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސުޖާ

  ކައި އަމިއްލަ އަށް ހިޔާރުކޮށްފަ އޮ ތީ އެމްޑީޕީ

  21
  15
  • ރަގަނޅު ވާހަކައެއް

   ރަގަނޅު ވާހަކައެއް ސުޖާ..މީދެން ކޮންކަމެއްތަ ޕީޕީއެމް އިން ތިކުރީ..ކައިޒީން އޯ އަޅެ ނޭގެނީތަ އޭނާ ދުވަނީ ލާރީގެ ފަހަތުން ކަން...އޭނާ ޑޭޓް ކުރަނީ އިބޫއާއި ކަން....

   23
   7
 2. ފާތުމަ

  މި މަންޖެ އައުރަ ނިވާ ނުކުރަނީ މި މަންޖެ މައިންބަފައިން ލަދުނުގަނޭ ބާ

  32
  7
  • ފާތުން

   ނުގަނޭ.. އެމީހުންވެސް މީނަގެ މަސައްކަތުން ދިރި އުޅެނީ.. އެހެންވެ ވަރަށް ވެފަ ދަރި އިޝްތިހާރު ކުރާނެ

   29
   3
 3. ޖާބެ

  ޕީ.ޕީ.އެމް އިން އެބަޖެހެ ބުއްދި ހަމަޖެހޭ ބަޔަކު ލީޑަރޝިޕައް ނަގަން މިހާރު، ސިޔާސީ ކަންކަމަކި ކޮބާބާ؟

  23
  3
 4. ޕެޑްމޭން

  ޕީޕީއެމުން ދެއްވީ ދައުވަތެވެ. ހިޔާރުކުރުމާއި ނުކުރުމަކީ ކައިޒީންގެ ކަމެކެވެ. ކައިޒިން ނިންމާ ކޮންމެ ނިންމުމަކަށް ޕީޕީއެމުން މަރުހަބާ ކިޔާނަމެވެ. މިބަރަކާތްތެރި މައްސަރުގައި ފިތުނަ އުފައްދަވަން ކޮންމެހެން ނޫޅުއްވާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވާށެވެ. ފަރުޟު ނަމާދު މިސްކިތުގައި ކުރާށެވެ. ސުންނަތް ނަމާދުން ﷲ ފާފަ ފުއްސަވައި ދަރަޖަ މަތިވެރި ކުރައްވައެވެ ގޭގައިކުރާ ސުންނަތް ނަމާދު މަސްޖިދުއްނަބަވީގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. މަސްޖިދުއްނަބަވީގައި ކުރާ އެއްނަމާދު އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވާ ކަމަށް ޙަދީޘްގައި އައިސްފައިވެއެވެ

  18
  7
 5. ޔާ ﷲ

  މަ އެއްގޮތަކަށްވެސް އެއްބަސް އެއް ނޫން ތީ ކަމާ ޕީޕީއެމްގެ ހުށައެޅުމަށް ފާޑުކިޔަން.. ތީ ދެފުއްކެހެރި އަންހެނެއް ގިނައިންލިބޭ ކޮޅަކަށް ދާނީ..ސޯލިހު ތީނަ ބޮލަށް ލާރި އޮއްސާތީވެ އެ ކޮޅައް ތި ދިޔައީ..

  15
  5
 6. ވގ ޔނ

  2023 ގައި ވެރިކަމައްނެރެން ތާ ރަގަޅު ބަލާލަން

  14
 7. ކަ އި

  ނޫޅެން! ޓިނު ޖަހާކަށެއް؟ އެނގިއްޖެ ދޯ

  4
  3
 8. ކިބޭ

  2023 ކިބޫގެ ރަނިން މޭޓަކަށް ހެޔޮވަރުގެ ގޮދައެއް. ސުފުރާއަށް ވަރަށް ބާރު ބޮޑުވާނެ

  5
  2
 9. ދޮން މަންޖެ

  ކައި އާއި ގުޅޭ މީހެއް ތި ތާކު ނެތތތތތތ ތް! ސޮރީ

  6
  1
 10. ސީނިއާ

  އަދުރޭއަށް ކަމުދާނެކަން ޔަގީން

  5
  4