ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ 1.9 މިލިއަން ރުފިިޔާ ނުދައްކައިގެން ގދ. ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިދާރާއި ކަރަންޓް ކަނޑާލާފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި، މަގުބައްތި، ފެރީ ޓާމިނަލް، މިސްކިތްތައް، ޕާކުތައް ފަދަ ތަންތަނުގެ ބިލުތައް ނުދައްކާތީއެވެ. އެއީ ތިނަދޫ ކައުންސިލް އިދާރާއިން ދައްކަން ޖެހޭ ބިލްތަކެކެވެ. އެ ބިލްތަކަށް 1.9 މިލިއަން ރުފިޔާ ދައްކަން ޖެެހެ އެވެ.

އެކަމާއި ގުޅިގެން ތިނަދޫ ކައުންސިލް އިދާރާގެ ރައީސް އަހުމަދު އަމްޖަދު "ވަގުތު" އަށް ވިދާޅުވީ، ކަރަންޓް ކަނޑާލާފައިވަނީ އިދަރާގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް، ކަރަންޓް ބިލު ވެސް ދައްކާނެ ކަމަށް ބުނެފައި އޮއްވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ، އެފަދަ އިދާރާތަކުގެ ބިލްތައް މީގެ ކުރިން ދައްކަން ދިޔައީ އިސްލާމިކް މިނިސްޓްރީން ކަމަށާއި އެހެން ނަމަވެސް ވަރަށް ފަހުން އެ ބިލްތައް ދައްކަން ކައުންސިލަށް ހަވާލު ކުރިއިރު، ވަރަށް ގިނަ ބިލްތަކެއް ހުރި ކަމަށެވެ. އަދި އޭގެ ފަހުން ކައުންސިލްގެ ބަޖެޓު ހެދިއިރު، އެކަމަށް އިތުރު ކުރަން ޖެހޭ ބައި އިތުރު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލުން ދެކޭ ގޮތުގައި އިދާރާތައް ކައުންސިލާއި ހަވާލު ކުރަން ޖެހޭނީ ހުރިހާ އެއްޗެސް ކްލިއާ ކޮށްފައި ކަމަށް. އެހިޔާލު ތަފާތު ކުރުމުގައި ބިލުތައް ނުދެއްކި ހުރީ. ކައުންސިލުން މަސައްކަތް ކުރި މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ލިބޭތޯ" އަމްޖަދު ވިދާޅުވިއެވެ.

ކައުންސިލްގެ ކަރަންޓް ކަނޑާލާފައިވާއިރު، 2020 ވަނަ އަހަރުގެ ކުރިން 8 ލައްކައާއި ކައިރި ކުރާ ވަރަކަށް ފައިސާ ކަރަންޓް ބިލަށް ދައްކާފައިވާ ކަމަށް އަމްޖަދު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ކަރަންޓް ކަނޑާލާފައިވަނީ 2020 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ހުރި ބިލްތަކަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިފަހަރު ބިލުތައް ދައްކައި ދޭން އެދުމުން އަޅުގަނޑުމެން އެދުނިން އެކަން ހައްލު ކޮށްދޭނެ ކަމަށް. ކަރަންޓް ބިލު ދައްކާނެ ކަމަށް. އިދާރާއަކީ އޭގެ ޒާތުގަ ކަރަންޓް، އަދި އެއްވެސް ލާރިއެއް ބޭނުން ކޮންމެ ގޮތަކަށް ރިލީޒް ކުރެވޭނެ ތަނެއް ނޫން މީކީ" އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، އެއްވެސް ގޮތަކަށް ބިލު ނުދައްކާ ތިބެން އެބޭފުޅުން ނޫޅުއްވާ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ކްލިއާ ނުކޮށް ބިލްތައް ހުރުން އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި ދައުރު ނިމުމުގެ ކުރިން ބިލުތައް އޭނާ ދައްކާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބިލުތައް ދެއްކޭނީ ވެސް ކަރަންޓް ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކެޔޮޅު2021

    ހަތާފިއުލްއަށް 300 ރުފިޔާއަށް ދީފަ އިން ބިމުގެ ކުލި ކައުންސިލަށް ލިބިގެން ކަމަށްވަނީ ކައުންސިލުގެ ކަރަންޓް ބިލް ދެއްކޭނީ. ހަތާ ފިއުލްއަށް 300ރ އަށް ބިން ދޫކިރީ 10000 ރުފިޔާގެ ދަހިވެތިކަމެއްގަޔޯ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެއް. މަސްމާރުކޭޓުން ވެސް ކުލި ނުލިބޭކަމަށް އަމްޖަދު ބުނަނީ. ދެން ކިހިނެއްހޯ ކަރަންޓް ބިލަ ދައްކާނީ

  2. ރުއް މިނިސްަޓަރު

    ބޭނުންވަނީ ދައުރު ހަމަކޮއްފަ ދާއިރު ކައުންސިލްގަ ބޮޑު ދަރަންޏެއް ބޭއްވުން. ހަމަ ހިލާ އެހެން ވިޔަކަނުދޭނަމެވެ.

  3. ދޮނޭ

    ހަތާ ފިއުލްއަށް 300ރ އަށް ބިން ދޫކުރީ އަހަރެންގެ ރައީސްކަމަކު ނޫނޭވެ.

  4. ބޮޑެ އިލިޔާސް

    އެއްކަމެއްވެސް ކުރެވޭ ކައުންސިލެއްނޫން. ތއަބަދައް ކަރަންޓް ކަނޑާލާފަ ބަހައްޓަންވީ.

  5. ދާތްޔާ

    އަހަރެން ބޭނުންވީ 300 ރުފިޔާއަށް ބިމުކުލި ކުޑަކުރަން ކައުންސިލުން އެކަން ހަމަޖައްސަދީފަ އޮތީ. އަހަރެން ކައުންސިލަށް ވަދެ އެއްވެސް ބަޔަކަށް ބާވައެއްނަހަދަން. ކައުންސިލުން ހަދަނީ ހުސް ދޮގު

  6. މުންނާ ބާއީ

    ރޯނުއެދުރު ދޮނޭ ދެން ލުލް

  7. އެމްޑީޕީ

    ދެން ރަށުގެ ރައްޔުން ނިކުމެ ފުލްމެޖޯރިޓީ އޮންނަ އެމްޑީޕީ ކައުނަސިލަށް ކަރަންޓްބިލް ދައްކަމާބަހީ.

    2
    1
  8. ފަރުހާދު

    ބަލާލި ކޮންމެ ދިމާއަކުން ފެނިގެންދަނީ ނުފޯރާފޮތިން ފޫގަޅަން އުޅޭމަންޒަރު.. އަދި ގައުމު ނެޕީޖަހައިގެން އޮންނަތަން. ދެރަވަރު ދެއްތޯ؟

  9. ސަންގުގެރި

    ލާމަރުކަޒީގެ ކޮޅުމަތި ތިޔަފެންނަނީ. ތިނަދޫއަކީ އެޑީޕީގެ ރަށެއް

  10. ރުއްޖެހި ކައުންސިލަރު

    ކޮންމެ އަހަރަކު ދެތިންފަހަރު ކައުންސިލްގެ މޫނުމަތި ބަދަލުކުރޭ.ރާއްޖޭގެ ނުހުނާނެ ތިނަދޫ ކައުންސިލް އަދާރާއަށް ވުރެން އަވަސް އަވަހަށް އިމާރާތަށް ބަދަލު ގެންނަތަނެއް.ގާތް ބަޔަކަށް ރުފިޔާކޮޅެއްދޭން ކުރާކަމަކާވެސް ވަށްތަރުވޭ.މިހާރުވެސް ކަރަންޓް ކަނޑަން މާލަސްވެއްޖެ.ތިހާވަރުވާ އިރު ކީއްވެ ބަހައްޓަނީ.ބިލް ޑިއު ވާ އިރު ނުދައްކައިފިއްޔާ ޖެހޭނެ ވަގުތުން ވަގުތަށް ކަރަންޓް ކެނޑެން.

  11. އަލީ

    ކަލޯ އަމްޖަދާ ކަލޯ ހީކުރީ އަމިއއްލަ މީހުންލާ ސިޓީގެ ޖަވާބު ނުދިންކަމަށް ވިޔސް ކަރަންޓްބިލަލާއި އެހެނިހެން ބިލުތަށް ނިދައްކާ ބޮޑު ދަރަންޏެއް ބޮލުގައި އަޅުވާފަ ފިލޭނެކަމަށްތާ

  12. ބިތުފަންގި

    ޕޕއމ ބެރިކަމެއްގާ މިގޮލާ އޮންނާނީ ގޮޅީގަހެން ހާދަ ހީބެއޭ