ރާއްޖޭގައި ކޮވިޑް-19ގެ ޕީސީއާރްގެ ފޭކް ޓެސްޓުތަކާއި ނަތީޖާތަކާއި ގުޅުން ހުރި މައްސަލަތަކެއް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ފުލުހަށް ހުށަހައިފިއެވެ.

ހެލްތް މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ކޮވިޑްގެ ނައްސި ނަތީޖާ ބައެއް މީހުން ހަދާ ކަމަށް ފާހަގަކުރެވިގެން އެ މައްސަލަތައް މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ.

ތަސްލީމާ ވިދާޅުވީ، މިހާރު އެފަދަ ހަތަރު ވޭދަނައެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ވޭދަނަތަކުގެ ތެރޭގައި އިތުރު އެތައް މިފަދަ މައްސަލަތަކެއް އުޅޭނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ކުރަމުންގެންދަނީ ކޮވިޑް ޓެސްޓު ހެދުމަށް ހުއްދަ ދީފައިވާ ހޮސްޕިޓަލްތަކާއި ލެބޯޓްރީތަކުގެ ޑޮކިއުމެންޓްތައް ފޯޖްކޮށްގެންނެވެ. އެހެން ނަމަވެސް މިއީ އެތަންތަނުން ދީފައިވާ ނަތީޖާ ތަކެއް ނޫނެވެ.

ތަސްލީމާ ވަނީ މިފަދަ މައްސަލަތައް ފެންމަތިވާން ފެށީ ކޮން އިރަކުކަން ބުނަން ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ފެންމަތިވެފައިވާ މައްސަލަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ޢަދިވެސް ލެބޯޓަރީތަކުގަ އިންޑިޔާމީހުން ގިނަކުރޭ އޭރުންއަދި ތިމައްސަލަ 2 ގުނަބޮޑުވާނެ

  21
 2. ސަނާ ޒަރީރު

  އއ. ރަސްދޫގައި އިންތިހާއަށް އިންޑިޔާމީހުން، ހަމަ ޔަޤީން ޕޮސިޓިވް ކޭސް އެއް އެރަށުން ނުފެނޭ، މިކަން ނިކަން ކެރެންޔާ ބަލާބަލަ

  19
 3. ޑިމޮކްރަޓިސްޓް

  އޭޑީކޭގަ ނޭފަތަށް ކޮށްޕަނީ އިންތިހާއަށް ފަލަ ބޮޑެތި ކަފަބުރުތަކެއް މިހާރު. އެކޮށްޕާ އަނބުރާލުމުން ހޭނުނެތެނީ ކިރިޔާ. މިކަން ބަލާދީބަލަ މިތަނުގަ މިސައިޒު ބޭނުންކުރަނީ ކީއްވެތޯ؟

  25
  1
 4. ވާވހް

  މިމީހުންގެ ތަސައްރަފު ނުފުދޭކަން އެހެންމީހުންގެ ބޮލައް ކަނޑާލަނީ

  20
  1
 5. ބަލާއެއް

  ދެން އަވަހަށް މުޅި ރާއްޖެ ލޮކްޑައުންކޮއްލާ. ވޯޓްލައި ނިމުނީނު. ހުރިހާ މޮޅެއް ސަރުކާރަށް.