ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 އިންސައްތަ އަށް ކޮވިޑް-19ގެ ވެކްސިން ދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރިސޯޓު މުވައްޒަފުންގެ 99 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށާއި އޭގެތެރެއިން 8،000 އަށް ވުރެ ގިނަ މުވައްޒަފުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ކޮވިޑް-19 ރާއްޖެއިން ފެނިގެން އައި އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ވެކްސިނަކާއި ނުލައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަ ކޮށް އެބޭފުޅުނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވެކްސިން ޕްރޮގްރާމް ފެށި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް ހާއްސަ އިސްކަމެއްދީގެން ވެކްސިން ދޭން ފެށުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ރާއްޖެއިން 293،429 މީހަކު ވަނީ ފުރިހަމަ ކޮށްފައެވެ. އަދި ދެވަނަ ޑޯޒު މިޙާތަނަށް 88،649 މީހަކު ވަނީ ފުރިހަމަ ކޮށްފައެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސައިނޯފާމް ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ލަދެއްވެސް ނުގަނޭ. އަހަރެމެން މިތިބީ އަދި ފުރަތަމަ ޑޯޒްވެސް ނުޖެހިގެން. މިތާވެސް އެބައުޅޭ 200އަށްވުރެ ގިނަ މީހުން.

  2. ޒިޔާދު

    މައުސޫމް ބޭކާރު ވާހަކަ ނުދައްކާ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ކި ތްރިސޯޓް ގަ ތޯ ހަމަ މުސާރަ ނުދެނީ. ޙުދު އަޅުގަނޑު މެންވެސް ބައި މުސާރައިގަ މިހެން ގަނަ ތެޅޭ ތާ އަހަރު ވެގެން ދިޔައީ. ކޮބާ ތަ ތިބުނާ އިންސާފު.