ޅ. އަތޮޅު ނައިފަރުން އިތުރު 28 ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު 350 އިން މައްޗަށް އަރައިފިއެވެ.

އެރަށުަގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިރޭ 20:00ގައި އާއްމުކުރި ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ފައްސިވެފައި ވަނީ 28 މީހެކެެވެ. މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 354 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު 225 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާދެމުން ދަނީ 128 މީހެކެވެ.

އެރަށުން މިހާތަނަށް 2799 މީހެއްގެ ސުންކު ނަގާފައި ވެއެވެ. މީގެ ތެރެއިން ނަތީޖާ ނުލިބި އަދި އިނީ ހަ ސުންކެއްގެއެވެ.

އެރަށުން ކޮވިޑްގައި ވަނީ އެކަކު ނިޔާވެފައެވެ.

ނައިފަރުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވީނަމަވެސް އެރަށުގައި ކޮވިޑަށް ޓެސްޓް ކުރެވޭކަށް ނުހުރެއެވެ. ކޮވިޑް ޓެސްޓް ކުރުމަށް ކޮންމެ ދުވަހަކު ވެސް ސުންތައް ޖެހެނީ މާލެ ފޮނުވާށެވެ. އާއްމު ގޮތެއްގައި ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ލިބެން ދެތިން ހަތަރު ދުވަސް ނަގައެވެ. ބައެއް ފަހަރު އެއަށްވުރެ ވެސް ގިނަ ދުވަސް ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާމިގިލީ މީހާ

  މާމިގިލީން ޕޮސިޓިވް ވާ ވާހަކަ ކީއްވެ ހަބަރުގަ ނުޖަހަނީ. މިހާރުވެސް 100 އެއްހާ މީހުންނައް ޖެހިއްޖެ.

  • ހޮދޭ މާމިގިލީ

   މާމިގިލީގަ ބަލި ޖެހޭ މީހުންގެ އަދަދު ވެސް ދަނީ، ހަމަ ދުވަހަކަށް ފަހު ދުވަހަކު އިތުރު ވަމުން. ކަރަންޓީނުގަ ބަހައްޓާ މީހުން އުޅެނީ މަގުތައްމަތީ މާސްކުވެސް ނާޅާ. ކަރަންޓީންގެ މުއްދަތު ހަމަވެގެން ސާމްޕަލް ނަގާން، މަރުކަޒައް ގުޅިޔަސް، ނާދޭ ސާމްޕަލް ނަގާކައް ވެސް. ވަރަށް ފަރުވާ ކުޑަ ކޮއް ކަންތައް ކުރަނީ މާމިގިލީ ސިއްހީ މަރުކަޒުން. އެކަމު ގާސިމު ބުނާ އިރަށް، އެޔާޕޯޓައް ސާމްޕަލް ނަގާން ދޭ. ގާސިމުގެ ރިސްފަތު ކައިގެން ތިބޭ މީހުން، މަރުކަޒުގަ ތިބީ.

 2. ކޮޔާ

  ގާސިމްއަށް ރިސޯޓުގަ ހުރެފަ މާމިގި އްޔަށް އެރޭ ގާސިމް ބޭނުން ގޮތަކަށް މޮޑޭ ފު އްގަ ޑެ އްތީ މާމިގި އްޔަކާ