މިއަދު ރާއްޖެ އިން އިތުރު 464 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 207 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 146 މީހުން މިއަދު ފައްސިވިއެވެ. އިންޑަސްޓްރިއަލް ރަށްތަކުން 93 މީހުން އަދި ރިސޯޓްތަކުން 14 މީހުން މިއަދު ވަނީ ފައްސިވެފައެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މިއަދު ފައްސިވީ ބ.އަތޮޅު އޭދަފުށިންނެވެ. އެރަށުން 38 މީހުން މިއަދު ފައްސިވިއެވެ. ކ.ހިއްމަފުށިން 28 މީހުން، ޅ.ނައިފަރުން 19 މީހުން އަދި ލ.ގަމުން 18 މީހުން މިއަދު ވަނީ ފައްސިވެފައެވެ.

އިންޑަސްޓްރިއަލް ރަށްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ފައްސިވީ ލ.މާންދޫންނެވެ. އެރަށުން 89 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ގުޅީފަޅުން ތިން މީހުން އަދި ތިލަފުށިން އެކަކު ވަނީ މިއަދު ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29052 އަށް މިއަދު އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ކޮވެލި

  މަޗާ އިން ތިޚާބު !!
  އިން ތިޚާބުގެސުންޕާކަން !!
  ބޮޑުވަޒީރުގެރޭވުން !!
  މުޒާހަރާގެވެސް ސުންޕާކަން !!
  އެޗްޕީއޭގެދޯހަޅިކަން !!
  ސަރުކާރުގެ ފަރުވާކުޑަން !!

  58
  3
 2. ޘ

  އިންޑިޔާ ވައިރަސް

  25
 3. ހަސަންބެ232323

  ދައުލަތުގެ އޮފީސްތަކުން ތަނުގެ ހުރިހާ މުވައްޒަފުން ހާޒިރުކޮށްގެން އޮފީހުގެ މަސައްކަތް އެބަ ހިންގާ. މިއީ ކޮވިޑުގެ މިނާޒުކު ހާލަތުގައި ވ.ވ،.ވ ނުރައްކާތެރިކަމެއް. ބައްޔާ މެދު ބޮޑު ފަރުވާކުޑަކަމެއް. ނިކަން ބަލާބަލަ އިންޑިޔާއަށް ވަމުންދާގޮތް. ވެކްސިން ޖެހިޔަސް ގިނަ ބަޔަކަށް ބަލިޖެހޭ އަދި އެމީހުން މުޖްތަމައުގައި ބަލި އުފުލާ. ރާއްޖޭގައި އެދެވިގެންވާ މިންވަރަކަށް ކޮވިޑު ކޮންޓްރޯލް ވަންދެން ކޮންމެހެން ބޭނުންވެގެން ނޫނީ މުވައްޒަފުން ހާޒިރުކޮށްގެން މަސައްކަތްކުރުން ހުއްޓާލުމަށް ގޮވާލަން. ރައީސް އެބަ ޖެހޭ ރެސްޕޮންސިބިލިޓީ ނަންގަވަން.

  32
  • ބީރުމީހާ

   އޮފީސްތަކުުން ކަންކަން ސިއްރުކުރަނީ ޖެހިގެން އިންނަ މުވައްޒަފު ފައްސިވިޔަސް ދެން ތިބޭ ބަޔަކު ކޮންޓެކްޓް ނުކޮއް އޮފީހަށް ނެރެނީ
   އޯޓީ ދިނުމަށް ހޭބަލިވެފަ ކުންފުނިތައް
   ބަލި ޖެހިއްޖެ ނަމަ މުވައްޒަފު ކުއްވެރިވަނީ ބެލުމެއްނެތް މަޖާކުރުން މާސްކު ނާޅާ އޮފީސްތެރޭގައި ގިނަމީހުން އުޅެނީ

 4. ޟމ

  މި ޤައުމުގަ ސަރުކާރެއް އޮތް ހެނެއް ހިޔެއް ނުވޭ، މި ހާލާތަށް ދާއިރު އެއްވެސް ރޭވުނަތެރިކަމެއް ނެތި މިދަނީ

  33
 5. އިބްރާހީމް

  ޢެޗް ޕީ އޭ ނިދާފަތަ؟

  32
 6. ކައުޅު

  ސަރުކާރުގެ ނުކުޅެދުންތެރިކަން

  25
  1
 7. ނަފްސީނަފްސި

  އިންޑިއާ ހާ ނުރައްކާވީނު!

  27
 8. Anonymous

  އޭދަފުށިން ފައްސިިވީ 5 މީހުން މިއަދު

  11
  1
 9. ދަންމަރު

  މިކަމާ އަޅާލާ މީހަކު މިޤައުމުގަ ނެތީތޯ މުޅިރާއްޖެއަށް ކޮވިޑުފެތުރި ފައްސިވާ މީހުންގެ އަދަދު 400އަށްވުރެ މައްޗަށްދާއިރުވެސް މިރާއްޖެ ފުރަބަންދަކަށް ދާކަށް ނުވޭތޯ

 10. ޙުއްތު

  ޔާމީން މިނިވަން ކޮށް ޤައުމު ހިންގަން އަވަސް ކުރޭ

  43
  4
 11. އަބްސީ

  ހަބޭސް ސަރުކާރު، އިންތިހާބަށް ގައުމު ހުޅުވާލީ، ރައްޔިތުންނަށް ބެލުމެއްނެއް، ކޮވިޑައްވުރެ ނުރައްކާ ވެރިކަމެއް ކުރާތަން ބަލަން ރައްޔިތުން ތިބޭ

 12. ވިސްނޭ

  އަންނި ބީތާ ވެސް ކޮވިޑް ވާހަކައެއް ނުދައްކާ..މުޅިންވެސް ޕާޓީ ވާހަކަ..ހުރިހާ އިންތިހާބުގަ ކުޅިދައްކާލާނަން..ރައްޔިތުންނާ ދޭތެރޭ ނުވިސްނާ އުޅެންޔާ..ބުއްޅަބޭ..

 13. ވާނުވާ.

  ރައީސަކު އެބަހުރިތަ މިޤައުމުގައި؟ 🙁

 14. ޢީރަމް

  ޢެޗް ޕީ އޭ އަށް ކޮރޯނާ ޖެހިފަ ތޯއްޗެ

 15. ސާބަސް

  އެޗްޕީއޭ ބުނާ ބަސް ނާހާފަ އެތަނައް ބަވާފަ ތިޔަ ކޮމެންޓް ކުރަނީ.. ލަދެއްވެސް ނުގަންނަ ބައެއް ރައްޔިތުން. އާދައިގެ ރޯގާ އެކޭ ކިޔާ އަމަލުކުރަން ނެެރުނު ފިޔަވޅު ތަކަށް ބޯ ނުލަނބާފަ އެޗްޕީއޭ އަށް ތިޔަ އެތިވަރު ގޮވަނީ... ގޮތެއްނެތް ބައެއް ރައްޔިތުން

 16. ސޯލިހު

  އިންތިހާބުގެ ނަތީޖާ މިފެންނަނީ....
  ދެންވާންވީގޮތް މިވަނީ.......

 17. އަހްމަދު

  އަޅުގަނޑު ހިތަށްއަރާ އެޗްޕީއޭ އަދި ސަރުކާރު ކަންބޮޑުވޭތޯ! ރައްޔިތުން ކަންބޮޑުވޭތޯ! އެއްވެސް ބަޔަކު ކަންބޮޑުވާނަމަ! މަގުމަތީގައި އުޅޭއިރު މާސްކު އަޅާނެ! ބޭކާރު ގޮތުގައި މަގުމަތީ ގިނަނުވާނެ! ސަރުކާރުން މިކަންކަން ރަނގަޅަށް ބަލާނެ! އަދިވެސް ކަންކަން އަތްދަށުން ދިއުމުގެ ކުރިން ފިޔަވަޅު އަޅަށް އެބަޖެހޭ! ނޫސްވެރިންވެސް އެބަޖެހޭ ޒިންމާދާރު ނޫސްވެރިކަމެއް ކުރަން!

 18. މޮޔަގޮލާ

  ނުކުޅެދޭ މީހުން ހިންގާ ގައުމެއް.

 19. ލޮއްޑައުން

  ލޮކް ކުރީމާ ވިޔަފާރި ނުވޭ!
  ލޮކް ކުރީމާ ވަޒީފާ ނެތޭ!
  ލޮކް ކުރީމާ ގެވެހި އަނިޔާ ގިނަވޭ!
  ލޮކް ކުރީމާ ދުޅަހެޔޮކަން ނެތޭ!
  މިސަކުވާ އަޑު އަހާފަ ކޮށިން ދޫކުރީ، ދެންވެސް ލޮކްކުރީމާ ކިޔާނީ ހަމަ އެހެން!
  ބަޔަކު ދަ އްކާވާހަކަ އަޑު އަހާނަމަަ ރަނގަޅުވީސްކަންނޭގެ.