އައްޑޫ ސިޓީ މީދޫ ބަނދަރަށް މިއަދު ހެނދުނު ކާރެއް ވެއްޓިއްޖެއެވެ.

ކާރު މީދަށް ވެއްޓުނީ މީދޫއިން ފޭދޫ އަށް ގެންދިއުމަށްޓަކައި ކާރު ދޯންޏަށް އެރުވުމަށް ހަދާފައިވާ ރޭމްޕުން ކާރު ދުއްވާފައި ގޮތް ދޯންޏަށް އަރުވަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުކުރެވިގެންނެވެ.

ކާރު މޫދަށް ވެއްޓުނުއިރު ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ. މިހާދިސާގައި އޭނާއަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ވިންޑްސްކްރީނާއިއެކު ކާރުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

އެކްސްކަވޭޓަރެއްގެ އެހީގައި މިހާރު ކާރު ވަނީ މޫދުން ނަގާފައެވެ.