ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އައި މީހެކެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އިންޑިއާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު ވަނީ ކޮވިޑް ޖެހިގެން 85 އަހަރުގެ ދިވެހި އަންހެނަކު ވެސް ނިޔާވެފައެވެ.

ރާއްޖެ އިން މިހާތަނަށް 29052 މީހަކު ކޮވިޑަށް ފައްސިވެފައި ވާއިރު 73 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނުބެ1232323

    ތަނުގެ ހުރިހާ މުވައްޒަފުން ހާޒިރުކޮށްގެން ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ހިންގުމަކީ މިނާޒުކު ހާލަތުގައި ވ.ވ.ވ ބޮޑު ނުރައްކަލެއް. ބަލާބަލަ ކުއްލިއަކަށް އިންޑިޔާއަށް ވަމުންދާގޮތް. ވެކްސިން ޖެހިޔަސް ބަލިޖެހޭ އަދި އެމީހުން މުޖްތަމައުގައި ބަލި އުފުލާ. އެދެވިގެންވާ މިންވަރަކަށް ކޮވިޑު ކޮންޓްރޯލް ވަންދެން ކޮންމެހެން ބޭނުންވެގެން ނޫނީ މުވައްޒަފުން ހާޒިރުކުރުން ހުއްޓާލުމަށް ގޮވާލަން. ރައީސުލްޖުމްހޫރިއްޔާ އެބަ ޖެހޭ މިއަށްވުރެ ބޮޑަށް ލީޑްކުރައްވަން. ސްކޫލު ކުދިންނާއި އޮފީސްތަކުގެ މީހުން ބަލިޖެހިގެން މަރުވާން އަދިނުފެށިޔަސް އެމީހުން މުޖްތަމައުގައި ބަލި އުފޫލާނެ. ކޮންޓެކްޓު ބަބަލް ކުޑަކުރާށޭ ކިޔައިގެން މިކުރާ ކަމެއް ތާކުން ކުރެތާކު ނުޖެހޭ. މީހުން މަރުވާ މިންވަރު މިއަށްވުރެ މައްޗަށްގޮސްފިނަމަ ޓޫވަރިޒަމްވެސް ފުނޑޭނެ. ހެޔޮނުވާނެ

    16