ޤަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮޅުވާލައިގެން ގަރާޖް ސިޓީ ވިއްކުން ވެސް ހުއްޓުވަން ޖެހޭ ކަމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަތް އަހަރުގެ މުއްދަތަކަށް ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، ގަރާޖް ސިޓީ އުވާލާ ގޮތަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ބިލް އެ ގޮތަށް ފާސްކުރުމާ މެދު މީގެ ކުރިން މުޢިއްޒު ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހުގައެވެ.

މުޢިއްޒު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި މާލެ ސިޓީގެ މަގުތައް މައްޗަށް އެއްގަމު އުޅަނދުފަހަރުތައް އިތުރުވާނެ ގޮތަށް އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް ވެސް އިސްލާހު ނުކުރުމަކީ އޭނާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ގަރާޖް ސިޓީ އުވާނުލުމަށް އެދިވަޑައިގަނެ ޓްވީޓެއް ކުރެއްވުމަށް ފަހު، މުޢިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަވާއިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަރާޖް ސިޓީ ވިއްކުން ވެސް އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

"މި ކަން ވެސް ހައްލު ކުރުން ހިމެނޭ ގޮތުން، މާލޭގެ މަގުތަކަކީ ދުއްވުމަށާއި ހިނގާބިނގާވެ އުޅެން ހިތްފަސޭހަ، ސާފު، އަމާން، މަގުތަކަށް ހެދިގެން ދިއުން އަމާޒަކީ،" ޑރ.މުޢިއްޒުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ގަރާޖް ސިޓީ އުވާލައިފިނަމަ މާލެ އިތުރަށް ތޮއްޖެހޭނެ ގޮތަށް އެއްގަމު އުޅަނދު ފަހަރު އެތެރެކުރަން ފަށާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ބިލް ދިރާސާކޮށް ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ކަމަށް ރައްދު ވެސް ދެއްވައިފައެވެ.

މި ގޮތުން މި މެންބަރުން ފާހަގަކުރައްވާފައި ވަނީ މީގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެވެ. މި ގޮތުން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ސިޓީއަށް ނުވަތަ ރަށަށް އެތެރެ ކުރެވޭނެ އުޅަނދުފަހަރުގެ ކޯޓާ ކަނޑައެޅުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޓެކްސީ ވާލާ

  އނެއްކާވެސް ހަމަ ކްރޮޕްސަން. ކޯޓާ ކަނޑައަޅަންވީ އާއިލާ ތަކަށް. މުއްސަދިންގެ ކޮންމެ ދަރިއަކަށް 2 ކާރު . ފަގީރުމީހާ ސަލާންޖަހަން ޖެހޭ އުޞޫލު ހުއްޓާލަންޖެހޭ ނިކަން ބަލާބަލަ ޕެޑއ ހުސޭނު ގެ ކައިރި. މުޅި ސަހަރާވަށައިގެން އެމީހުންގެ ކާރުތައް. ދެން ސަތަރި ފިހާރަ ކައިރި މުޅި މަގުގަ އެމީހުންގެ ކާރުތައް. ދެން ކިޔާނެކމަެއްނެތް. އަނެއްކޮޅުން ފުލުހުން ބަލަންވީނު ގަރާޖަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް .އަދި އެއުޅަނދު ރަޖިސްތަރީ ކޮށްފައިވާ ގަރާޖުގައި ނޫނީ ޕާކުކޮށްފިއްޔާ ޓޯކޮށްބަލަ ގާނޫނު ތަންފީޒުކުރަން ކެރެންޏާ.ބަކާރުގެ ވާހަިކަ ނުދައްކާ އަހަރު ކަނޑަޏނާޅާ.. ކީއްވެތޯ މިވާހަކަ ނުދައްކަނީ؟

 2. ޒާ

  ގަރާޖެއް ނުލިބިގެން ވެހިކަލް ރަޖިސްޓްރީ ނުކުރެވި އެތައްބަޔަކު ގަނަތެޅުމުން ދާއިރު އެކަމަށް އޮތް ހައްލަކީ ހަމައެކަނި ކަރަޕްޓް ގަރާޖް ސިޓީ އުވާލުންކަމަށްވާއިރު މުއިއްޒު އެކަމާ ދެކޮޅު ހެއްދެވުމަކީ ވޯޓުދިން މީހުންގެ މޫނުމަތީ ޖެހިތަފާލެއް. ވެހިކަލެއް ރަޖިސްޓްރީ ކުރަން ބޭނުން ކޮންމެ މީހަކަށް ގަރާޖެއް މުއިއްޒު ދައްކަވާނަންތޯ މިއުޅެނީ އިންސާނުން ދިރިއުޅޭނެ އަލިފާން ފޮއްޓެއްވެސް ނުލިބިގެން. ތި ދައްކަނީ ކޮންވާހަކައެއް؟ ޓެކްސީތައް ބާވެ ވީރާނާވެދިޔައީވެސް ގަރާޖް ނެތިގެން އާވެހިކަލް ރަޖިސްޓްރީ ނުކުރެވޭތީކަން މުއިއްޒަން ނޭނގޭތަ؟ ތި ދައްކާވަހަކަ ކަމަކު ނުދޭ. ފަސޭހައެއް ވިޔަ ނުދޭތި.

  3
  5
 3. ޙުސްމާ

  .އޮވާލިޔަސް ނުލިޔަސް އިތުރަކައްވާނެ ކަމެއްނޯންނާނެ.އޮވާނުލީމަ ބަޔަކު މުއްސަދިވާނެ.މުއްސަދިންނައްރަގަޅުވާނީ އޮވާނުލުން އެއިރުން އެގޮތައް މުއްސަދިވާނީ

  5
  1
 4. ޚޮކި

  7 އަހަރު ދުވަހުން ތިމާއަށް ނުވިކަމެއް އެންމެ 3 އަހަރުން ވާނެތަ؟ މާލޭ މަގުތަކުގައި އެތައްބަޔަކު މަރާ ހެދިއިރު އަޅާނުލަ 7 އަހަރު ހޮޅި އަޅަ އަޅަ ހުރީ! ދެން އެން ޑީ ޕީ ކުދިންކޮޅު ރުޅި އާސްގެން ވޯޓުދޭން ނުދިޔާމަ ތިމާއަށް ލިބުނު މަޤާމެއްތީ މީވަރަށް ވާހަކަ އެނގޭ!

 5. ގުނބޯ

  ހެލިބޯ ތީކަމެއް ވާނެ މީހެއްނޫން!

 6. ގޯގޯގޯ

  7 އަހަރު ދުވަހުން ތިމާއަށް ނުވިކަމެއް އެންމެ 3 އަހަރުން ވާނެތަ؟ މާލޭ މަގުތަކުގައި އެތައްބަޔަކު މަރާ ހެދިއިރު އަޅާނުލަ 7 އަހަރު ހޮޅި އަޅަ އަޅަ ހުރީ! ދެން އެން ޑީ ޕީ ކުދިންކޮޅު ރުޅި އާސްގެން ވޯޓުދޭން ނުދިޔާމަ ތިމާއަށް ލިބުނު މަޤާމެއްތީ މީވަރަށް ވާހަކަ އެނގޭ!

 7. ގޯގގ

  7 އަހަރު ދުވަހުން ތިމާއަށް ނުވިކަމެއް އެންމެ 3 އަހަރުން ވާނެތަ؟ މާލޭ މަގުތަކުގައި އެތައްބަޔަކު މަރާ ހެދިއިރު އަޅާނުލަ 7 އަހަރު ހޮޅި އަޅަ އަޅަ ހުރީ! ދެން އެން ޑީ ޕީ ކުދިންކޮޅު ރުޅި އާސްގެން ވޯޓުދޭން ނުދިޔާމަ ތިމާއަށް ލިބުނު މަޤާމެއްތީ މީވަރަށް ވާހަކަ އެނގޭ!