އިންފޮމޭޝަން ކޮމިޝަނަރުގެ މާގަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމުގެެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ނަންތައް ހުށަހަޅުއްވާފައި ވަނީ ހޯމަ ދުވަހު ބޭޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އިންފޮމޭޝަން ކޮމިޝަަނަރަށް އައްޔަން ކުރަން ފޮނުވި ނަންތައް

  1. ޝިޙާމް މުޙައްމަދު ވަޙީދު، ދަފްތަރު ނަންބަރު 463
  2. އަޙްމަދު އާހިދު ރަޝީދު، ހ. ގުރުވަ
  3. މަރިޔަމް ޢަލީމް، ގ. ދަސްތާން

މި ނަންތަކާއި ގުޅިގެން ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އީމެއިލް އަށް މެއިލް ކުރަން އެދިފައިވެއެވެ. ނޫނީ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފިޔާޒު އެ މަގާމުން އިސްތިއުފާ ދެއްވީ "އަދަދު" ނަމުގައި އާ ނޫހެއް އުފައްދަވައި އެ ނޫސް ހިންގެވުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އުފެދިގެން އައީ 2014 ގައި ފާސްކުރެވުނު މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ގާނޫނުގެ ދަށުންނެވެ. މި ގޮތުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރެވެ. މިއީ މައުލޫމާތު ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމުގެ މަގްސަދުގައި އުފެއްދި ކޮމިޝަނެކެވެ.