ޓްރާންސްޕޯޓު އޮތޯރިޓީން ވަޒީފާއިން ވަކިކޮށްފައިވާ ނުވަ މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާ އާއި ބެެހޭ ޓްރެބިއުނަލުން އަމުރުކޮށްފިއެވެ.

މި މައްސަލަ އަކީ އެެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެެ ސިވިލް ސާވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް ޓްރެބިއުނަލަަށް ހުށަހަޅާފައިވާ މައްސަލައެކެވެެ. މި މައްސަލާގައި، ނުވަ މުވައްޒަފުން ތަމްސީލްކޮށްފައި ވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެެވެ.

އެެ ޖަމިއްޔާއިން މި މައްސަލަ އާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެެފައި ވަނީ، ޓްރަބިއުނަލުން ކަނޑައަޅާފައި ވަނީ، އެ ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެެރިކަން ގާއިމްކޮށް ކަމަށެވެ.

ޓްރަބިއުނަލުން ވަނީ އެ ނުވަ މުވައްޒަފުންނަށް ވަޒީފާ އާއި ވަޒީފާެގެެ މުސާރަ އަނބުރާ ހަމަޖައްސައިދިނުމަށް ކުރި އަމުރުގެެ އިތުރުން ވަޒީފާއިން ވަކިކޮށްފައި ތިބި މުއްދަތުގެ މުސާރަވެސް ދިނުމަށް އަންގާފައެވެެެ.

"މި ނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއަދާކުރުމުގެ ހައްގުން މަހުރޫމުވެފައިވާ ފަރާތްތަކަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އުފަލާއެކު ފާހަގަ ކުރުމެވެ،" ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުންތަކެެއް ވަޒީފާއިން ވަކިކުރި މައްސަލަ އާއި ގުޅިގެން މިނިސްޓަރ އާއިޝަތު ނަހުލާ އަށް ވަނީ ގިނަ ބައެއްގެެ ފާޑުކިއުން އަމާޒުވެފައެވެ. އެ މުވައްޒަފުންތައް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއަށާއި ގަޑިއަށް ފަރުވާތެރިނުވާކަމަށް ބުނެެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 11 މީހަކު ވަޒީފާއިން ވަކިކުރި އެވެ. އެކަމަކު ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ތަމްސީލުކުރީ އޭގެ ތެރެއިން ނުވަ މީހެކެވެ. އަނެއް ދެ މީހުން، މައްސަލަ ވެއްދީ އަމިއްލަ ގޮތުން ލޯޔަރުން ތަމްސީލުކޮށްގެނެވެ. އެދެމީހުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    ކޮބާ ހީވެ. ކަލޭގެ ބާގީ ބުރުމާގެ ވަޒީފާތަކު ހަދާ ގޮތެއް ނުހެދޭނެ، ސަރުކާރު ވަޒީފާތަކަކު އެއް. ތަނެއް ދޮރެއް އެންގޭ އެއްޗެއް ނޫން ތީއެއް. ހޯރަފުށީ ފަންކާ.

    24
    1
  2. މާމިގިލީ މީހާ

    ކޮބާ ހީވެ. ކަލޭގެ ބާގީ ބުރުމާގެ ވަޒީފާތަކު ހަދާ ގޮތެއް ނުހެދޭނެ، ސަރުކާރު ވަޒީފާތަކަކު އެއް. ތަނެއް ދޮރެއް އެންގޭ އެއްޗެއް ނޫން ތީއެއް. ހޯރަފުށީ ފަންކާ..

    22
    1
  3. އަނިޔާ

    އަތޮޅުމެޖިސްޓްރޭޓް ކޯޓްތަކުން ފުރުސަތުނުދެއްވަވާ ވަޒީފާއިން ވަކިކުރެއްވި މުވައްޒަފުންގެ ޙައްްުޤު ކޮބާތޯ

    21
  4. ޒާ

    ނަހުލާ ރަނގަޅެއްނޫން ތިޔަމިނިސްޓްރީ ހިންގަން. ކުރިން މަގެއް ހުޅުވީމާ ހީވީ މިނިސްޓްރީ ހިންގޭނޭ. އެކަމަކު މިހާރު އެއީ ޒާތީވެ ހުއްޓިފައި ހުރި އިދާރާއެއް. މިނިސްޓަރުގެ ގާބިލްކަން ނެތް.

    29
  5. ޔ

    މިނިސްޓަރ އައިޝަތު ނަހުލާ ހީކުރީ ބައްޕަގެ ކުޑަ ފިހާރަ ހިންގާހެން މިނިސްޓްރީ ހިންގިދާނެކަމަށް ރީތި ގޮތެއް ވެއްޖެއެއްނު ދުވަހަކު ސަރުކާރުގައިނޫޅޭ މީހުން ސަރުކާރު ހިންގަން އައިމާ ހަރުވާޅު ބޭލޭނީ ނުވަތަ ލައިގެން ހުންނަ މެކްސީ ބޭލޭނީ....

    29
  6. ނާހިދު

    ޓްރައިބުނަލްގެ ނިންމުމުގެ ސަބަބުން ބަޔަކަށް ވަޒީފާ ލިބުނީމަ، ހީވާނެ އިންސާފު ލިބުނިއްޔޭ. އެކަމަކު ތި މުވަޒަފުންގެ ކަންތައްތައް ކައިރިން އެގޭމީހުންކައިރީ އަހާލީމަ އެނގޭނެ އެކިހާވަރެއްގެ ބައެއްކަން. ޓްރައިބިއުނަލްގެ ނިންމުން ތިއީ މިނިސްޓަރ ޢައިޝާ މަގާމުން ދުރުކުރުމަށް ފަހިވި ފުރުޞަތެއް. ޕްރޮސެސް ފެށޭނެ މަޖިލިސް ހުޅުވުމާއެކީ.