ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަރާތުން ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތުގައި އެއްވެސް ހަރުދަނާ ފިޔަވަޅެއް ނާޅައި ވާނެ ގޮތަކަށް ހާލަތު މެދުވެރިވާން ދޫކޮށްލައި އިހުމާލުތައް ވަމުންދާތީވެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ ގެންދަވަނީ ސަރުކާރުން ފަހަކަށް އައިސް އަޅަމުންދާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ގެ ވޭދަނަތައް އިއްޔެ ފެނިގެން ދިޔައިރު ދަށް ގްރޭޑްތަކުގެ ކިޔެވުން އަދިވެސް ސްކޫލްތަކުގައި ކުރިއަށް ގެންދާތީ އާންމު ރައްޔިތުން ޓްވީޓާގައި ޚިޔާލު ފާޅު ކުރަމުން ދަނިކޮށް އެއިން ޓްވީޓަކަށް ރިޕްލައި ކުރައްވާ ދުންޔާ ވިދާޅުވީ މި ކަމުގައި ވެސް ސަރުކާރުގެ ފަރާތުން ފެންނަނީ އިހުމާލުތައް ކަމަށެވެ.

"މި ސަރުކާރު އިންތިޚާބު ކުރީ ކޮން ބޭނުމެއްގައި، ކީއްކުރަންބާއޭ އަޅުގަނޑުގެ ހިތަށް އަރާ،" ދުންޔާ ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އިއްޔެ ވަނީ 464 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ދިން ލުއިތަކަށް ފަހު، އިންތިޚާބު ބޭއްވިތާ ހަފްތާއެއްހާ ދުވަސް ފަހުން ބަލީގެ ގިނަ ވޭދަނަތަކެއް ދަނީ އެކި ކަންކޮޅުތަކުން ފެންނަމުންނެވެ. މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވިއިރު 73 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 4،000 އެއްހާ މީހުނަށެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަތައް މާލެ ސަރަހައްދުން ފެނުމާ ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކުރިއެވެ. މިހާރު މުޅި ރާއްޖޭގައި ބަލި ފެތުރެމުންދާއިރު ވެސް އެއްވެސް ހަރުކަށި ފިޔަވަޅެއް ސަރުކާރުން އަޅަމުން ނުދާތީ އާންމުންގެ ގިނަ ބަޔަކު ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަން

    މީނައަކީ މީނަގެ ބައްޕަ ކަހަލަ މީހެއް. މިވަރުން ދިވެހިންނަށް މި ބުނި އެއްޗެއް އެނގޭނެ.

    14
  2. ތިންކު

    ލޮކްޑައުން ނުކޮށްގެން މީނައާ މީނަގެ ބައްޕަ އެވާހަކަ ދެއްކީ މިފަހަރަކު އެކަންޏެއް ނޫން. ބަލި އިތުރުވާ ކޮންމެ ފަހަރަކު އެވާހަކަ ދައްކާ. އެކަމަކު މާތްﷲގެ އިރާދަފުޅުން ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭ. އެހެން ކަމުން މީނަ އާ މީނަގެ ބައްޕަ ދައްކާ ވާހަކަ އެއީ ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން. އެއީ ހަމަ ފިސްތޯލަ ގަލަމަކަށް ބަދަލުވާ ޒާތުގެ ވާހަކަ.

    9
    2
  3. އިޔާޒް

    ދުންޔާ ދެލޯފުޅާއެވެ. މިފެންނަނީ އެނގުމާ ނޭގުމުގެ ތަފާތެވެ. އަނދިރިއާއި އަލީގެ ތަފާތެވެ. މި ކުޑަކުޑަ ، ވަކިވަކިން ދުރުދުރުގައި ރަށްތައް އެތުރިފައިވާ ރާއްޖޭގައި ގައިންގަޔަށްއރާ ބަލިތައް ކޮންޓްރޯލްުރުމަކީ ޤާބިލްމީހަކަށް ދަތިކަމަކަށްނުވާނެއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙަކީ ތަންދޮރު ނުފިލައިހުރި އަންއެޑިޔުކޭޓެޑް އަންޕްރޮފިޝަނަލް ސޮހަލެކެވެ. މުޅި ޤަވްމު ހުރިހާދިމާއަކުން އިނދަޖެހި ހަރުމުދާވިއްކާ ރުފިޔަާޗާޕްކޮށްގެން މުސާރަދިނުމަށް ދަރަނިނަގައިގެން މި ކުޑަކުޑަ ޤަވްމު މެނޭޖްކުރަން އެޖެހެނީ ލީޑަރުގެ ވަރަށް ކަމެއް ނެތީމައެވެ. ދިވެހިން ހޯސްލާފައި ނުކުމެ މިކަން އެބަ ނިންމަން ޖެހެެވެ. މިފަދަމީހަކު އެއްވެސް ޤަވްެއްގެ ވެރިޔަކަށް ނުބަހައްޓާނެއެވެ. ރައްޔިތުންނުކުމެ ދަމާކޫއްތަފަވެސް ބާލާނެއެވެ.

    26
    1
  4. Anonymous

    ވެއިޓް އެންޑް ސީ!!! ދިވެހި ރައްޔިތުން ހިތާމަ ކުރަންޖެހޭނެ. މިހާރު ގައުމުގެ ހަޒާނާގައި ލޯ ލާރިއެއްނެތް... ކަރުދާސް ޗާޕްކޮށްގެން ނެރުން ކަމަކީ... އިންފްލޭޝަން 200 ޕަސެންޓުގައި. ފަގީރުން ފަގީރުވަނީ.. މުއްސަނދިން ފައިސާ މަތީ އުދުހެނީ. ރާއްޖޭގެ 80 ޕަސެންޓަށްވުރެ ގިނައީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުން..

    20
    1
    • ކޮވިޑް

      ތިފާހަގަ ކުރި ކަންތައް ފުރިހަމަވީމަ މަ އޭ އިންޑިޔާ އަވަށަކަށް ސަރުތު ހަމަވަނީ. ހަޔާތުގަ ދުށިން ތޯ މާލޭ ގެ މަގުމަތީގަ ކުނި ކޮތަޅުން ކުނި ހޮވައިގެން ކެއި ދުވަސް ވަރެއް މި ނޫނީ؟ ނިކަން ދެކެބަލަ ރައްޔަތުން ގެ ފައިސާ އިން ޖީބް ބޮޑުކޮށް ގެން އުފަލާ އަރާމުގަ އުޅޭތަން. އަހަރެމެން މީ ދިވެހިން ޒަހަރު ކާން ދާއިރުގަ ވެސް ޒަހަރު ކަން އެގޭނެ،އަނގަޔައް ލާއިރުވެސް ޒަހަރު ކަން އެނގޭނެ ކެވޭއިރުވެސް ޒަހަރުކަން އެނގޭނެ، އަނގައިން ފޮނުފައިބާ ދެން ސަލާމަތް ނުވާނެކަން އެގުނީމަ ތެޅި ފޮޅިގަންނާނީ އޭރު އޮންނާ ނީ ވަގުތު ފާއިތުވެފަ، އެއީ ހަޤީޤީ ދިވެހިން

      14
  5. ސަމާ މާލެ

    ދުންޖަހާގެ ބައްޕަ ވެރިކަން ކުރި އިރު އިހުމާލެއް ނެތް ތަ.

    12
  6. ބޮކި

    ބަލަ ކަލޭގެ ބޮޑުބޭބެ ޔާމީން ވެރިކަމަށް ގެނެސްގެން މުޅިދައުލަތް ދަވާލީ......................

    3
    30
  7. ކެމެރޫން

    ދުންޏާއަށް އެއްޗެހު ނުގޮވާ މައިބް ބަފައިން ކުރާ ނުބައިކަމުގެ ޝަޒާ ދަރިންނަށް ނުދީ ވަގޭ ވަގޭ ކިޔާއިރު ރަންބިސް އަޅައަޅާ ހުރި ކުކުޅެ ބޯގަމާރުން ހަވާކުރީމާ ހުރިހާ ބިހެއް އެއްފަހަރާ އަޅުވަން ހަދައިގެން އަތަށް ގޮވީ މުއްސަތިން ފިޔަވާ ދެންތިބި ރައްޔިތުން އެންމެންވެސް ނުލާހިކު ރަގަޅަށް ކައިބޮއި ހުރިހާ ޒަރޫރީ ބޭނުންތައް ފުއްދައިގެން އުޅެމުން އައި ބަޔަކު މިގަމާރު ސަރުކާރު އައިސްގެން ފެލާލީ ރައީސަކީ ބޮލަކީ ބަރަބޮލެއް ޅޮސްގަހުގެ ބުޑެއް އެކައްޗެއްވެސް ނޭގޭ ގަމާރެއް މީހުން ބުނާގޮތަށް ކަންކުރާ މީހެއް އަމިއްލަ އެއްވެސް އެއްޗެއް ނެތް

    17
    2
  8. މުހައްމަދު

    މިމީހުންގެ ބަލާވެރިކަމުން ކޮންއިރަކުން ސަލާމަތްވާނީ

    10
  9. ދަރަނި ދަންތުރަ

    ކަމަނާމެންގެ ހުދުމުހުތާރުކަން އިތުރުކޮން ރައްޔިތުން ހަނާކުރަން އެކަންއެބަވޭ ގައުމު އަޅުވެތިކޮށްފި ހުރިހާ ދިވެހިން ދަރަނިވެރިކޮށްފި މިކަންކަންކުރަން ވެގެން ކަމަނާގެ ބައްޕާފުޅު ރީނދޫ ގުރޫޕާ ގުޅުނީ ދެން ބާރަށް އަތްޖަހާ ...

    12
  10. މާމީ

    ބޮކި މެންގެ ލޯ އަނދިރީ ވިއްޔާ މިހާރު މުޅި ދައުލައް ކީއްކުރަން ވެންޓިލޭޓަރުން ވެސް ވައްކަން ކުރާއިރު ނުފެންނަން

    13