އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނަކުރުމުން ރާއްޖޭގެ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކަށް ގެއްލުން ލިބެެމުން އަންނަ މައްސަލަ ގެސްޓުހައުސް އެސޯސިއޭޝަން (ގޭމް)އިން ހެެލްތު މިނިސްޓަރ އަހުމަދު ނަސީމަށް ހުށަހަޅައިފިއެވެ.
އިންޑިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް އައުން މަނާކުރުމާއި ގުޅިގެން ގޭމް އިން ވަނީ މިނިސްޓރ ނަސީމަށް ތިން ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ތިން ހުށަހެެޅުމަކީ ގެސްޓު ހައުސްތަކަށް އަންނަ އިންޑިއާ ފަތުރުވެރިންގެެ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބެންދެއް ފަތުރުވެރިން ގެސްޓުހައުސްތަކުގައި ކަރަންޓީނުވެގެން ތިބުމާއި، މާލެ ނުވަތަ ހުޅުމާލގައި 3-1 ދުވަސް ކަރަންޓީނު ވެގެން ތިިބުމަށް ފަހު ރަށްރަށަށް. ދަތުރުކުރެެވޭނެެ ގޮތް ހަމަޖައްސައިދިނުން އަދި ކެެފޭ އާއި ރެސްޓޯރެންޓުތައް ނުހުންނަ ރަށްރަށުގައި ބޭރުން ކާއެއްޗިހި ގެންނަން ހުއްދަ ދިނުމެވެ.
އިންޑިއާ ފަތުރުވެރިން ގެސްޓްހައުސްތަކާއި ހޮޓާތަކަށް އައުން މަނާކޮށްފައި ވަނީ، އެެ ގައުމުގައި ކޮންޓްރޯލް ނުވާ މިންވަރަށް ކޮވިޑް-19 ފެެތުރެން ފެށުމާއި ގުޅިގެެންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިއާ އިން އެތައް ހާސް ބަޔަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުންދާ އިރު މިހައި ހަލުވިކޮށް ބަލި ފެތުރެމުން ދަނީ ކޮވިޑްގެ އާވޭރިއަންޓެއްގެ ސަބަބުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 17 މިލިއަނަށް އަރައިފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކަ އަށް މިއަދު އަރައެވެ.
އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. އެތައް ހޮސްޕިޓަލަކަށް ވަނީ ބަލި މީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ މައްސަލަ ވެސް ކުރިމަތިވެފައެވެ.
އޮކްސިޖަން ލިބުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން ބޭރުގެ އެހެން ގައުމުތަކުން މިހާރު އިންޑިއާ އަށް އޮކްސިޖަން ފޮނުވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ސައުދީ އިން ވަނީ އިންޑިޔާއަށް 80 މެޓްރިކް ޓަނުގެ ލިކުއިޑް އޮކްސިޖަން ފޮނުވައިފައެވެ.
ބުނަން، ފައިސާ ލިބުނީމަ ހުންނާނީ ރަނގަޅަށް. ރައްޔިތުން މަރުވެދިޔައަސް ތިޔަ ދަހިވެތިކަމުގައި ފަހަތަށް ޖެހިނުލާތި... ކަލޭމެންނާހުރެ ބޮޑުވެގެންވީ ބަލިމަޑުކަމަކަށް ވެއްޖެ.
އިންޑިޔާނޫން ފަތުރުވެރިން ގަނެސްބަލަ. އިންޑިޔާގައި އުޅޭ ކޮވިޑުގެ ބިރުވެރިކަން ހިތަށް އަރުވާލާފަ، 2 މަހެއްހާ ދުވަހު ފައިސާ ނުލިބުނަސް ފުރާނަ ސަލާމަތްވާނެއޭ ހިތަށް އަރުވާލާފަ ﷲ އަށް ޝުކުރުވެރިވެބަލަ.
ފައިސާއާ ހެދި މިމީހުން މިހުންނަނީ އަމަށަކުވަރެއްނޫން.
ގޭމުންމިއުޅެނީ ކޮވިޑްގޭމެެއްކުޅެންދޯ ؟ ގޭމުންބޭނުންވަނީ ރާއްޖެއަށް އިންޑިއާމީހުންގެނެސްގެން އިންޑިއާވައިރަސް އިތުރަށްޖައްސަންދޯ ؟
ރައްކާތެރިކަމަށް ހުރިހާއެންމެންވެސް ބަލަންޖެހޭނެ ދޯ ،
ގޭމްއައް މުހިންމުވަނީ އިންޑިޔާ ފަތުރުވެރިންތޯ ނޫނީދިވެހިންގެ ފިރާނަތޯ މިހާރުވެސް އިންޑިޔާގެތިޔަބުނާފަތުރުވެރިން ހުޅުމާލޭމަގުތައްމަތީ މާސްކްވެސްނާޅާ އުޅެމުންއެދަނީ މިމަންޒަރު ފެންނަ ފުލުހަކުނޫޅޭ. މިނިސްޓަރނަސީމަކީ އެންމެކޮރަޕްޓް އެކަކު
ބަލަ ރާއްޖޭގަ ރިސޯޓުހަދާނެ ރައްތައްނެތީތަ މީހުންދިރިއުޅޭރައްތަކުގަ ތިކަމެއްތިކުރަނީ ތިޔައި ނަސީދުގެ މޮޅުރޭވުމެއް މިގައުމުގަ އިސްލާމްދީން ބަލިކަށިކުރަން ފެށިކަމެއް ކޮބާ ފެނޭނު މިއޮއްނުރައްކާ ބޮޑުކަންތަކުގާވެސް ތެޅިގަތީނު ރައްރަށުގެ ރައްޔިތުންގެ ފުރާނައައްވުރެ މިމަިހުންބޭނުމީ ލާރި ބަލަގަ ތިގެސްޓުހައުސް ނެތްއިރުވެސް ރައްރަށުގަ މީހުން އައީ ދިރިއުޅެމުންނޭ ތިކަމެއްގެސަބަބުން މުޅިރައްވަނީ ނުބައިމިސްރާބަކައް ގޮއްސާ...
ގެސްޓު ހައުސް ހިންގާ މީހުންނައް އިންޑިޔާނޫނަސް އެހެންގަވްމުތަކުން ގެސްޓުންލިބޭ
ބުނަން ވާހަކައެއް...ގެސްޓްހައުސް ހިންހާ މީހުން އެކަންޏެއްނޫން ލާރިބޭނުންވާނީ...ފުރަތަމަ ރައްކާޔެރިކަމަށް ބަލަން ޖެހޭނީ...ތިޔަ ހުއްދަ ދިނީމަ ގެސްޓުންނާ ތޮޔަ ތަންތަނުހެ ގިނަ މުވައްޒަފުން އެންމެ ކުޑަމިނުން މާސްކުވެސް ނާޅާ ރަށުތެރޭގައި އުޅެނީ...
މީ އަޖައިބެއްކަހަލަ ބަޔެކޭ..ފޮއްޓަށް ނޫޑލްސް ޕެކެޓަކާ ސައިފަތް ޕެކެޓެއް ލަިގެން އައިސް މާސްކް އަޅަން ޖެހޭ ބައެއްވެސް ނޫން..ގެސްޓް ވީމަ އޯކޭ...ލާރީގެ ބޭނުމުގައި މިކުރާ ފަރުވާ ކުޑަކުރުން ވަރަށް ހިތިވެދާނެ އިނގޭ...