މާފަންނު މެދު ދާއިރާއަށް ދެން ބަސް ކިޔާނީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ގެ ބަދަލުގައި މާފަންނު މެދު ދާއިރާގެ އިންތިޚާބީ ކައުންސިލަރު އަޙްމަދު ނަރީޝް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.

އަބްދުލް މުޣުނީ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ނިމިގެން ބޮންޑޭއާއެކު ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ. މީގެ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

އެ ވީޑިއޯގައި މުޣުނީ ވިދާޅުވީ މާލޭގެ މާފަންނު މެދު ދާއިރާގެ ގޮނޑިއަށް އެމްޑީޕީއިން މާލެ މީހަކު ވާދަކުރެއްވުމުން ވެސް އެ ދާއިރާގެ ރައްޔިތުން އިންތިޚާބު ކުރީ ހުވަދު އަތޮޅަށް އުފަން އަދި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ނަރީޝް ކަމަށެވެ. އަދި ބޮންޑޭގެ ބަދަލުގައި ދެން މާފަންނު މެދު ދާއިރާއަށް ބަސް ވިދާޅުވާނީ ހުވަދު އަތޮޅަށް އުފަން ބޭފުޅެއް ކަމަށް ވެސް މުޣުނީ ވިދާޅުވެއެވެ.

"މާލޭ މީހާ ކުރިމަތިލިއޭ އެ ތަނަށް. މާލޭ މީހާ ކުރިމަތިލާފައި ހުއްޓައި މާލޭ މީހާއަށް ނުދިން. މާލޭ މީހުން ބުނީ ދެން ނަރީޝްއޭ އެތަނަށް ބަސް ކިޔާނީ. ހުވަދު އަތޮޅު މީހުން ދެން އެ ތަނަށް ބަސް ކިޔާނީ" މުޣުނީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މާލެ ދާއިރާތަކުގެ މެންބަރުންނާއި އަތޮޅުތަކުގެ ދާއިރާތަކުގެ މެންބަރުންނާ މި ގޮތަށް ބަހުސް އުފެދިގެން ބަހުސް ކުރައްވައެވެ. މާލެއާއި އަތޮޅުތަކުގެ ބަހުސް ކުރައްވާއިރު ބައެއް ފަހަރު ސިޔާސީ ޕާޓީގެ މަސްލަހަތަށް ވުރެ ނިސްބަތްވާ ސަރަހައްދު އިސްކުރައްވައި ވެސް ވާހަކަ ދައްކަވައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާލެ-އަތޮޅުތައް ބަހުސް ހޫނުވެގެން އައީ ބޮންޑެ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ބޮންޑޭ އޭރު ވިދާޅުވި ގޮތުގައި ހުޅުމާލެއަކީ މާލެ ރައްޔިތުންގެ ތަނެއް ކަމާއި ހުޅުމާލޭގެ ބިން ބޭނުން ކުރަނީ މާލެ ރައްޔިތުންނަށް އެކަނި ދީގެނެވެ. އެކަމާ އަތޮޅުތަކުގެ މެންބަރުން ވިދާޅުވަމުން ގެންދެވީ ހުޅުމާލެ ހިއްކާފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމުން އޭގެ ފައިދާ އެންމެނަށް ވެސް ލިބެން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯހަލާކު

    ނަސްލީ ތަފާތުކުރުން މި ޤައުމުގެ އެންމެ މަތީފަޑންވެސް މިފެންނަނީ... މީހެއް ނިސްބަތްވާ ތަނަކުން ނުވަތަ އޭނާ ހުންނަގޮތަކުން ތަފާތުކުރުމާ ރީބަ ބުނެ ހަނގާ ކުރެވިގެން ނުވާނެ.. ހަނގާ ކުރުމާ އަހަރެން ދެކޮޅު

    23
  2. ކޮވިޑް

    ޝައްކެއް ނެތްތާ ، އަދި ސަޅިވީން މުޣުނީ ބުނި ނަމަ ރ.ޔ ދެކެ ލޯބި ވާ ،ރ.ޔ އަށް ވަފާތެރި ، ގަނެ ވިކާ ބާޒާރުތަކަށް ވިއްކާ ނުލެވޭނެ ޕ.ޕ.މ އަށް އިޙްލާސް ތެރި ޒުވާނުންގެ ލޯބި ހޯދާފައިވާ ހުވަދު އަތޮޅަށް އުފަން ޕީޕީއެމްގެ ނަރީޝް އޭ، ކަޑަވޭ ދޯ މުޣުނީ، އަދި ވެސް ފުރުޝަތު އެބަ އޮތް މުޣުނީ އެމް.ޑީ.ޕީ އިން ވަކިވެގެން އިނދިކޮޅާ ގުޅޭ ކުރިމަގު އޮތީ އިންދި ކޮޅަށް އިންޝާ ﷲ.

  3. ބުރާންތި

    މަވޯޓާ ޝަރީ ފް އިހައްދުވަހު ބޮންޑޭ ތޯލާ ފުޅިޔަކަށް ލެވޭ ވަރަށް ކުޑަކޮށްލީ.
    ޢަނެއްކާ މިއަދު އެއޮތީ ސައިޒަށް ކަނޑާލާ ފައި.

    ތަޖްރިބާނެތް ދޫނެހެލޭ މީހަކު ސައިޒުން ކުޑަ ޕިކަޕެއްވަރުވިޔަސް އެއްޗަކަށް ނުވާނެ.

  4. ރޭސިޒަމް

    މުޅި ރާއްޖެއަށް ބަސް ކިޔަން ހުރީ ހިންނަވަރު އަސާސީ ތައުލީމު ފެންވަރު މީހެއް.

  5. ސަނީ

    ބަލަ ހާދަ ނަސްލީ ވެގެން މިއުޅެނީ. ބަލަ ބޮންޑާވެސް ދެމިގެން އައިސް އިނީ ހުވަދު އަތޮޅުންނޭ. ކޮލަމާ ފުށިންނޭ. ބޮންޑާގެ އާއިލާގެ ކޮޅު ބެލި މީހަކަށް ދޯ އިނގޭނީ.