ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލިހުންނާއި އިޒްރޭލްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް އެ ދެ ގައުމުން ދައުވަތު ދެއްވާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހާމަ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ވެސް އެ ދައުވަތު ދެއްވި ކަމުގެ ސިޓީ ލިބިވަޑައިގެންފައި ވީ ނަމަވެސް އެ ކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި އެ ކަމުގައި ގޮތެއް ނިންމަވާނީ ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތަށް ވަތް، އެންމެ ފުރަތަމަ ވިސްނުމަކީ މި ބާވަތުގެ ކަމެއް އަޅުގަނޑު ކުރިމައްޗަށް އައީމަ، އަޅުގަނޑު އަމަލު ކުރާނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި އެމަނިކުފާނު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އަދި ދިވެހި އެއްވެސް ރައްޔިތަކު އިންކާރު ނުކުރާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭނީ ވެސް ފަލަސްތީނަށް ވެވެން އޮތް އެހީއެއް ވުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލްގެ ދައުލަތުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާ ދެމުންނެވެ. އިޒްރޭލުގެ މި އަމަލުތައް އަބަދުވެސް އެންމެ ހަރު އަޑުން ކުށްވެރި ކުރާ ގައުމަކީ ރާއްޖެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބި ސުލްހަ ގާއިމުކުރެވޭނީ އދ. ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމުގައި ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަދީފް

    ކަލޭ ތިތަނުން ނަގާނީ އިޒްރޭލުގެ ދައުވަތުކަން އެއީ ދުވާލު އިރު ފެންނަ ފަދައިން ޔަގީންވާކަމެއް.ހުޅަނގުގެ ޕަޕެޓުން ހިތް ނުރުހޭނެތީވެ ކަލޭ ފަލަސްތީނުގެ ދައުވަތު ޑިކްލައިންކުރާނެކަން ކަށަވަރުވެ ޔަގީންވޭ.

    23
    6
  2. ރައްޔިތު

    ޔަހޫދީންނަށް ދައުވަތު ދޭނީ އިޒުރޭލުން. ފަލަސްތީނުން ދޭނީ މުސްލިމުންނަށް. ވަރަށް ވާހަކަ..!

    29
    3
  3. ޖޯން

    ފުރަތަމަ ޤައުމަށް މިނިވަން ކަމެއް ހޯދަދީފަ ނޫނޫތޯ އެހެން ބަޔަކަށް މިނިވަން ކަމެއް ހޯދަދަެވެނީ.މިމަނިކުފާނަށް މިހާރު މަޖިލިސް ކޮންޓްރޯލް ނުކުރެވިގެން އުޅުއްވާ ބޭފުޅެއް ދެން ކޮންކަމެއް ކުރެވޭނީ ލޮލް

    18
    3
  4. ޙެހެ

    ޙިއެއްނުވޭ ފަލަސްތީންއިދައުވަތު ދިންހެނެއް އެކަމު އިޒުރޭލުން ދީ ފާނެ.ޕޮލިހުންގެ އަމަލްތައް ހުންނަގޮއްވަރައްއެއްވައްތަރު ރާއްޖެ އާއި އިޒުރޭލް

    15
    4
  5. ތ

    ރައްޔިތުން ކައިރީ އަހައިގެންތޯ ބޮޑު ވަޒީރުކަން ބޭނުން ވާކަން ފާޅުކުރީ
    ތިޔަ އުޅޭނީނަމުގައި ފަލަސްތީނަށް ގޮސް އިޒްރޭލްގެ މަޖްލީހުގައި ތަގްރީރުކުރަން ކެރަފާ ނަސީމް ގޮވައިގެން ދާތި އޭނާ އެއީ އިޒްރޭލް ދައުލަތެއް ކަމަށް ގަބޫލުކޮށް ވޯޓް ދިން ނުބައި ވެގެންވާ މީހެއް އޭރުން އެންމެ ރަނގަޅު ވާނީ މިހާރުވެސް ނަސީމް އަށް ފްރީ ވިސާ އޮވޭ އިޒްރޭލްއިން ދީފައި... މިކަން ދޮގު ކުރާކަށް ނުކެރޭނެ

    22
    2
  6. ރައްޔިތުން

    ވީމާ، ފަލަސްތީނަށް ގޮސް އެމިހުންނަށް ކަށަވަރުކޮށްދެއްވަންވީ އެހެންގައުމަކުން ފަލަސްތީނުގެ މައްޗަށް އަތްގަދަ ނުކުރެވޭނެ ގޮތަށް އޮތް ގައުމެއްކަމަށް ފަަލްސްތީނަކީ، އަދި ފަލްސްތީނުންވެސް އެހެން ގައުމަކަށް އަތްގަދަކޮށްގެން ނުވާނެކަން. އަދި އިޒުރޭލަށް ގޮސް ކަށަވަރުކޮށްދެއްވަންވީ އެހެންގައުމަކުން އިޒުރޭލުގެ މައްޗަށް އަތްގަދަ ނުކުރެވޭނެ ގޮތަށް އޮތް ގައުމެއްކަމަށް އިޒުރޭލަކީ- އަދި އިޒުރޭލުންވެސް އެހެން ގައުމަކަށް އަތްގަދަކޮށްގެން ނުވާނެކަން.

    9
    1
  7. ރ

    ނުބައި ރޭވުމަކުން އިޒްރޭލަށް ގޮސް އެތަާނގެ މަޖިލީހުގައި ތަގްރީރު ކުރުން ބޭނުމަކީ ކެރަފާ ނަސީމް ގޮވައިގެންދާތި އޭނާ އިޒްރޭލް އެއީ ދައުލަތެއް ކަމަށް ވޯޓް ދިނީ

    14
    2
  8. ހުސޭނުބޭ

    ކަލެޔަށް އަނެއްކާ އެނގޭތަ ޤާނޫނަކީ ކޮން އެއްޗެއްކަން! އެތަނަށް ގޮސްސަވެސް ތަޅާނެ ކުދިންކޮޅެއް ފޮނުވާތި!

    16
    4
  9. މަބޭ

    ބޮޑައްވައްތަރީ މީނާގެސަޕޯޓްދައްވާންފެށުމުން ދުއްވާދެބޯގެރި އުކުޅެއްކަމުގަ

    20
    3
  10. ވަސީ

    ޔަހޫދީންނާއި ގުޅޭމީހުންނައް ޔަހޫދީ ޕާލަމެންޓުތަކައް އިންވައިޓު ކުރާނެ.. ގައިމު ޕާކިސްތާނުގެ އިމްރާންޚާންމެންފަދަ އިސްލާމީ ވަރުގަދަ ލީޑަރުންނަކައް ތިޔަކަހަލަ ޔަހޫދީ އިންވިޓޭޝަންތަކެއް ނާދެ.

    14
    1
  11. ހަސަން

    ޔަހޫދީން ނަށް ލިބޭނެކަން އެނގޭ މާކުރިންވެސް ، ކެރަފާ ނަސީމް އިޒްރާއީލް ގަ އޮށް ސިއްރު މީޓިން އެއްގަ ބައިވެރިވިކަން އެނގޭ !!!!1

    10
    1
  12. ކޮވިޑް

    ހެޔޮނުވާނެ ކަލޭ މިޤައުމު ދޫކޮށް ފެއްސެން އުޅޭ ﷲ ގެ ރަސްކަން ފުޅައްޓަކާ، ދަމުން އެމް.ޑީ.ޕީ ލާދީމީ ބައިގަންޑު ވެސް ގޮވައިގެން ދޭ،އިޒްރޭލް އެންމެ ސަޅިވެސް ވާނީ ތިކަހަލަގެ ބޯބުރާންތިންނަށް، ދެން ފައްޅީގެ ސޭކަ ކަށް އިމްރާން ވެސް ގެންދާތި، އޭރަށް މި ޤައުމު ހަމަޔަކަށް އެޅޭނެ.

    1
    1
  13. ގައުމީ ސަލާމަތަށް..

    އާނ..ތިކަމަށް ގެންދަން އެންމެ ފީކަޅާ މީހާތީ. ބޭރު ދުނިޔެއަށް ލާދީނީ ނަޝީދުގެ ހަގީގަތް ނޭންގޭ އަދިވެސް.

    2
    1
  14. އަލީ

    ތަޅާނެ އަނގަ އެއް ނެތިގެން އުޅޭ ސޮރެއް މީ މިހާރު ރާއްޖޭގެ ކަން ކަމާ އަނގަ ތަޅާ ތަޅާ މީހަކު އަޅާ ނުލީމަ ދިވެހިން އެންމެ އެދި އެދި ތިބި ކަން އާދެ ފަލަސްތީނުގެ ވާހަކަ ފެށީ މީނަ އެބަހުރި ދިވެހިންގެ ބޯ ކާލަން ހިފާލާފަ މިހާރު މީނަ އޮންނާނީ އިޒްރޭލް އާ އެއްބަސްވުން ރަނގަޅަށް ވެއްޖެއްޔާ ހަދާފަ

    2
    2
  15. ރެފްރީ

    ތިއުޅެނީ އިޒްރޭލުގެބޮޑުވަޒީރުކަންލިބެން.. ދެން ނިކަންފަރިފަރިކޮށްނަށާލާފަ ފިހިގަނޑެއްހިފައިގެންދޭ !!

    4
    1
  16. ސަކޫން

    މީނާއަކީ އިޒްރޭލާ މާތް ގާތްކަމެއް އޮންނަމީހެއް މީނާގެ ވެރިކަމުގަ އެމީހުނަށް ދަނޑުހައްދަންށޭ ކިޔައިގެން ފަޅުރަށް ތަކެއްވެސް ދޭން އުޅުނު. އަދި ލޮލުގެ ފަރުވާ އަށް ޔަހޫދީ ޑރ.އިން ވެސް ގެނައި ނުވިތާކަށް ސްކޫލް ކުދިންނަށް ކިޔަވައިދޭ ފޮތްތަކުން ޔަހޫންދީންނަކީ ރަގަޅުބަޔެއް ކަމަށްލިޔެ އެމީހުންގެ ނުބައި ނުލަ ފާކަން ރަގަޅު ކަންތައް ކަމަށް ދައްކަން މަސައް ކަތްތަކެއް ކުރަންއުޅުނު. ޢޭރުގެ އިދި ކޮޅުން ޚާއްޞަކޮށް އަދާލަތުން ނުކުމެ ރައީސްއޮ ފީސް ދޮށުގަ މުޒާހަރާ ތަކެއް ކޮށް ވަރަށް ގިނަ ހަރަކާތް ތަކެއް ހިންގައިގެން އެކަން ހުއްޓުނީ. ޔަހޫދީންދެކެ ވަރަށްލޯބިވާނެ. އެމީހުން ދެކެ ލޯބިވާނީ މުނާ ފިގުން.

    3
    1
  17. ޢަދުރޭ

    ބުހުތާނު ދޮގު . ދިވެހިން މީނަގެ ގޭސްގަނޑުގައި ޖައްސާފަ ބައިތިއްބަން މިހާރަކަށް އައިސް ކޮންމެ ދުވަހަކު އާ ވާހަކައެއް ފަޅާލަނީ

    3
    1
  18. ކަމަނަ

    އަވަހަށް މަސްދަޅުކޮޅެއް ރައްޔިތުުން އަތުން ހޯދައިގެން ބަހާލަންދޭ އޭރުން މަސްހޫކަން ލިބޭނެ އަނެއްކާ އިޒްރޭލް ކުދިންކޮޅު މި ގައުުމު ބޭނުންވީ ކަންނޭގެ އިހަވަންދިއްޕޮޅުގަ މަރުކަޒެއްއަޅަން އަވަހަށްދީ ވަރަށް ޑޮލަރު ލިބޭނެ

    4
    1
  19. ޖާނޭ

    އެކަން ކުރުމުގެ ބޭނުމަކީ ރައްޔިތުންނާ މަޝްވަރާކުމުގެ ނިޔަތެއްނޫނެވެ. ފަތާރާސީވުމާއި ދެއްކުން ތެރިކަން ނޫން ކޮން ކަމެއްތޯ؟ ބަލަގަ މީނދަ "ދެބަނދިހަރާ" އެމީހުނަށްވެސް އެގޭ މުސްލިމުންނާ އެންމެ ހަތުރުވެރި އަދި އެންމެ އަދާވާތްތެރިއަކީ މި ދެބަނދި ހަރުކަން. ވީމަ، އިޒުރޭލު ފަދަ މުސްލިމުން ލެއަށް ފެންބޮވާފައި ތިބި ދީނުގެ ޢަދުއްވުންގެ ޤާނޫނު ހަދާ މަޖިލިހަކަށް ގެންދަން ޖެހޭނީ އެމީހުނަށްވުރެ ނުބައި މީހެއްކަން. އެއިރުންތާ އިޒަރޭލު މީހުން ކިޔަން ހުރި ހުރިހާ އެއްޗެއް މި ކަލޭގެ މެދުވެރިކޮށް ކިޔައި ދެވޭނީ. ޙަނދާންކޮށްބަލަ! ޢިރާޤުގެ ރައީސް ސައްދާމު ދަންޖައްސަން އެމެރިކާއިން ރޭވި ގޮތް. ޢިރާޤުގެކޯޓަކުން (އެމެރިކާއިން މަޖުބޫރު ކޮށްގެން) އިރާޤުގައި ސައްދާމު ދަންޖައްސަން ހުކުމް ކުރުމަށް ފަހު މެރީ ޢީދު ދުވަހެއްގައި. ޢެކަމާމުސްލިމުން ފާޑުކިޔަން ފެށީމަ އެމެރިކާއިން ބުނީ "އެއީ އިރާްޤު ރައްޔިތުންގެ އަމިއްލަ ނިއްމުމެކޭ". ވީމަ، ތިކަމަކީވެސް ތިޔަކަހަލަ މޮޔައަކު ލައްވާ އިތުރަށް މޮޔަ ގޮއްވަން ކުރާކަމެއް. ޚޮންމެހެން އަހަރެމެންނަކަށް އަންގާނެ ކަމެއް ނެތް.

    2
    1
  20. ބިސް

    މި މިހަބަރު ކިޔާފަ ގަތީ ލަދު....މިދެން ކާކު އެގައުމުތަކަށް ގޮސް ތަގުރީރު ކުރަން...

    2
    1