މާލެ އަތޮޅު ދިއްފުށިން ކޮވިޑް ފެނުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުން މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ އިއްޔެ އެވެ.

ދިއްފުށި މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވަނީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

އެރަށުން ވަނީ މިހާތަނަށް 143 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރެއިން 137 މީހުންނަކީ ދިވެހިންނެވެ.

ދިއްފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.

ދިއްފުށީގެ މޮނިޓަރިން ހާލަތު އުވާލިއިރު މިހާރު އެރަށުން ކޮވިޑް ޖެހުނު ގިނަ މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. ހެލްތު ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިހާރު ދިއްފުށީގައި ތިބީ ކޮވިޑް ބަލީގެ ދިހަ މީހުންނެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ ވެސް ވަނީ 464 މީހަކު ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29052 އަށް އިއްޔެ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުޅޯ

    މިހާ ގިނަ ބަޔަކައް އެރަށުގައި ބަލި ޖެހުނުކަމައްވަނީ އެކަކަށް ބަލި ޖެހުނީމަ އޭނާ ގޭ އެންމެންނާ އެއްކޮށް އެ ގޭގައި ބަންދުކުރާތީ. ދެން ފަހަރަކު މީހަކައް ބަލިޖެހި ގޭ އެންމެން އެކަމުގަ ހަނާވާނެ ނޫންބާ؟ ބަލިޖެހޭ މީހާ ގޭން ނެރެގެން ގެންގޮސް އެހެންތާކު ބަހައްޓާ ނަމަ އެހާ ގިނަ ބަޔަކަށް ބަލި ނުޖެހުނީސް. ދިއްފުއްޓަކީ ގަމާރު ކަމުގައި ރާއްޖޭން ވަނައެށް ދޭންޖެހޭ ވެރިންތަކެއް އުޅޭ ރަށެއް. ގޭ އެކަކަށް ބަލި ޖެހުނީމާ މުޅި ގެ ބަންދުކޮށް ގޭ އެންމެންނަށް ދުށްތުރާ ޖައްސާކަމަށް ވޭ.