މަރަދޫ ފޭދޫ ޕީޕީއެމް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަމީލް ވާހަކަދައްކަވަނީ - އެމްވީޔޫތު ފޮޓޯ: މުޝައްރަފް ހަސަން
މަރަދޫ ފޭދޫ ޕީޕީއެމް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަމީލް ވާހަކަދައްކަވަނީ - އެމްވީޔޫތު ފޮޓޯ: މުޝައްރަފް ހަސަން

މީހުންގެ ހީލަތްތެރި ރޭވުމުގައި ޖެހިވަޑައިނުގަތުމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ލާ ވޯޓު ބޭކާރުކޮށްނުލަމަށް ހޯމް މިނިސްޓަރުކަމުން ވަކިކޮށްފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު އިއްޔެ އެދިވަޑައިގެންފި އެވެ.

ADS BY SHEESHA

ޕީޕީއެމްގެ މަރަދޫ ފޭދޫ އޮފީސް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންޖެހޭ މައިގަނޑު ދެ ސަބަބެއް އެބައޮތް ކަމަށާއި ފުރަތަމަ ސަބަބަކީ ރާއްޖޭގެ ކޮންމެ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ހަމަޖެހިގެން އުޅޭވޭވަރުގެ ދިރިއުޅުމެއް ބިނާވެފައިވާ ރައްޔިތަކަށްވާންޖެހޭއިރު ޕީޕީއެމް ސަރުކާރެއްގައި އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ޖަމީލް ވިދާޅުވީ ދިވެހި ރާއްޖެއަކީ ވަކި އުސޫލެއްގެ ތެރޭގައި އާއި އަހުލާގީ މިންގަނޑެއްގެ ތެރޭގައި އާދަކާދަތަކާޢި ގުޅުން ހިފެހެއްޓިފައިވާ މުޖުތަމައުއަކަށް ހަދަން ޖެހޭ ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ތައުލީމުގެ ތެރެއިންނާއި ދިރިއުޅުމުގެ ބޯހިޔާވަހިކަމުގެ ތަނަވަސްތެރެއިން އިގްތިސޯދު ފުޅާކޮށްގެން ނިކަމެތި ވަމުންދާ އަހުލާގިއްޔަތު ހަރުދަނާކޮށް އިސްލާމީ އަގީދާގެ މަތީގައި ރާއްޖޭގެ ބިންގާ އާރާސްތުކޮށްދެއްވާނެ ކަމަށެވެ.

"މީހުންގެ ހީލަތްތެރި ރޭވުމުގައި ތިބޭފުޅުން ނުޖެހޭށޭ، ވަރަށް މުހިންމު ކަމެއް މިދަނޑިވަޅުގައި އެކި ކަހަލަ ތޮފިތައް ހިފައިގެން އަންނާނެ، ފަތްކޯޅިތައް ހިފައިގެން އަންނާނެ، އެކަމަކު ހަގީގަތުގައި މި މިލާ ވީރާނާވެފައި ބިންމައްޗަށް ފައިބާފައި ހުރި ފަތްތަކެއް އެކުވެގެން ވާން މިއުޅެނީ މިހާރު، އެހެންވީމަ ތިބޭފުޅުން އެބަޖެހޭ މިއަށް ވިސްނާ ވަޑައިގަންނަވަން، މިލާ ބިންމައްޗަށް ވެއްޓިފައިހުރި ފަތްތަކެއް ނަގައިގެން ބަޔަކު ދުވަން އުޅުނަސް އެއަށް އަލުން އާރާސްތުކަމެއް ނާންނާނެ، ރޯކަމެއް ނާންނާނެ." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކުރެވެން އޮތީ ގުޅުން ރަނގަޅުވެގެން ކަމަށާއި އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ރަނގަޅު އަހުލާގުވެރި ބަޔަކަށް ދިވެހި މުޖުތަމައު ހަދާނެ ކަމަށެވެ.

އަދި ތުއްތު ކުދިންގެ އަހުލާގު ރަނގަޅު ކުރުން ފަދަ ކަންކަން ކުރުމަށް ރާއްޖޭގައި ރަނގަޅު އިގްތިސޯދީ ބިންގަލެއް އަންނަ ޖެހޭ ކަމަށާއި ޔާމީނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރާއްޖޭގެ ކޮންމެ ދިމާލަކުން ބެއްލެވި ކަމުގައިވީ ނަމަވެސް ނުފެންނަ ވަރުގެ އިގްތިސޯދީ މާހިރެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ، މި އިންތިހާބު ކޮންމެ ހަމައަކުން ބެލިޔަސް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ ޕީޕީއެމް، އޭގެ ސަބަބަކީ ތިބޭފުޅުންނަށް އަޅުގަނޑުމެން ބަލާލީމަ އެނގޭ އާރޯކަމާއި ތާޒާ ކަމާއި އެކީގައި ތިބޭފުޅުންނާއިއެކު އަޅުގަނޑުމެން ކުރިއަށް ދާން ތައްޔާރަށް، އެހެންވީމަ ވޯޓު ބޭކާރުކޮށް ނުލައްވާށޭ،" ޖަމީލް ވިދާޅުވި އެވެ.

1 ކޮމެންޓް

  1. އަޒުހީނު.

    ޖަމީލުބުނާގޮތަކަށް ހެދުމަކީ ކޮންކަހަލަ ކަމެއްތަ. ތިނޫން ޕާޓިއަކަށް ވޯޓު ދީފިނަމަ އެވީ ހީލަތްތެރި ކަމުގައި ޖެހުންތަ.؟