އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އުޅަނދުތަކެއް ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ އެމްބަސީން މިއަދު ބުނީ މި އެހީގެ ދަށުން ކަރެކްޝަންސަށް ދެ ލޯންޗާއި ހަތަރު ވެހިކަލެއް ދޭނެ ކަމަށެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކަރެކްޝަންސަށް ފޯރުކޮށްދޭ އެހީއެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. މިއީ އަށް މިލިއަން ރުފިޔާގެ އުޅަނދުތަކެވެ.

މި އެހީގެ ދަށުން ލޯންޗުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ކ. މާފުށި ޖަލާއި ކ. ހިންމަފުށި އައްސޭރި ޖަލަށް ގައިދީން ގެންދިއުމާއި ގެނައުމުގައެވެ. މާލެ އާއި ހުޅުމާލޭގައި ވެހިކަލްތައް ބޭނުން ކުރާނީ ގައިދީން ކޯޓުތަކަށާއި ހޮސްޕިޓަލްތަކަށް ދަތުރު ކުރުމުގައެވެ.

އިންޑިއާ އިން ހަދިޔާ ކުރަނީ 24 މީހުންގެ ޖާގައިގެ ދެ ލޯންޗެވެ. ވެހިކަލްތަކަކީ 12 މީހުންނަށް އެރޭ ވަރުގެ ވެހިކަލްތަކެކެވެ.

ޕްރޮކިއުމަންޓް މަރުހަލާގައި އޮތް މި މަޝްރޫއަކީ އިންޑިއާ އެމްބަސީން ހާމަކުރި ގޮތުގައި، އެ ގައުމުން ރާއްޖެ އަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫއެވެ.

އަދި އަމާޒަކީ މިކަން ވީހާވެސް އަވަހަށް ފުރިހަމަވެގެން ދިއުން ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ. ހާއްސަކޮށް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެދިން ގައުމަކީ ވެސް އިންޑިއާއެވެ.

މީގެއިތުރުން އިންޑިއާގެ އެހީގައި ބައެއް މަޝްރޫއުތައް ފަށާފައިވާ އިރު، ބޮޑެތި މަޝްރޫއުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މިނިވަން މީހާ

    މިމީހުންގެ އަޑި ނުބައިކަން މިއެގެނީ އެމީހުންގެ ޤައުމުގެ މީހުން މަރުވަމުންދާއިރު އަޑިނޭގޭ ފައިދާގެ ބޭނުމަށް ދިވެހިރާއްޖޭގެ ބޭނުން މިހިފަނީ ހިޔަޅަށްވުރެވެސް މަކަރުވެރިކޮށް މިމީހުންގެ ދަލުގައި ޖެހިފައި ނުވަތަ ލާރީގައި ޖެހިފައި ތިބި ބައެއްގެ ސަބަބުން ވެއްޓޭ އަދަވަޅުގެ ފުންކަމާއި ކުރިއަށް ދިމާވެދާނެ ބިރުވެރިކަން އިންތިހާ

    11
  2. ތ

    ބަލަ ހިލޭ އެހީ ދީފައި އަދި އެންބަސީންތައް އެކަން ވެސް ހާމަ ކުރަނީ ކަރެކްޝަނަކަށް ނެތް ދޯ ހާމަ ކުރުމުގެ ބާޜު ވެސް ނޫނޭވާ ސުދީރު ކަލޭ ތިއީ ދެވަނަ މޯޑީ

  3. މައިކް

    ތިހިލޭޔެއްނުވާނެ. އޮނަނާނެ ބަދަލްގަ ކޮންމެވެސް ކަމެއް.

  4. މަޖުބޫރީހާލަތް

    ހެލިކޮޕްޓަރުވެސް ހަދިޔާއެއް ނަމަވެސް ދީ ފަދާކައްނޫޅޭ

  5. ތޮރާބެ

    އަމިއްލަ ގައުމުގެ ރައްޔިތުން ބަލީގަ މަރުވާން ދޫކޮއްފަވެސް އެހެންބަޔަކު އަޅުވެތިކުރެވޭތޯބަލާ

  6. ޙަސަނާ

    އަދި ދިނިއްޔެއްވެސްނޫން ދޭންއުޅެނީ މަސްހޫރުވެލަން އިންޑިއާ އެންބެސަޑަރު ހަބަރެއްޖަހުވާލީތާދޯ...ފުރަތަމަ މިހާލަތުގަ ދިވެހިންވެސްމިތިބީ ކޮވިޑުންސަލާމަތްނުވެފަ ކޮބާތޯ ދެކުނު އިރުމަތީ އޭސިއާގެ ގަުމުތަކައް ހާއްސަކޮއް ދިވެހިރާއްޖެއައްފޮނުވަންބުނި ފުލޯޓިން ހޮސްޕިޓަލް ޓިޔައެމްބަސީއަކުންނޫން މިގައުމުހިންގާނީކީ ދިވެހިންނައްޗައިނާގެ އެހީ ނުހޯދިގެންއުޅެނި ތިބަލާވެރިކަމަކާހެދި...

  7. ނަޝީދު

    ކިހާ ފައް ކާ ޤައުމުގެ ރައްޔިތުން ބޭސް ފަރުވާ ނުލިބި މަރުވެ ހުސްވަނީ އަދި ވެސް އެހެން ޤައުމެއް އަޅުވަތި ކުރެވޭތޯ ދިވެހިން ވިސްނަބަލަ މިވާގޮތް...