ރާއްޖޭގައި ކޮވިޑް-19 ގެ ވޭރިއަންޓްގެ ވައްތަރުތައް އުޅޭތޯ ބެލުން ސަރުކާރަށް މުހިންމު ނުވިއެވެ.

މިއަދު ހެެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެެރިއަކު ވަނީ މިހާރު ރާއްޖޭގައި ކޮވިޑް-19ގެ އެހެން އާ ވައްތަރެއް ފެތުރެމުން ދޭތޯ ބެލުމުގެެ މަސައްކަތް ދިގުލައިގެެން ދަނީ ކީއްވެެގެންތޯ ސުވާލު އުފައްދާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ އަނބުރާ އެ ނޫސްވެރިޔާ އާއި ސުވާލެއް ކޮށްފައެވެެ. ޑރ. ޝާހް ވިދާޅުވީ މި ބަލީގެ އިތުރު ވާއްތަރެއް ހުއްޓަސް، އެއަށް އިތުރަށް ކުރެެވޭނީ ކޮންކަމެެއްތޯ ބުނެދިނުމަށެެވެ.

އެއަށް އިތުރަށް ކުރަން އޮތް ކަމަކީ މީގެ އެންމެ އާދައިގެ ފިޔަވަޅުތަކަށް ހުރުމަތްތެރިކޮށް ހިތުން ކަމަށާއި، ކުރެވޭނެ ހަމައެކަނި ކަމަކީ އެޗްޕީއޭގެ ގަވައިދުތަކަށް ބޯލެނބުން ކަމަށް ޝާހް ވިދާޅުވިއެވެ.

"އެހެންވީމަ ވޭރިއަންޓު އަޅުގަނޑުމެން އަބަދުވެސް މި އެސިއުމް ކުރަނީ، ވޭރިއަންޓު އަންނާނޭ އިންޑިއާގައި އުޅެންޏާ އަދި އަވައްޓެރި ގައުމުތަކުގަ އުޅެެންޏާ." ޑރ. ޝާހް ވިދާޅުވިއެވެ.

ޑރ. ޝާހް ވިދާޅުވީ، މި ފިޔަވަޅުތައް އަޅާފައި ވަނީ އެކަން އެނގިގެން ކަމަށާއި، ފިޔަވަޅުތަކަށް ހުރުމަތްތެެރިކޮށް ހިތުމަށް އިލްތިމާސްކުރަމުން އަންނަނީ އެހެންވެގެން ކަމަށެވެ. އަދި ކޮވިޑްގެ އާ ވައްތަރުތައް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޭރިއަންޓެއް އުޅޭތޯ ބެލުން މުހިންމު އެކެޑަމިކް ނުވަތަ ރިސާޗް ކޮމްޕޯނަންޓަކަށް. އެހެެން ނަމަވެސް ނަގާފަ މިހިރަ މެޝާސް އަކީ އެސިއުމިން ވޭރިއަންޓު އަންނާނެއޭ ވޭރިއަންޓު ރާއްޖޭގަވެސް އުޅޭނެއޭ." ޑރ. ޝާހް ވިދާޅުވިއެވެެ.

ޑރ. ޝާހް ވަނީ ރައްޔިތުންގެެެ ރައްކާތެރިކަމަށްޓަކައި ކޮވިޑްގެ އާ ވައްތަރުތަކެއް އުޅޭތޯ ބެެލުން ކޮންމެހެން މުހިންމު ނޫން ކަމަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. ޝާހްގެ ވާހަކައިން ދޭހަވަނީ ހަމައެކަނި އާ ވައްތަރުތައް އުޅޭތޯ ބަލަން މުހިންމީ ރިސާޗް ބޭނުންތަކަށް އެެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    ނުވާނެތާ ޓްވަރިޒަމު ދިރުން ގެއްލިދާނެވިއްޔާ ގައުމާމެދު ވިސްނާ މީހަކުނެތް އަންބޮޑި ބިޑުނުވެގެން ތެޅިބާލަނީ މައުސޫމު އަދަދުތައް މައްޗަށް ޖެއްސޭތޯ ބަލަނީ