ރާއްޖެއިން ކޮވިޑް-19ގެ އާ ވައްތަރުތައް ފެނުނުކަމުގައިވިޔަސް ހަރުކަށި ފިޔަވަޅެއް އެޅުމަކީ ނާދިރު ކަމެއް ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިހެން ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ މިހާރު ފިޔަވަޅުތައް އަޅާފައި ވަނީ ކުރިއަށް އޮތް ތަނުގައި މި ބަލީގެ އެހެނެް ވައްތަރުތައްވެސް ރާއްޖެއިން ފެނިދާނެ ކަމަށް ބަލައިގެން ކަމަށެވެ.

މި ބަލީގެ އާ ވައްތަރުތައް އުޅުން އެކަށީގެންވާތީ އެކަން ބެލުމުގެެ މުއްދަތު ދިގުލައިގެން ދާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އާ ވައްތަރެއް ފެނުނު ކަމުގައި ވިޔަސް ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުން މުހިންމު ނޫން ކަމަށާއި، މުހިންމީ މިހާރު އޮތް ފިޔަވަޅުތަކަށް ރަނގަޅަށް ބޯލެނބުން ކަމަށް ޑރ. ޝާހް ވަނީީ ވިދާޅުވެފައެވެ.

"އެހެންވީމަ ވޭރިއަންޓު އަޅުގަނޑުމެން އަބަދުވެސް މި އެސިއުމް ކުރަނީ، ވޭރިއަންޓު އަންނާނޭ އިންޑިއާގައި އުޅެންޏާ އަދި އަވައްޓެރި ގައުމުތަކުގަ އުޅެެންޏާ." ޑރ. ޝާހް ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖޭގައި ކޮވިޑްގެެ ވޭރިއަންޓެއް އުޅޭތޯ ބެލުމަކީވެސް އާންމުންގެ ރައްކާތެރިކަމަށް މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޑރ. ޝާހް ވިދާޅުވީ، މި ފިޔަވަޅުތައް އަޅާފައި ވަނީ އެކަން އެނގިގެން ކަމަށާއި، ފިޔަވަޅުތަކަށް ހުރުމަތްތެެރިކޮށް ހިތުމަށް އިލްތިމާސްކުރަމުން އަންނަނީ އެހެންވެގެން ކަމަށެވެ. އަދި ކޮވިޑްގެ އާ ވައްތަރުތައް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޭރިއަންޓެއް އުޅޭތޯ ބެލުން މުހިންމު އެކެޑަމިކް ނުވަތަ ރިސާޗް ކޮމްޕޯނަންޓަކަށް. އެހެެން ނަމަވެސް ނަގާފަ މިހިރަ މެޝާސް އަކީ އެސިއުމިން ވޭރިއަންޓު އަންނާނެއޭ ވޭރިއަންޓު ރާއްޖޭގަވެސް އުޅޭނެއޭ." ޑރ. ޝާހް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަހަރެމެން އެންމެން މަރަންއުޅޭބައެއް މިއީ

    6
    1
  2. Ahmed

    ވެލްތް އޯވަރ ހެލްތް.

    1
    1
  3. ރައްޔިތުން

    ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން މަރަންތޯ ތިއުޅެނީ؟ އަމިއްލަ ޖީބަށް ވަންނަ ފައިސާ މަދުވާނެ ދެއްތޯ ފިޔަވަޅުތައް ނެގީމަ؟ ރައްޔިތުންގެ ހައްގުގައި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ދިވެހި ރާއްޖޭގެ ރައީސް އަށާއި މައިމޫނާ އަބޫބަކުރަށް ވެސް ގޮވާލަން

    1
    1