އިނގުރައިދޫ މެންބަރު އިބްރާހިމް ފަލާހް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މަޖިލިސް ރައީސް ވަކިކުރުމުގެ ޕެޓިޝަންގައި ސޮއި ކުރަން 32 މިލިއަން ރުފިޔާ އޭނާ އަށް ހުށަހެޅި ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ADS BY SHEESHA

"އަޅުގަނޑަށް ވެސް ވަރަށް ފަސޭހަ 32 މިލިޔަން ރުފިޔާއަށް ގަނޑެއްގައި ސޮއި ކޮށްލަން. އެހެންވީމަ އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތީ ލާރި ޕެޓިޝަނެކޭ ހުށަހަޅައިގެން އެ އުޅެނީ. ފައިސާ ދިނީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިފަކާއެއް ނޯންނާނެ" ފަލާހު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށައެޅުއްވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު އަންނަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުން ކަމަށް މަސައްކަތް ކުރަމުން ކަމަށްވެސް ފަލާހު ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން ފަލާހު ވަނީ ޤާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހް ބުނާ ގޮތުން 65 އަހަރުން މަތީގެ މީހަކަށް ރައީސް ކަމަށް ވާދަނުކުރެވޭނެ ގޮތައް އޮތް އޮތުން ގާސިމް އިބްރާހިމް އަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"2018 ވަނަ އަހަރު ގާސިމް އަކަށް ވެސް މައުމޫނަކަށް ވެސް ރައީސް ކަމަށް ވާދައެއް ނުކުރެވޭނެ." ފަލާހް ވިދާޅުވިއެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައަށް ތާއީދުކުރައްވާކަން ހާމަކުރަމުން ފަލާހު ވިދާޅުވީ ރައްޔިތުން އެ ދާއިރާތަކަށް މެމްބަރުން އިންތިހާބްކުރަނީ ފައިސާއަށް ވިކެން ނޫން ކަމަށެވެ. އަސި ބައެއް މެމްބަރުންގެ ސަބަބުން މިހާރު ވެސް މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ADS BY ASTERS

55 ކޮމެންޓް

 1. ދިން މިހުނާއި ލިބުނު މީހުން އެތިބީ ގޮސް މީނަޔަސްވެސް އެވަރަށްލާރި ގަނޑު ލިބުނު ނަމަ ދާނެ . ﷲ ގެ ކިބަފުޅަށްދޮގު ނުހަދަބަލަ!

 2. ދޮންހިޔަލަ

  މި ފަލާހު އަކީ މަ ހާދަ ފޫހިވާ މީހެކޭ! ވިކި ހުސްވެފަ ހުރި މީހެއް ހަމަ. މީނަ ދައްކާ ވާހަކަ އަހަރުން ޤަބޫލުކުރާނެ ވިއްޔަ. ދޮގުބެ.

 3. ތީވާނީ ބޮޑު ދޮގަކަށް. ތީ މީހަކު 32 މިލިޔަން ދީގެން ގެންނަވަރު މީހެއްނޫން. ބޮޑު އަނގައެއް. މީހުންނާ ދިމާއަށް ހުތުރުބަހުން މަލާމާތްކުރަން ދަންނަނީ. އެހެންކަމެއް ނެތް. ތީ ފެންނެތް ބޮޑު ކާއްޓެއް. ވަސްނުދުވާ ގިތެޔޮގުޅިއެއް. ކޮންމެ މީޙަކުވެސް ތިމާގެވަރުން އުޅުނިއްޔާ މާރަނގަޅުވާނެ. ދެދުވަހު ޓީވީއަށްއަރައި ތަންމިނަށް އަނގަ ފަތަރާސީކޮށް މީހުންނަށް މަލާމާތުން ފުރައްސާރަ ކުރިޔަސް އެއީ އަދި ނމީ ވަރުގަދަ ސިޔާސީ ލީޑަރެއްކަމުގައި އަހަރެމެން ނުދެކެން. ތިބާގެވަރުން ތިބާ ދުނިޔޭތގައި އުޅެން ދަސްކުރާށެވެ. މިއީ މަގޭ ނަޞޭޙަތެވެ.

 4. ތިދެން 32 މިލިއަން ހުށައަލަން ޖެހޭ ވަރުގެ މީހެއްތަ! ތި ކަލޭގެ ގަނެވޭނެ 500 ރުފިޔާގެ ނޫޓެއް ދިއްކިއްލިއަސް. މަމެން ވަރަށް ރަގަލަށް ތި ސޮރު ދަންނަން.

 5. ހަމަ އެންމެ 32 މިލިއަން. މަމެން ހައިރާނެއް ނުވޭ ތިހެން ވިދާޅު ވުމަކުންނެއް. ސަބަބަކީ 100 މިލިއަން ޑޮލަރ ލިބެނިއްޔޭ ބުނީމާވެސް މަމެން ބުނިން ރާއްޖޭގެ ބޮޑުބައެއް ތި ވާނީ ވިއްކާލާނީތާއޭ. މަމެން އުފާކުރީސްމުން އިޒްރޭލަށް މި ގައުމުން ބައެއް ވިއްކާލިނަމަ. މިހާރު ދުނިޔޭގެ ސްޕަރ ޕަވަރ އަކީ އެވެރިން ކަމަށްވާތީ.

 6. މީނަޔަށް ދަޢުވާކުރުން މުޙިންމު. ރިޝްވަތުދިންކަމަށް އެއްބަސްވީ ރިޝްވަތު ހުށައެޅިތާ އެތަށް ދުވަހެއްގެފަހުން ބޭނުންވާ އަދަދަށް ފައިސާ ނުދިނުމުންކަމަށް ބެލެވޭ.

 7. މުހައްމަދު

  ގާސިމް އިބްރާހިމަށް ދަންނަވާލަ ދެއްވަ ބައްލަވަ... މަނިކުފާނުންގެ ރިސޯޓެއް ކަމުގައިވާ ސަން އައިލެނޑް ރިސޯޓް އެންޑް ސްޕާ ގަ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާއި އެލަވަސް (ސާވިސް ޗާޖު) ދެއްވާށޭ.

  އޭރުން އެބޭފުޅުންވެސް މަނިކުފާނަށްޓަކައި ކަމެއް ކޮށްދެއްވަފާނޭ
  އަދި ދަންނަވާލާ މަނިކުފާނާއި މެދު އެންމެ ދެރަކޮށް ކަންކަން ކުރަނީ މަނިކުފާނުންގެ އަރިހުގައި އުޅުއްވާ ބޭފުޅުންނޭ
  ޝުކުރިއްޔާ. މިކޮމެންޓް ޖަހާލަ ދޭނެކަމަށް އުންމީދުކުރަން

 8. ސުލައިމާނު

  ހާދަ މީހުންކޮޅު މަދުވެއްޖެޔޭދޯ. ހުދުކާފޫރުތޯ؟؟؟؟؟؟

 9. އޮޅުވާލާފަ ތިބުނީ އެޔައްވުރެ ގިނައިން ދީގެނޭ ތިމަންނަ ދާނީ ! ދޯންޏެއް ބަންނަންވީނު ؟

 10. ހާދަ ފަހަކުންނޭ ދޯ ކަލޯއަށް އެކަން ތި ހަންދާންވީ. ތީތެދެއްނަމަ ތިވާހަކަ ނުކިޔާ ތިހާ ލަހެއް ނުކުރާނެ

 11. ދޮގު ހުސް ދޮގޮ ކަލޭހުރެދާނެދޯ ލާރިފެނުނީމަ

 12. ފަލާހަކީ އަމިއްލައަށް މަޝްހޫރުވާން އުޅޭ މެންމބަރެއް ވަރަށް ދޮގުހަދާނެ މިފަހަރުވެސް ތީ ހަމަ ކަނޑައެޅިގެން ދޮގެއް

 13. ގާސިމްބެ އަތުގަ ހާދަރުފިޔާްއެއް

 14. ބުއްދި ގަބޫލް ކުރާ ވަރުގެ އަދަދެއް ބުނި ނަމަ ގަބޫލް ކުރެވުނީސް، ރުފިޔާއާހެދި މޮޔަވިޔަސް ބޮޑު ވަރު.. ތި އިބާރާތް ކޮޅު މީޑިއާއަށް ދުލުން ބޭރުކޮށް ލުމަށް ކިހާވަރެއް ދިންތޯ؟ ހެހެހެހެ ފަލާހް

 15. ކޮމިސަން އަށް މަނިކުފާނު ރިޕޯޓް ނުކުރެއްވީ ކީއްވެތޯ މަނިކުފާނު މެންގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ....

 16. ޙަމަޖެހޭ ވާހަކަ ދައްކާ މީހެއް ނޫން ތިއީ ..... މާ މަސްހޫރު ވާން ވެގެން ދައްކާ ވާހަކަ......،

  • މީނަ މިހާ ލަސްކޮށްފަ ކީއްވެ މިވާހަކަ ބުނީ! ވަގުތހުން ކީއްވެ ނުބުނީ ސުވާލު އުފެދޭ ވަރަށް ޝައްކު ކުރެވޭ!

 17. ދޮގެއް ކަމަށް ހީވަނީ

 18. އާނ.....ފަލާޙުހަދާނީ ދޮގު. ކަލޭމެންގެ އިދިކޮޅު މަސްހުނިގަނޑުން ހަދާނީ ތެދު.....!!!

  • މުޙައްމަދު

   އެހެންތަ! އެހެންވީމަ ޕިންކީން އެއަށްވުރެ ޓްރާންސްފަރ ބޮޑުކޮށްލީދޯ!!! ޓީވީ އިން ވާހަކަދައްކާއިރުވެސް ހީވަނީ ފުންމަފުންމައިގެން ހިނގައިދާނެހެން.

 19. އަރީފް މަތިވެރި

  ހަމަހުވާ ކޮށްފަމިބުނީ ފަލާހުައަށް 32 މިލިއަން ރުފިޔާ ދީފިއްޔާ ސޮއި ކުރާނެ

 20. މަސީހު ވަކިކުރަން ސޮއި ކުރިން ކަމަށް މަމެންގެ ވަރަށް އިތުބާރު ކުރެވޭ ބްލެސިންގް ހުންނަ އެމްޕީ އެއް ބުނުމުން ދެން މަމެން އެކަމާއި ވަރަށް ދެރަވެއްޖައިމޭ މަމެން ވަރަށް ރެސްޕެކްޓް ކުރާ ބަޔެކޭ ރެލިޖަސް އޮރިއެންޓެޑް މީހުންނަކީ އެކަމަކު އެމީހުންނަކީ ވެސް ފައިސާ ފެނުމުން ދެން ރިޝްވަތުގެ އަވައިގައި ޖެހިގެން ދާނޭ ބަޔެއް ކަން މިއަދު އެގިގެން މިދަނީ ނޫންތޭ. އޮން ދަ ފަސްޓް ޕޭޖް އޮފް އަވަރ ސްޓޯރީ ދަ ފިއުޗަރ ސީމްޑް ސޯ ބްރައިޓް. ދެން ދިސް ތިންގް ޓާރންޑް އައުޓް ސޯ އީވްލް، އައި ޑޯންނޯ ވައި އައި އޭމް ސްޓިލް ސަޕްރައިޒްޑް. މަމެންގެ އަޑުގައި އަބަދު ގިސްލެވޭ ގޮތް މިއަދު މިވަނީ އެއީ މަމެން ހޮވި އެމްޕީން މަމެންނަށް ހަރާކް ކޯރުވެ ބަތާހަރާމީންނަށް ވީމަ ނޫންތޭ. ބަތާހަރާމީންނަށް ވީމަ ނޫންތޭ ބަތާހަރާމީންނަށް ވީމަ ނޫންތޭ. އެކަން އަވަހަށް އެހެން ނުވެ ވާނެ އުސޫލުން ސްޕްރީމް ކޯޓުގެ 144 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހުރިހާ އެމްޕީން ސައިޒުން ކަނޑާ އެމެންގެ ލެވެލް އަށް އެމެން ތިރިކުރާށޭ ތިރިކުރާށޭ. އިޓްސްް ސިކް ދެޓް ދިސް ކޮރަޕްޓް އެމްޕީސް ކީޕް މީ އެނޯއިޑް އެން ފްރަސްޓްރޭޓެޑް. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮޗް ދަވޭ ޔޫ ޑޫއިޓް. ދެޓެސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ ޔޫ ޑޫ އިޓް. ލަވް ދަވޭ ޔޫ ޑޫ އިޓް. ލަވް ދަވޭ ޔޫ ޑޫ އިޓް. ލަވް ދަވޭ ޔޫ ޑޫ އިޓް..

 21. ފަލާޙް ﷲ ގަންދީ ތިޔަ ވާހަކަ ބުނެބަލަ.ތިޔަވަރުގެ ޢަދަދެއް ދީގެން އަބުރާ ނުލެވޭނެ މީހަކު ނެތް.ތިޔަވަރުގެ ދީންވެރިންނެއް ނެތް.

 22. ކަލޯގަޔާ ތީ ކުރިން ވެސް އިސްޕިރިންގ ކޯރޓުން ނިންމާފައިވަަ މައްސަލައެކެވެ. ދެން އިރުއިރު ކޮޅުން އިސްޕިރިންގ އަށް ދެމިއަކަސް ކަމަކުނުދާނެއެވެ. ޢެންމެފަހުން އިސްޕިރިނަްގ ކަނޑަެިގެން ދާނެއެވެ.

 23. ވާވާ. އާވައްތަރެއްގެ ޓްރާންފަރ ވިންޑޯ އެއް.

 24. ގުނބޯ ފާތުމާ

  އިންސާނުންގެ ބުއްދި ގަބޫލް ކުރާވަރުގެ ވާހަކަ ފޮނިކަނޑަންވިޔަސް ދައްކަންވާނީ، ބަލަގަ ފަލާހޫ ތީ 1 އެންމެ މީހެއް އެހެންވީމާ ކަލޭހޯދަން ކާކު 32 މިލިޔަން ދޭނީ! ބަނޑުގައި އޮންނަ ދަރިވެސް ގަބޫލެއް ނުކުރާނެ ތި ދައްކާ ވާހަކައެއް. ކަލޭމެން ވިކޭނެ 32 ރުފިޔާ ދިނަސް. ރުފިޔާ އަދި ރީތި އަންހެންކުދިން ދޭނަމަ ކަލޭމެން ތިބޭނީ އެބަޔަކާއިެކީގައި.

 25. ފަލާހު ތީ ބަތަލެއް

 26. ފަލާހުއަށް އެވަރު ހުށަނޭޅީދޯ އަސްލު ފަލާހް ބޭނުންވާވަރު ތިހާމަކުރީ!

 27. ޢަމާ ބުނެގެންތޯ ސޮއެ ނުކުރަމޭ ބުނީ

 28. އަންނޯން ސޯސް

  ޚަބަރުތަކުން އެގޭގޮތުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރުގެ އަގަކީ 20 މިލިޔަން ރުފިޔާކަމަށް. ފުރަތަމަ ސޮއިކުރިތަނުން 5 މިލޔަން. މަސީޙުބޭރުރަން ވޯޓް ދިނުމުން 10 މިލިއަން. އެއިގެ ފަހުން ރައީސު އިމްޕީޗް ކުުމަށް ވޯޓް ދިނުމުން ބާކީ 5 މިލިއަން.

 29. ތިވާނީ 32 މިލިޢަން ބޮލިކަމައް

 30. އައުޓް ކޮއްލަން 32 މިލިއަން ވީމަ ސަޅި.

 31. ކޮބައި މިނިވައްމުއައްސިސާތައް؟؟މިހިރީ މެންބަރުންގެ އިހްލާސްތެރިކަން ލާރިގޯނި މިބައި މިހުންހައްޔަރުކުރޭ؟؟

 32. ރައްޔިތު މީހާ

  ފަލާހު ތިހިރީ އަހަރެމެން ރައްޔިތުން ކޮޅުގަ. ޝުކުރިއްޔާ! ސެލިޔުޓް ކުރަން ފަލާހް.

 33. ފަލާހް ކަންތަށް ކުޅަ ގޮތާއި ފަލާހްގެ ޢަމަލްތަށް ދެކެދެނެވޮޑިގެންވާ މާﷲ ތިޔަކަން މޮޅަށް ދެކެ ދެނެވޮޑިގެންވޭ ފަލާޙް ތިޔަ ހެއްދެވީ ތެދެއް ކަމަށް ވަންޏާ ފަލާޙްއަށް ސެލިއުޓް ކުރަން މާﷲ ނަހީކުރެއްވި ކަމަކުން ކަމަކުން ދުރުވެވުނީތީ އަދި ދަންނަވާލަން އޮތީ ފަލާޙް ހޮވާފައިވާ ދާއިރާގެ މީހުން ފަލާހް ހޮވާފައިހުރީ އެމީހުންނަށް ދިމާވާ ދަތި އުނދަގޫތަށް ސަރުކާރު މެދުވެރިކޮށް ފިލުވައި ދިނުމަށާއި، ރައްޔިތުންނާއި ސަރުކާރަށް މާތްﷲ އަށް އުރެދުމެށް ނުވާ ކޮންމެ ކަމެށްގައި އިޙްލާސްތެރި ވުމަށެވެ. މީހެއް ވެޖެއްޔާ ގޮތެއް ހުންނަން ޖެހޭނެ ފައިސާއަކީ ހުސްވާނެ އެއްޗެއް އެކަމަކު ގައިގައި ޖެހިއްޖެ ލައްގަނޑެއް ފަސޭހައިން ނުފިލާނެ ނިހާންގެ ނިންމުމާއި ފަލާޙްގެ ނިންމުމަށް ވ ހިތްވަރުދެން ގައުމަށާއި، ރައްޔިތުންނަށް ވަފާރެތި އިޙްލާސްތެރި ދިވެހި ދަރިންނަކީ އަހަރެމެންގެ ކާބަފައިންވެސް ދައްކުވައިދީފައިވާ ނަމުނާ އަކީވެސް އެއީ

  • އެމްއެމްޕީ އާރސީ ގެ ޙިއްސާދާރުން ތިބެގެން ރިޝްވަތުގައި ނުހިފާވަަާހަކަ 32 މިލިޔަން ގެ ވަާހަކަދެއްކުމުން ހިނި އާދޭ. ކުރަފި ވަސް ދުވަނީ.

 34. ސުލައިމާނު

  32 މިލިޔަން ރުފިޔާ ނަގައިގެން ވިޕްލައިނާ ޚިލާފަށް ވޯޓުދިނުމުން ގޮނޑި ގެއްލުނީމާ އަލުން އެގޮނޑިއަށް ކުރިމަތިލާ އިންތިޚާބު ކާމިޔާބު ކުރުމަށް 4 ނުވަތަ 5 މިލިޔަން ރުފިޔާ ކެމްޕޭނަށް ޚަރަދުކޮށް އަދި އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަމާއެކު ގޮނޑި ކާމިޔާބު ކުރުމުގެ ފުރުޞަތު އޮތުމުން، ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިން މިކަމަށް ޙައްލެއް ގެނެވިދާނެތޯ؟ ނުގެނެވޭނެ. މިއަށްވުރެ ރަނގަޅުވާނެ އާދަޔާ ޚިލާފު މުއްސަނދިކަމެއް ލިބުނުގޮތް ބެލޭނެ ޤާނޫނެއް މަޖިލީހުން ފާސްކޮށް އެއަށް ޢަމަލުކުރަން ފެށުން. ރައީސް ބޭނުންފުޅުވުމުން ޤާނޫނު އަސާސީއަށްވެސް ވަނީ ބަދަލުގެނެސްފަ. އެހެންވީމާ މިފަދަ ޤާނޫނެއްވެސް ހެދޭނެ.

 35. ޢަހުމަދު ޝަފީއު

  ގަލާހު އެހެދީ ދޮގެއް

 36. ނެޝަނަލިސްޓް

  ފަލާހް ހަދަނީ ދޮގުހެން ހީވަނީ!

 37. ކޮބާ މީގެ އިތުރުން ދޭންބުނި ދެ ދަމާގާދިޔާ އަދި އިޓަލީން އަތްބެއް....

 38. ކެޑިގެންދިޔަބައެއްމީހުންލަހެއްނުވެގުޅޭކަމައް ނިހާއެބަބުނޭ އެއީ ކިހާވަރެއްދީގެންތޯގުޅެނީ ތިބުނާ ގޮތުންވިއްޔާ ހިލެޔަކު ނުގުޅޭނެ ތިބުނަނީ ދިޔައީ ފައިސާއައްށޭ އެހެންވެއްޖެއްޔާ ގުޅޭނީވެސް ފައިސާޔައްދޯ

 39. ކާކު ކަލެއައް ފައިސާ ދޭނި .ބުނެވިދާނެ ކޮންމެ ވަރެއްވސް.

 40. ފަލާހުގެ މުޅިހަޔާތުގައި ހެދުނު އެންމެ ބޮޑުދޮގު ތިހެދުނީ ، 32 މިލިއަން ދުލަށް އައިވަރު ދޯ ތިބޭރުކޮއްލީ

 41. އަދިވިސް ދޮގޭތިހަދަނީ ކޮންއިރަކުމް އިސަލާހުވާނީ 32މިލިޔަންނަމަފުންމައިގެންދާނެ ތަންމަތިބަދެގެން ރަށުންއައި މީހެއްތީ

 42. މަކުނުބިސް

  ކާކުދެން ފަލާހަށް 32 މިލިއަން ރުފިޔާ ހުށައަޅާނީ، ފަލާހު ހީކުރާހާ މުހިއްމު މީހެއް ނޫން ތީ.

  • އިނގުރައިދޫ ސާމިރު

   ފަލާހް ކަލޭ ﷲ އަށް ބިރުވެތިވެބަލަ! ކަލޭ ފުރަތަމަ ކަލޭގެ އަތޮޅަށް އިހުލާސްތެރިވެބަލަ!

 43. ލައްބަ އަޅުގަނޑު ގާތު ޕީ ޕީ އެމްގެ އެހެން މެމްބަރަކު ވިދާޅުވި ތިމަންނައަށްވެސް 5 މިލިއަން އޮފަރ ކުރިއޭ. ތިމަން ބުނީމޭ ތިމަންކުރާ ކަމެއް ކުރާނީ ފައިސާއަކަށް ނޫނޭ . ރައްޔިތުންގެ ހައްޤުގައޭ.

 44. ތިކުޅެންއުޅޭ ގޭމް އެބަ އެނގޭ، އިއްޔެ ނުދައްކާ ވާހަކައެއް މިއަދު ތިފެށީ. އަންނީ ހިނި

 45. ފަލީހަތް ފަލާހު

  ބުނެބަލަ ކަލެއަށް ލާރި ހުށައެޅި މީހުން.

 46. ލަޔާން / މަޑުއްވަރީ

  ސުބުޙާނަﷲ! މުޙައްމާމެންކަހަލަ ސަޢުދުﷲމެން ކަހަލަ ލަޠީފްމެން ކަހަލަ ލާރިޔަށް ބޫތުކައި ގޮތެއް ނެތިފަ ތިބި މީހުން ދެން ދަހިލަވާނޭވަރު ހީކޮށްލާ! މައުމޫނު ކަހަލަ ، ޝައިޚްންތައްކަހަލަ މީހުން މިފެންވަރަށް ވެއޓުނީމާ ޢިލްމުވެރިންނޭ މިކޔާ މީހުންގެ ބައިގަނޑުގެ އަގެއް ކޮބައިހެއްޔެވެ؟ ޙައްޤަށް ގޮވަލަމުން ތިާމާމެން ނުޙައްޤު މަގުގައި ! ސާބަސް އަދާލަތުގެ ސޭޚުންނަށް! މާތްﷲ ތިޔަބައިމީހުން ބޭޒާރުކުރައްވާ ފަޟީޙަތްކުރައްވާންދޭވެ! އާމީން

 47. އިންނީ. ޤައުމު ހަލާކު. މީހުން ހަލާކު. ދެދުނިޔޭން ޤާސިމްބެ ހަލާކު؟

 48. ކަޑައްއެރޭށޭ އެވަރުދޭނަމޭބުނިނަމަ ތި ފަލާހްއެރޭނެ ތީކާކު ތީ 0 މެކޭ އެއީތޯ އެގޭއަދަދަކީ

 49. ކަޑައްއެރޭށޭ އެވަރުދޭނަމޭބުނިނަމަ ތި ފަލާހްއެރޭނެ ތީކާކު ތީ 0 މެކޭ

 50. ކޮރަޕްޝަން!

 51. އައިމިނަތު

  ތިއީ ތެދެއްނަމަ ސޮއި ކޮށްފަ ހުންނާނީ، ތިހާ ތެދުވެރިޔަކު ނޫޅޭނެ، ހަމަ ހުސް ފޮނި