ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާއި އެއްގޮތަށް ގގދ. ގައްދޫ ރައްޔިތުންނަށް ދޭން ވިދާޅުވެފައިވާ އެއަތޮޅު ގަން، އެގްރޯ ކުންފުންޏަށް ދިނުމާއި ގުޅިގެން އެރަށުގެ ހުރިހާ ލީޑަރުން އެކަމާއި ނުރުހުން ފާޅުކޮށްފިއެވެ.

އެގޮތުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން އެއަތޮޅު ކައުންސިލްގެ އިންތިހާބީ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ކަންތައް ވަމުން އަންނަ ގޮތާއި ދެކޮޅަަށް އަޑު އުފުލާފައެވެ.

އެކަމާއި ގުޅިގެން ރައްޔާން ވިދާޅުވީ، ސަރުކާރުން ވައުދާއި ހުވާ ކުރާނެ ކަމަށާއި އެހެން ނަމަވެސް އެކަންކަން ހަނދާން ނެތޭނެ ކަމަށެވެ. އެހެން ނަަމަވެސް އެއީ މާފު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ރައްޔާން ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޒާހިރު ވިދާޅުވީ، ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި، ސަރުކާރުން ކުންފުނި ހަދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށަ އަރައިގަތުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން އެމީހުން ކުރާ މަސައްކަތްތެރެއަށް ވަދެގެން އެމަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. އަދި ގައްދޫ ދާއިރާގެ އިހުތިސާސް ތެރޭގައި ހިމެނޭ ގަން، އެގްރޯކުންފުންޏަށް އެގޮތަށް ދިނުމަކީ ގައްދޫ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭކަމެއް ނޫން. ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، އެއީ ފޭރުމެއް ކަމަށާއި އަދި އެގޮތަށް އެގްރޯ ކުންފުޏަށް ގަން ދިނުމަކީ ރައްޔިތުންވެސް ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ގަން، ގައްދޫ ރައްޔިތުންނަށް ރަށްދު ކޮށްދިނުމަށް ގޮވާލައި ނިމިދިޔަ އިންތިހާބުގައި 60% އަގްލަބިއްޔަތުން ގޮނޑި ކާމިޔާބު ކުރެއްވި ފައިހަތު ވިދާޅުވީ، މުޅި ގައްދޫ ރައްޔިތުން ވެސް އެދެނީ އެތަން ރައްޔިތުންނަށް ހޯދައި ދިނުން ކަމަށާއި އެތަނުން ލިބޭ އާމްދަނީ ވާން ޖެހޭނީ ގައްދޫ ކައުންސިލަށް ލިބޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އެހެން ކުންފުންޏަކަށް ދިނުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ. ގައްދޫ ކައިރީގައި އޮއްނަ ގދ. ގަމަކީ ގައްދޫ ރައްޔިތުން އެކި ބޭނުންތަކަށް ބޭނުންކުރަމުން އައްނަ ރަށަކަށް ވާތީ އެ ރަށް ގައްދޫގެ ރައްޔިތުންނަށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވައުދުވެފައިވަނީ 2018 ވަނަ އަހަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞާބީ

    ޥަގު ކިނބޫ

    19
    1
  2. އި ބޫ

    ތި ބޭފުޅުން ގެ އި ހުސާސްތައް ގާ ތުން ބަލަމުންދަނީ@

    16
    1
  3. ދިރާސާ

    އެހެން ވިއްޔާ ރ. މަޖްލިސް ގައި ގައްދޫ ދާއިރާ ގައި ހިމެނޭ ވާދޫ ކައިރީގައި އޮންނަ ވަޓަވައްރެހާ ވެސް ޖާބިރު އަތުން ނަގަންޖެހޭނެ. ވަޓަވެއްރެހާ އަކީ ވޭތުވެދިޔަ 100 ވަރަކަށް އަހަރުވެސް ވާދޫ ނުފޫޒު ގަދަ ކަމުވޮށިވެގެންވާ ފަރާތްތައް ވަރުވާ އަށް ލިޔެގެން އުޅުނު ރަށެއް. ޢެކަމުގެ ސަބަބުން ވާދޫ ރައްޔިތުންނަށް ވަރަށް ފައިދާ ކުރި. މިހާރު އެރަށް މެންބަރު ޖާބިރަށް ރިސޯޓު ހަދަން ދިންތާ 15 ވަރަކަށް އަހަރު ވެއްޖެ. ރަށް ނުނިމި ރިސޯޓް ނުހުޅުވި ޖޫރިމާނާ 100 މިލިއަނަށްވުރެ މައްޗައް ގޮއްސި . ވީމާ ގަން ގައްދޫ ރައްޔިތުންނަށް ދޭނަމަ ވަޓަވައްރެހާ ވާދޫ ރައްޔިތުންނަށް ދޭންޖެހޭނެ. ޙަމަ އެކަނި ގައްދޫ ރައްޔިތުން ގެ ހައްގުގެ ވާހަކައެއްނޫން ދައްކަންވީކީ.

  4. ޑަބިޔާ

    ބޮޑާ ހާކާ ހަޅޭލެވުމަކުން ތިކަމެއް ނުވާނެ އޭރުން ޖެހޭނެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފަޅުރަށެއް ދޭން! ގައްދޫ މީހުން މޮޔަ ނުގޮވާ! މައިތިރިވޭ!

    2
    3