ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ފަނޑިޔާރު ޢަލީ ހަމީދުގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި ދައުވާ ސާބިތުވެ ހުކުމުގެ މުއްދަތާއި ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ހުކުމް އިއްވުމުުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ ތިން ބޭފުޅުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިބަސްތަކާއި ބަޔާންތަކަށް ބާލާއިރު އެ ބޭފުޅުންގެ ފޯނުތަކުގައި ތަހުގީގަށް ބޭނުންވާ ހެކި ހުންނާނެ ކަމަށް ބުރަވެވޭ ކަމަށެވެ. އަދި އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށް ފަހު ހުކުމުގެ މުއްދަތާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވިދާޅުވީ އެ ބޭފުޅުންގެ މައްޗަށް އެންމެ އެކަށީގެން ވަނީ އެންމެ ދިގު މުައްދަތު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރުމަށް ކަމަށެވެ.

ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމުގެ މުއްދަތާާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ބޭނުންފުޅު ވަނީ ގާނޫނީ ވަކީލަކާއެކު ކުރިއަށް ގެންދަވަން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފަކުން ނޫން ކަަމަށާއި ޝަރީއަތާއި ގާނޫނާއި ހިލާފަަށް ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން އަށް ފުރުސަތު ދެއްވުމުން އެމަނިކުފާނު ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންގޮސްފައިި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތާއި ހިލާފަށް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތައް ބަލާއިރު އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތު ވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ބޭ އިންސާފުން ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދައްކަވައި މައުމޫން ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

އޭގެ ކުރިން އޮތް ހުލާސާ ބަޔާން އިއްވުމުގެ މަޖިލީހުގައި މައުމޫން ވިދާޅުވީ ސިއްރު ހެކިި ނެގުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭއިރު ދީނާއި ހިލާފު ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނަކީ އެއްވެސް އިރެއްގައި ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވިދާޅުވެ ދައުވާއަށް ފުރިހަމަށް އިންކާރު ކުރައްވާކަން މިއަދުވެސް ތަކުރާރު ކުރެއްވެވިއެވެ.

މައުމޫން އާއި ދެފަނޑިޔާރުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު ހުކުމުގައި ވަނީ އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    މޮޔަވޭ.

  2. ސައްބަ

    ކިހާ ދެރަކަމެއް؟ ތަހުގީގަށް ބޭފުޅާގެ ފޯން ނުދިނީ ކީއްވެ؟ ބަލަ ދެންވެސް ތިބީ ދެލޮލާއި ސިކުނޑިއާއި ހިތް ދެއްވާފައި ތިބި މީހުން. އެއް އިރެއްގަި ރަށްޔިތުން ތަކެއް ހައްލާލައިގެން ކަޑަ ޖަހައިގެން އުޅުނީ މީ ބޭފުޅާ އަށްވުރެން ކަންކަމާ މެދުގައި ވިސްނައި ގޮތް ނިންމުމުގެ ގާބިލްކަން ހުރި ޒުވާނުން ގިނަ ޒަމާނެއް މިރާއްޖޭގައި.

  3. 3ނިރު

    ޖަލުގަހުރި އެކަކުވެސް ކުށެއް ގަބޫލެއް ނުކުރާނެ މައުމޫން ނޫނަކަސް

  4. ސިނެކް

    އީދު ހަދިޔާ ލިބުނުކަމަށް ގަބޫލުކުރައްވަން ތޯ

  5. ާއަހަރެން

    ހަރާމް ބަޣާވާތެއް ދަރިފުޅާއި ގުޅިގެން ކުރެވުނުކަމަށް ގަބޫލުކުރަންތަ.

  6. ނޫމަރާމޯޑް

    ނަސްރީން ފޯނުތޯ މަނިކުފާން ގެންގުޅުއްވަނީ ؟

  7. މާމޫނު

    31 އަހަރު ވަންދެން ރައްޔިތުންނަށް ދިން އަނިޔާ ހަނދާން ނެތުނީދޯ ؟

  8. ހަމިދު

    މައުމޫނު ގަބުލުކުރާނެތަ އޭނަގެ ވެރިކަމުގަ ބަޔަކު ނެތި ކުރިކަމަށް ނުކުރާނެ ނުވެސް އެނގޭނެ.ޖާހިލުންގެ ފާދުޑު

  9. ތައްޚާން

    އެއްވެސްމީހަކު ކުށެއްކޮށްފަ އެމީހާއަމިއްލައަށްތިމަން މިވެނިކުށެއްކޮށްފީމުއަދި ސާބިތުވީކަމުގަ ބުނާނަމަ ޝަރީއަތެއްކުރާކައް އަދިކޯޓެއްހުންނާކައްނުޖެހުނީސް.

  10. ރަންކަމަނަ

    ތިޔަކަން އެންމެ ރަނގަޅީ އެގިވަޑައިގަންނަވާނީވެސް ހަމަ މަނިކުފާނަށް

  11. ޙަފްޞާ / މާލެ

    ފުލުހުން ފޯނުދޭން އެންގީމާ ދިނީންތޯ؟ ޖަވާބަކީ "އާނއެކޭ" ކަމުގައި ވާނަމަ މަނިކުފާނު ކުށެއް ނުކުރައްވަމުއެވެ. ޖަވާބަކި "ނޫން" ކަމުގައިވާނަމަ މަނިކުފާނު ކުށް ކޮށްފިއެވެ.

  12. ނުރަބޯ

    ކުށްކޮށްފައި ކުށް ގަބޫލުކޮށް އެއީ ވަރަށް ބޮޑުކުށެއްކަމާ އެކުށަށް އަންނަންޖެހޭނީވެސް ދިގުމުއްދަތެއްގެ ޙުކުމެއްކަން އަމިއްލައަށް އިޢުލާނު ކުރިމީހާވެސް ހުކުމް އައުމުން މައިބަދަ ހަލާކުވާ ބަހަނާ ދައްކާފަ އެއުޅެނީ ފިލައިގެން. ދެން އަދި މައުމޫނުބެއަށް ކުށްގަބޫލު ކުރެވޭނެތޯ؟

  13. Anonymous

    ޖަލުގަ ހުރެވޭކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ މީނަ ލާންވީ ގުރައިދޫ މޮޔައިންގެ މަރުކަޒަށް

  14. އަޙްމަދް

    ގަބޫލު ނުކޮށް ޖަލުގައި އޮވޭ! ވަރިހަމަ.
    ތީ މިހާރު ޖަލުގެ ޒަޢީމު ޖަލުތަރައްގީ ކުރޭ! ހެހޭ:

  15. އަޙްމަދް

    ބޮޑާކަމާއި ކިބުރުވެރި ކަމުގައި ގުރްއާން ތަރުޖަމާއަކީ ހުއްޖަތެއްނޫކަމުގައި ބުނެ އެގޮތުގައި ޢިއުތިގާދު ކުރާމީހަކު ގަބޫލު ކުރާނެ ދެވަނަ އެހެން ކަމެއް ވާނެބާ!؟

  16. ސަލީމު

    މޑޕ މީހުން ގެބަހުރުވަމީ

  17. ހައިހޫނު

    މައުމޫނުބެ ތިޔަހެން ބުނިއްޔާ ޖަލުގަވެސް ތިބީ ކުށެއްކުރިކަމަށްގަބޫލު ނުކުރެވޭމީހުންތާ މުސްކުޅިވެ ގައިގާ ބާރުނެތް ދުވަހު ޖަލުގައި ހުންނަން ޖެހުމަކީ ކިހާ ދެރަކަމެއް ބޭބޭ. ދެންވެސް ކައްވަޅަށް ދެވެންދެން ތެދުވެރިކަމާއެކު ހުންނެވުމަށް މައުމޫނަށް އާދޭހާ އެކު ދަންނަވަން.

  18. ދީދީ

    ކޮން ކުއްވެރިޔެއްތޯ އެމީހާ ކުށެއްކުރިކަން ޤަބޫލުކުރީ، އެހެންވެތާ ތަޙުޤީޤުކޮށް ޝަރީޔަތް ކުރަން ޖެހެނީ، ޝަރީޢަތްކޮށް އަންނަ ހުކުމް ޖެހޭނީ ޤަބޫލުކުރަން

  19. ޢަފްލާ

    މައުމޫންގެ ވެރިކަމުގަ ނަޝީދަށް ހުކުމް ކުރީ ރަނގަޅަށް އެވެސް ވެލާނާގެ ތަޅުދަނޑި ވަގަށް ނަގަެިގެން