މި އަހަރުގެ އޭލެވެލް އިމްތިހާނުގެ ފިޒިކްސް ޔުނިޓް-1 ވަނަ ޕޭޕަރު ލީކްވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރިޔަށް ދިޔަ ޕިޒިކްސް ޔުނިޓް-1 ވަނަ ޕޭޕަރުގެ ކޮޕީއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެނގިފައިވާ ގޮތުން އެ ޕޭޕަރު ލީކްވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އިމްތިހާނު އޮތީ މިއަދު މެންދުރުފަހު 2:00 ގައެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މުހައްމަދު އިހްސާން "ވަގުތު" އަށް ވިދާޅުވީ އެފަދަ އަޑުތަކެއް ފެތުރިފައިވާ ކަމަށާއި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އިހްސާން ވަނީ އެ ޕޭޕަރު ލީކްވީ ރާއްޖެއިން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ރާއްޖޭގައި ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރެއްވިއެވެ.

"ޕޭޕަރު ލީކުވެގެން އުޅޭ ވާހަކަ އެކި ސްކޫލްތަކުން ދައްކަމުން އެބަދޭ. އެއަޑުތައް މިނިސްޓްރީއަށްވެސް ވަނީ އިވިފައި. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައް މިހާރު މިދަނީ ބަލަމުން. ޕޭޕަރު ލީކްވީ ރާއްޖެއަކުން ނޫން. އެޔަގީންކަން އަޅުގަނޑުގެ އެބައޮތް." އިހްސާން ވިދާޅުވިއެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

މިިއަހަރުގެ މެއި، ޖޫންގައި އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ބައެއް ގައުމުތަކުގައި އެ އިމްތިހާނު ބޭއްވުމުގެ ހުއްދަ އެޑެކްސެލްއިން ވަނީ ދީފައެވެ. އެގޮތުން އެޑެކްސެލް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު، ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވަނީ މާޗް މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރުމަށް އެޑެކްސެލް އިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. 👹

  ބުރޯ ޕޭޕަރު ހެދީ މިއަދު މެންދުރު 1:30 ގަ އޭ

  25
  1
 2. ޝައިޙް ޒުބެއިރު

  ކެމިސްޓަރީވެސް ލީކްވެއްޖެ.. އަދި ބައެއްކުދިން ހިސާބު އެމް1 ޕޭޕަރު ހަދަމުން އެބަދާކަމަށް ވެސް އެބަ ކިޔާ.. މިއީ ވ ދެރަ ކަމެއް.

  25
 3. އޭނާ

  ހުރިހާ އެއްޗެއް ލީކު ވެއްޖެ. ކުރާނެ ކަމެއްނެތް އަހަރުންނަށް ހުރި ގޮތް

  17
  1
 4. މުހައްމާ

  ޕޭޕަރު ލީކު ކުރީ ޑީޕީއިން. ރަށްރަށުގެ ސްކޫލްތަކަށް ފޮނުވަން ޖެހޭ ޕޭޕާރތައް މެއިލް ކުރީ. މެއިލްކުރީމަ މިއޮތީ މިހެންވެފަ. ޑީޕީއީގަ ތިބިމީހުން އިސްތިއުފާ. މުޅި އޭލެވެލް އެގްޒާމް ހަލާކު ކޮއްފި

  33
  2
  • ހުސޭނުބޭ

   ޝަކީބުބޭ މަތިން ހަދާންވަނީ! މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ފޮޅާލި ވެރިއަކީ އެއީ. ވަރަށް ހަރުދަނާ ވަރަށް ރަގަޅުވެރިއެއް އޭރު ޑިޕީއީގައި ހުރީ. އޭރުވެސް ހިތަށް އެރި ތިކަހަލަ ތަނެއްގައި މިފަދަ ވެރިން ނެތީމާ އޭގެ ގެއްލުން ދައްކާނީ ކޮން ދުވަހަކުން ބާވައޭ!

  • Anonymous

   ކަންކަން ހިނގާ ގޮތް ނޭނގެންޔާ އަނގަމަޑުންލައިގެން ހުރީމަ ތިބޭފުޅާގެ ފާފަވެސް ކުޑަވެދާނެ ތޯއްޗެ... މީ ރޯދަމަސް ވިއްޔާ

 5. މަ

  ލޮލް ހުރިހާ ޕޭޕަރެއް އެބޮތް😭😭😭😭

 6. ޙުސޭނު

  މެއިލް ކުރިކަމަށް ވާނަމަ އެއްވެސް އިތުބާރެއް ނެތް.. ވަރަށްވެސް ސުމެއްގެ ކަމެއް ތި ކުރީ.. ހަމަ ސީދާ އަތައް ގޮވާވަރު ކަމެއް ތި ކުރެވުނީ..

 7. 🤺

  ހުރިޙާ ޕޭޕަރެއް ލީކް. ޢެވަރުންވެސް އިމްތިޙާނުތައް ހަމަ ކުރިއަށް. މިއީ ކޮން ގޮތެއް؟ އިމްތިޙާނަށް ވާނެ ގޮތް ނޭންގި ދަރިވަރުން ނުނިދާ ހޭލާ ތިބެގެން ކުރާ ބުރަ މަސައްކަތައް ތިޙާ ގަދަރު ކުޑަކޮށް ކަންތައްކުރާކަމީ ވަރަށް ދެރަ ކަމެއް. ޢެޑިއުކޭށަން ސިސްޓަމް މިއަށްވުރެ ހަރުދަނާ ކުރަން އެބަ ޖެޙޭ.

 8. ޢައިޝާ

  ޢިމްތިހޙާނުތައް ކެންސަލް ކުރަން ފެނޭ

  8
  1
 9. ޑައެލޯގް

  ހަގީގީ ވަގުސަރުކާރަކީ މިއީއެވެ. އެންމެފަހުން ޕޭޕަރުންވެސް މިސަރުކާރު ވައްކަންފެށީއެވެ. މިއީ ކިޔަވާކުދިންގެ ސެޓްފިކެޓް ތަކަށް ބުރޫއަރާނެހިތާމަވެރިކަމެކެވެ.

  4
  2
 10. ކިސްމަތު

  ދެންބުނަންވީ ކުރީސަރުކާރަހވުރެ މިސަރުކާރުގަ ކުދިން މާމޮޅެ ޖީސީ އިމްތިހާނުގެ ނަތީޖާ ކޮންމެކަމަކުންވެސް ވަށްކަން ކުތީމަ މޮޅުވަނި

  3
  1
 11. އެޑެކްސެލް

  މިވީހަތަނަށް ލީކުވި ހުރިހާ ޕޭޕަރެއްވެސް ލީކުވީ ރާއްޖެއިން. ގަސްތުގަ ލީކުކޮށްފަހުރީ މާލޭ ސްކޫލުތަކުން. 2001 ޑިސެމްބަރގަ އޯލެވެލް ޕޭޕަރުތައް ލީކުވި ފަހުން މިއަހަރު އަލުން ޕޭޕަރުތައް ލީކުވީތި.

 12. 🤺

  ޢަހަރެންގެ ކޮމެންޓު ނުދަނީ ކީއްވެ