ސެލިންކޯ އިންޝުއަރެންސް މޯލްޑިވްސްގެ އަންހެން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ އާއި ގަނާ ކުރާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދަނީ ކުންފުނީގެ ސީއީއޯ އާއި ދެ ޓެކްނިކަލް މެނޭޖަރެކެވެ. އަދި މިކަން ހިނގާތާ އަހަރުތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އެ މީހުންގެ ހުއްދަ ނެތި ގައިގައި އަތްލުމާއި، އެމީހުންނާއެކު ރޭކުރަން އެދުން ފަދަ ކަންތައްތައް ކުރަން ހުށަހަޅަމުންދާ ކަމަށްވެއެވެ.

މިިދިޔަ ދުވަސްތަކުގައި އަންހެން މުވައްޒަފުންނަށް ކުރިމަތިވަމުން ދިޔަ ޖިންސީ ފުރައްސާރައިގެ އުނދަގޫ މާ ބޮޑުވުމުން އަންހެން މުވައްޒަފުން ވަނީ ކުންފުނީގެ މެނޭޖްމެންޓުގައި ތިން ފަހަރެއްގެ މަތިން މައްސަލަ ޖައްސާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ފަހަރު ޝަކުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެކަމާއި ގުޅިގެން ކުންފުނީގެ ހުރިހާ ފިރިހެން މުވައްޒަފުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުނު ނަމަވެސް، ފިޔަވަޅެއް އަޅާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންވެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އަންހެން މުވައްޒަފުންގެ ފަރާތުން ކުންފުނީގެ ސީއޯއޯއަށް ވަނީ ޝަކުވާގެ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީ "ވަގުތު" އަށް ވަނީ ލިބިފައެވެ.

މިފަހަރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން ތިންވަނަ ފަހަރަށް ވެސް އަންހެން މުވައްޒަފުންގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވެއެވެ. ތިންވަނަ ފަހަރު ޝަކުވާ ހުށަހަޅާފައިވަނީ ޖެނެރަލް މެނޭޖަރަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކުންފުނީގެ މެނޭޖުމެންޓުން މުވައްޒަފުންނަށް އަންގާފައިވަނީ މި މައްސަލަ ފުލުހުންނާއި ހަމައަށް ނުވަތަ ޖެންޑާ އާއި ހިސާބަށް ގެންދާނީ ކުންފުނިން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އެކަމަށް ހައްލެއް ހޯދައި ނުދެވުމުން ކަމަށެވެ. މިދިޔަ ހަފްތާގައި އަންހެން މުވައްޒަފުންގެ ބަޔާން ނަގާފައިވީ ނަމަވެސް، މައްސަަލައާއި ގުޅޭ އެއްވެސްް އަޕްޑޭޓެއް ލިޔުމަކުން ދިނުމަށް ކުންފުނީގެ ސީއޯއޯ ވަނީ ދެކޮޅު ހަދައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަކުވާ ހުށަހަޅަން ފެށުމުން މުވައްޒަފުންނާ ދޭތެރޭގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އިތުރަށް މެނޭޖުމެންޓަށް ޝަކުވާ ހުށަނާޅަން އެދިފައިވެއެވެ.

ސެލިންކޯ އިންޝުއަރެންސް އަކީ ސްރީލަންކާގެ ކުންފުންޏެވެ. ތަނުގެ މެނޭޖުމެންޓުގައި މަސައްކަތް ކުރާ ފަރާތްތަކަކީ ސްރީލަންކާގެ މީހުންނެވެ. އެގޮތުން ސީއީއޯއާއި ދެ މެނޭޖަރުންނަކީ ވެސް ލަންކާ މީހުންނެވެ. މި ކުންފުނީގައި އެޗްއާރް ޑިޕާޓްމެންޓެއް ނޯންނަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ކުންފުނީގެ ރޭސްމެންޓް ޕޮލިސީއެއްވެސް އެކުލަވާލައިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހައިރާން

    ބޭރުގެ ކުންފުނިތައް ރާއްޖޭގައި ހިންގާއިރު އެ ކުންފުނިތައް ހިނގަނީ ރާއްޖޭގެ ގާނޫނަށްވުރެ މަތިން ކަމަށް ފެންނަ ވަރަށް ގިނަ ފަހަރު އާދޭ.

    35
  2. މ.ޑ ހޮސެން

    ލޮންކާ އިންޑިއާ މީހާ ހުރިހާ ބޮޑު ފޮނި ބޮނީ. އަހަރެމެން ރަށުމީހާ ކުޑަ ފޮނި ބޮނީ އެކަމް އެންމެން އިގެނީ އަބަދު އަބަދު

    17
    1
  3. ވަސް

    ރޭސްމެންޓު ޕޮލިސީއަކީ ކޯޗެއްތޯ.؟

  4. ޙަސަން

    ޙާދަ ގަމާރު އަންހެން ކުދިން ޢުޅޭ ތަނެއް، ތިމީހުން ރަގަަޅަށް ދަލުގަ ޖައްސާފަ ގޭންގު ކުދިން ކޮޅަކާ ހަވާލު ކޮއްލަބަ.

    15
  5. ޕުޝްޕިކާ ޑި ސިލްވާ

    ތީބައެއް ލަންކާ މީހުންގެ ވައްތަރު. އަދި ބަނގުރާ ބޮއެގެން ހިނދުކޮޅުގައި ތިބޭއިރު ވަކިން ތިކަން ބޮޑު.

  6. ށައިނީ

    ތީ ލަންކާ ވައްތަރު

  7. ޢަސްލު

    ބިދޭސިން ދިވެހި އަންހެން ކުދިން ގަޔަށް އަތްލާ އުޅުމަކީ އާންމުކަމެއް އެމީހުންނައްވެސް އެނގޭ މި ގާނޫނު ނުހިނގާ ތަނެއްކަން އިހައްދުވަހު ފިހާރަޔަކަށް ވަންއިރު ކައުންޓަރުގަ ދިވެހި އަންހެންކުއްޖެއް އެކުއްޖާގެ ގައިގަ ޖެހޭ ހިސާބުގައި ބިދޭސީ ދެމީހުން އެއީ ހެދުން ވިއްކާ ފިހާރަޔެއް ހީހިފަ ދިވެހިކުއްޖަގައިގަ އެމީހުން އަތްލަމުންދިއަ...

  8. ޣައުމު

    މިގައުމުގައި ބިދޭސީންނަށް މަނާ އެއްކަމެއްވެސް ނޯންނާނެ ދިވެހި އަންހެންކުެިންނާއި ބިދޭސީން ބެހުމަކި ވަރަށް އާންމުކަމެއް މީގެ ތެރޭން ފަޅާއަރަނީ މަދުކަމެއް ބައެއްކުދިން ލަދުން އެވާހަކަ ދައްކާކަށް ނުކެރެ..ރަށްރަށަށް ޕްރޮޖެކްޓްތަކަށް ގެންދާ ބަންގާޅީން ހަޔާތްކަނޑާލާފަ ކުރަނީ ތި މަސައްކަތް އެކަމަކު ގާނޫނު ނުހިނގާތަނެއްގައި ތިކަހަހަލަ ކަންކަން އެއްވެސްކަމަކަށް ނުވާނެ.

  9. ސަރުދާރު

    ގައުމެއްގެ ރައްޔަތުންނަށް ވުރެ ގިނައިން ބިދޭސީންނަށް އުޅެން ދޫކޮށްލާފަ އޮތްގައުމެއް މި ނޫނީ ނޯންނާނެ....ދެން އަންހެންކުދިންނާއިވެސް ބެހޭނެ ނޫންތޯ.. ސަރުކާރެއް އޮންނަތަނެއް ނަމަ ފިޔަވަޅު އަޅާނެ މިތާ ތުބޭނި ގުޅިގެން ޖީބުފުރަން އަންނަ ސިޔާސި މީހުން އެއްބަޔަކު އައިސް ކައިފަަ ދިޔައިމަ އަނެއްބަޔަކު ވަގަށް ގޮވަމުން ކަމުންދާނެ މިއިވާ ގައުމެއް..

    3
    1