ބައެއް ވަޒީރުން ވަކިކޮށް، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފައްޓަވައިފިއެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާކަން މީގެ ކުރިން ރައީސް ވަނީ އިޝާރާތް ކުރައްވާފައެވެ.

އަދި މި ބަދަލުތައް ގެންނަވަން އުޅުއްވާކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ކޯލިޝަންގެ ލީޑަރުންނަށް މިހާރު ވަނީ އަންގަވާފައެވެ.

އެހެން ނަމަވެސް ކެބިނެޓަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރައްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް "ވަގުތު"އަށް އެނގިފައިވާގޮތުން ބައެއް މިނިސްޓަރުންގެ ވުޒާރާތައް ބަދަލުކޮށް، ބައެއް މިނިސްޓަރުން ވަކި ކުރަން ވަނީ ނިންމާފައެވެ.

އަދި ވަކި ކުރާ މިނިސްޓަރުން ވަކި ކުރަނީ ޒިންމާ އަދާ ނުކުރެވޭތީ ކަމަށާއި، އަދި އެ ޒިންމާތައް އަދާ ނުކުރެވޭ ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބޭތީ ކަމަށް ލީޑަރުންނަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެއެވެ.

ރައީސް އޮފީހުން ވެސް ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް މިރޭ ވިދާޅުވެފައެވެ.

މިމަހު ކުރީކޮޅު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ބައެއް މުހިއްމު ދާއިރާތައް ގެއްލުމަކީ ސަރުކާރުން އެކަމާއިމެދު ވިސްނައި ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމެއް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަދީފް

    އިމްރާންއައުޓް ޕްލީޒް.އިސްލާމިކް މިނިސްޓަރުވެސް އައުޓް.ފެއިލްވެފަ ތިބި ބައެއް މިއީ.

    62
    4
    • ކޮއިމަލާ

      އުވާލަންފެންނަ.
      1 ހެލްތު
      2 ޔޫތު އެންޑް ސޕޓ
      3 ފިނޭންސް
      4 ރައްޔިތުންގެ މަޖިލިސް

      74
      3
      • ނިކް

        ހުރިހާ ވުޒާރާއެއް އުވާފަ ބޮޑު އެއް ވުޒާރާ ހަދާފަ ބޮޑު ވަޒީރާ ހަވާލު ކުރަމާ؟؟ އެހެން ނޫނީ އިބޫއަށް ނޭވާ ލިޔަކު ނުދޭނެ ސަރުކާރު ހިންގިޔަކު ވެސް ނުދޭނެ.. އިދިކޮޅު ލީޑަރަކީ ވެސް ބޮޑޭ ކަމަށް ފެންނަނީ

        8
        1
        • ރަސްގެފާނު

          ވަރަށްރަނގަޅުޚިޔާލެއް. އެއިރުންކިޔާނީ މިނިސްޓަރ އޮފް ބޮޑުވަޒީރު ޑރ. ބޮޑުބަލާކަލޭގެފާނު. މިނަންރަނގަޅުތޯ ..

    • ޙައްގުބަސް

      ކޮން ކެބިނެޓަކޭ ކިޔާކަށް! ރައްޔިތުން ބުނަނީ މިވަގު ނުބައިނުލަފާ އަނިޔާވެރި ސަރުކާރު އެއްކޮށް މިގައުމުން ފެއްސޭށޭ!! އެއްކަމެއްވެސްނުކުރެވޭތާ ދައުލަތުގެ މާލިއްޔާ ކައި ހުސްކޮށްފި!! ބަދަލުގެ ގޮތުގައި 190 މިލިޔަން ރުފިޔާ ބަހައިފި!! ދެން ވައްކަންކުރަނީ!! ގައުމު އިންޑިޔާއަށް ވިއްކާ ހުސްކުރަނީ!! ރައްޔިތުން ނިކަމެތިވަނީ!! ބޭރުވާށޭ މިރާއްޖޭގެ ވެރިކަމުން!! ރައްޔިތުން ހުރިހާ ބާރެއްދިނީމާ އެއްކަމެއްވެސް ނުކުރެވުނު!! ވައްކަމާއި އަނިޔާވެރިކަން ފިޔަވާ!! ގައުމުގެ އިގްތިސޯދު އިނދަޖައްސައިފި!! ފެއްސޭށޭ ކަލޭމެން މިގައުމުން!!

      17
      1
    • ނިކް

      އުނހު އިމޫ ވަރަށް މުހިންމު.. ހައުސިން އަސްލަންޓޭ އެންމެ ބޮޑު ފެއިލިޔަރަކީ ކައުންސިލް އިންތިހާބުގެ މާލޭގެ ލިސްގެ އެންމެ ބޮޑު ޒިންމާއެއް އޭނާ އުފުލަންޖެހޭ.. އެޑިއުކޭޝަން އައިޝަތާ ޓުރާންސުޕޯޓު އައިޝަތާ އިސްލާމިކް ހުންނަ ހުންނައާ ޒަހާ ބޭރުކުރަން ޖެހޭ..

      11
      1
      • އައިޝާ

        ވަރަށް ބޮޑު ތެދެއް. ފޯނު ކޯލަށް ޖަވާބު ނުދޭ މިނިސްޓަރ.. އަސްލަންޓޭ މުޅި މި ސަރުކާރުގެ ހަލާކު. ދެ ފެކްޝަނަށް ފައި ލައިގެން ހުންނަނީ

  2. މާލެ-މާލަމް

    އެމްޑީޕީގެގިނަވަޒީރުންނަށް މާލޭގެގިނަބަޔަކު ނަފުރަތުކުރޭ ..

    83
    2
  3. ބަރުގޮނު

    ޒިންމާ އަދާ ނުކުރެވުންކަމަށް ދައްކަނީ ތިއްތި ކޮށްލަން ބަހަނާއަކަށް. ޙަޤީޤަތަކީ ސަރުކާރު ބޮލުފޮށާ އެޅުން.

    62
    2
  4. ވަންޏާ

    ޑިފެންސް މިނިސްޓަރ ހެލްތް ޕްލޭނިން އިސްލާމިކް މިނިސްޓަރ ބަދަލު އަންނަޖެހޭ އަދި ލާދީނީ އާއި ހަތުކަށި ފިކުރުގެ މީހުން އާއި ކުރިމަތިލައި އެކަން އިސްލާހުކުރުމަށް ތަހްގީގް ކުރުމުގެ ބާރު ދީ މިނިވަން މުއަސަސާއެއް އޮންނަ ޖެހޭ މި މުއައްސާސާ ގައި ކޯޓް އަމުރަކާއި ނުލާ ގެދޮރު ބަލާފާސްކުރުމާއި ސޯސިއަލް މީޑިއަރ އެކައުންޓް ތަކުގެ މައުލޫމާތު ހޯދުމާއި ފިިކަލީ ގެއްލުން ނުލިބޭ ގޮތަށް ނިދިން މަހުރޫމް ކުރުމާއި އަމުރަކާއި ނުލާ 7ދުވަސް ވާންދެން ބަންދުކުުމާއި ފުރުން މަނާކުރުމާއި މިކަން ކަން ކުރުމުގެ ބާރުދޭން ޖެހޭ ހަމަ އެފަދައިން އިސްލާމްދީނަށް ޖޯކް ޖަހައި ހުކުންތަކަށް ފާޅުގަ ދެކޮޅު ހަދާ ފަރާތް ތަކަށް 15 އަހަރުވާދެން އެއްވެސް ބާވަތެއްގެ އިންތިހާބެއްގަ ބައިވެރި ނުކުރުމާއި ގައުމުގެ އެއްވެސް ކަމެއްގަ އެއްވެސް ތަނެއްގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާއި މިކަން ގާއިމު ވާންޖެހޭ

    42
    1
  5. އުގުރި

    ކީއްކުރާ ކެބިނެޓްތަ މިި ހާރުވެސް ގައުމު ހިންގަނީ މަޖިލީ ހުގެ ރައީސް ބޭނުންވާ ގޮތަކައް..

    65
    2
    • އައްޔާ

      އަދި ކިއެއްތަ! ކެބިނެޓް އެކަޏެއްނޫން! ބޮޑުސޯބުވެސް ބަދަލުކުރަން ޖެހޭ!

  6. ޢަހުމަދު

    ޢިސްލާމިކް މިނިސްޓާރު ހަމަ މި ހާރުން މި ހާރަށް ވަކިކުރަން އެބަ ޖެ ހޭ ....

    10
  7. ޢަލީ

    ވަޒީރުންނަށް ލާންވީ ޓެކްނޯކްރާޓުން. ތަޖުރިބާއެއް ނެތް ކަމުގެ ތައުލީމެއް ބެކްގްރައުންޑެއް ނެތް މީ ހުން ލުމުން ސަރުކާރު ހަލާކުވާނީ. ޓްރާންސް ޕޯޓް މިނިސްޓްރީ ޕްލޭނިނގ މިނިސްޓްރީ ހޯމް މިނިސްޓްރީ މިއީ ހައްތާވެސް ބަދަލުގެންނަންޖެ ހޭ ތަންތަން. ސަރުކާރު ބަލި ކަށިވަނީ ދެއުޅިއެއް ނުވާ މީ ހުން ވަޒީރުންނަށް ތިބޭތީ

  8. ހުސޭނުބޭ

    ކުރިން ކައިގެން ބަނޑުބޮޑުކޮށްގެން ތިބި މީހުން ސުފުރާއިން ބޭރުކޮށް މިހާރު ކެއުމުގެ ފުރުޞަތު ނުލިބިތިބި މީހުންނަށް އެ ފުރުޞަތު ދެނީ. މިފަހަރު ހިއެއްނުވޭ ބައިތުލްމާލުގައި ލޯލާރިއެއްގެވަރުވެސް އޮންނާނެހެނެއް!

    11
  9. ޒަހާ

    މަހޭ ގޮވައިގެން މަހަށްދާން މި ރެޑީވަނީ!

  10. ސަތޯ

    ބޭނުންވަނީ ކޯލިޝަންގެ ވަޒީރުންތައް ވަކިކޮށް ހުރި ހާ ވަޒީރުންނަކީ އެމްޑީޕީ މީ ހުންކަމުގަ ހެދުން. ޢެކަމަކު ހިޔެއް ނުވޭ އިމްރާން ވަކިކުރަން ކެރޭނެ ހެނެއް.

    11
  11. ވީޒާ

    ނަ ހުލާ އަދި އެމްއަރުއެމްގެ އެންމެން ދުއްވާލަން އެބަޖެ ހޭ!

  12. އާދަމުގެދަރި

    އެންމެ އަވަހަށް އުވާލަންޖެހޭ އަދި ވަކިކުރަންޖެހޭ ވަޒީރަކީ ހައުސިން އެންޑް ޕްލޭނިންގ މިނިސްޓަރު. ރައްޔިތުންނަށް ޖަވާބުދާރީ ނުވާ ތާނގައި 3 އަހަރުވީއިރު އަލަށް ފްލެޓެއް އަޅަން އަދި ގާކޮޅެއްވެސް ބޭއްވިފައި ނެތް. މާލެ ސަރަހައްދުގައި އަޅާފައިހުރި ފްލެޓްތަކަށް އެއްވެސް މީހަކު ވެއްދިފައެއް ނެތް. މީ އެންމެބޮޑަށް ފެއިލްވެފައި އޮތް މިނިސްޓްރީއަކީ.

    11
  13. ލލ

    ވަރަށް ބޮޑު ކޯލީޝަން ސަރުކާރެއް، ރައްޔިތުންގެ ބޮޑު އިއްތިހާދު ކޯލީޝަން ސަރުކާރު !

    10