މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 318 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެއިން ކޮވިޑަށް ފައްސިވީ 142 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 130 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 33 މީހުން، ސަފާރީތަކުން އަށް މީހުން، ހަދަމުންދާ ރިސޯޓަކުން އެކަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން ހަތަރު މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކުރި އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއަދު ޓެސްޓް ކޮށްފައި ވަނީ 2556 މީހުންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29370 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ކޮވިޑް ޖެހިފައި ތިބީ 4585 މީހުންނެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 134 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އެޗްޕީއޭ އިން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނާ

    އެ.ޗް.ޕީ އޭ އަކީ ހާދަ ގަމާރު މީހުން ހުންނަ ތަނެކޭ. ނުވަތަ މާ ބޮޑަށް ފިނޑި ސިޔާސީ މީހުން އަތުން ކައިގެން އުޅޭ ބަައެއް އުޅޭ ތަނެކޭ.
    ކިއުބީ އޮއްވާ، ހަމަ މީހުންނަށް ޖެއްސުމަށް ފިޒިކަލް ކިއު ހަދުވާފަ.
    މަވެސް ހުރިން ތި ކިއުގަ. 50 ޕަސެންޓްއިން ގިނަ މީހުންގެ މާސްކް އޮތީ ނޭފަތުން ތިރީގަ،
    މާސްކް އަޅަން ބުންޏަސް ނާޅާ. އައިސް ފަހަތުން ޖެހިފަ. މަށަށް ކޮވިޑް ޖެހިއްޖެޔާ އެއީ. އެޗް.ޕީ.އޭ އާ ހެދި ހަމަ.
    ކިއުގަ ގިނައީ ފިރިހެނުން. އަންހެނުންނަށް އާދެވެނީ ގޭގެ ކަންތައްތައް ނިންމާފަ ކުދިން ނިދަން ފޮނުވާފަ. ކޮބާ އިންސާފު. އަދި މުސްކުޅި މީހުންވެސް ކިއުއަށް އަރާތަން މި ފެންނަނީ.... ވިސްނާލަބަލަ، އެންމެންނަކީ ދުޅަަހެޔޮ ސިއްހަތުގެ މީހުންނެއް ނޫން. ބުރަކަށީގެ މައްސަލަތަކާއި ކަކުލުގެ މައްސަލަައާއ، މައިބަދައިގެ މައްސަލަ ހުންނަ މީހުންވެސް ހުރޭ، ހާދަ ރަހުމު ކުޑަ ބައެއް އެޗް.ޕީ.އޭގަ އުޅޭތީއޭ މީހުން މިގޮތަށް ކިއު އަށް އަރުވާ އުނދަގޫ ކުރަނީ. އެޗް.ޕީ.އޭ/ އެޗް.އީ.އޯސީ އިސްތިއުފާ

  2. ހަނާ ފ

    ގަމާރީ، ފިނޑީ ނޫނީ ސިޔާސީ މީހުން އަތުން ކައިގެން އެެއުޅެނީ.
    50'%މީހުންގެ މާސްކް ނޭފަތުން ތިރީގަ ފަހަތުން ޖެހިފަ. ކިއުގަ ގިނައީ ފިރިހެނުން. އަންހެނުންނަށް އާދެވޭނީ ގޭ ކަންތައް ނިންމާ ކުދިން ނިދަން ފޮނުވާފަ ކޮބާ އިންސާފު.މުސްކުޅިންވެސް ކިއުއަށް އަރަންޖެހޭ. އެންމެން ދުޅަަހެޔޮ ސިއްހަތެއް ނުހުރޭ ބުރަކަށި ކަކޫ މައިބަދައިގެ މައްސަލަ ހުންނަ މީހުންވެސް އުޅޭ ހާދަ ރަހުމު ކުޑަ ބައެއް އެޗް.ޕީ.އޭގަ އުޅޭތީއޭ މިހެން ކިއުއަށް އަރުވަނީީ ކިއުބީ އޮއްވާ! އިސްތިއުފާ