ކ. މާފުށިން އިއްޔެ އިތުރު 85 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއާއި އެކީ އެރަށުން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 291 އަށް އަރައިފައެވެ.
މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ.
އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެރަށުން ފެނިފައިވާ ވޭދަނަތަކާއި ގުޅިގެން ގިނަ ގެތައް ވަނީ ކަރަންޓީން ކޮށްފައެވެ.
މާފުށިން ކޮވިޑަށް ފައްސިވި ބައެއް މީހުންނަށް ކޮވިޑް ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފައްސިވިތިން މީހަކަށް އަންނަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި ހަތަރު މީހަކަށް އަންނަނީ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
މާފުށި ހިމެނޭހެން މިއަދު ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 318 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް އެންމެ ގިނަ މީހަކު ރާއްޖެއިން ފައްސިވެފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު 464 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.
ރާއްޖޭގައި މިހާތަނަށް 29،370 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 4،585 މީހަކަށެވެ. އޭގެ ތެރެއިން 134 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެންނެވެ.
ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 24،703 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން 73 މީހަކު ވަނީ މަރުވެފައެވެ.
އަދިވެސް ގެސްޓްހިއުސްތަށް އޮޕަރޭޓްކުރޭ... ރާއްޖެެމީހުންނަށް އާރާފޭބުން މަނަލީ ދޯ
ތ.ވޭމަންޑޫ ގެ ވާ ހަކަ ކީއްވެތޯ ނުދައްކަނީ
އަދިވެސް ގެސްޓްހިއުސްތަށް އޮޕަރޭޓްކުރޭ... ރާއްޖެެމީހުންނަށް އާރާފޭބުން މަނަލީ ދޯ