ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަކީ ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކުރަން ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވުމުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ޢާއިލާގެ އަރިހަށް ވަަަަޑައިގެންނެވުމަކީ އުފާވެރިކަންހުރި ކަމެއް ކަމަށާއި ސަރުކާރުގެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ އުންމީދަކީ އަނބުރާ ރައީސް ޔާމީން ޖަލަށް ނުގެންދެވުން ކަމަށެވެ.

"މިއީ ކޮވިޑް-19 ކާރިސާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށްޓަކައި، ޤައުމުގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކުރަން ހުޅުވިގެން ދިޔަ ދޮރެއް. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ރައީސް ޔާމީނަށް އިންޞާފު ލިބިވަަޑައިގެން މިނިވަންވެވަޑައިގެން ޤައުމީ ޚިދުމަތަށް އެނބުރި ވަޑައިގަތުމުގެ ތައުފީޤު ދެއްވުން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ޤައުމީ ޙަޔާތުގައި ނުހަނު ޚިދުމަތްތެރި މުހިންމު ޝަޚުޞިއްޔަތެއް ކަމަށާއި އެމަނިކުފާނަކީ އިޤުތިޞާދީ މުފައްކިރެއް ކަމަށެވެ.

މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގޭބަންދަށް ބަދަލުރީ ރޭ އިރާކޮޅުއެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރައްވާފައި ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާ އިން ތަކުރާރުކޮށް އެތައް ފަހަރަކު އެދުނު ފަހުންނެވެ. ރަމަޟާން މަހުގެ ކުރިން ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދި އާއިލާ އިން ސަރުކާރުގެ އެތައް އިދާރާއަކަށް ސިޓީތައް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުރަނގި

    އެއީ ކޮން ސަފެއްގެ ވާހަކަ ބާ؟

    3
    1
  2. ވާނުވާ

    ﷲ އެންގެވީ ވައްކަންކުރާ މީ ހާގެ އަތް ކަނޑާށޭ އަ ހަރުމެން މި ހަދާ ގޮތަކީ އެހ ހެންނުވާނޭ 5 އަ ހަރަށް ޖަލަށޭ ލާނީ ނޫނީ ގޭބަންދުކުރާނީޔޭ.. އާޔަތް ބާވާލެއްވުމުގެ ފައިދާ ކޮބާ ޝަ ހީމް؟ މި މައްސަލަ މީ މައްސަލަޔަކީ. ﷲ ގެ ޝަރީޔަތް މިތާނގާ ނު ހިނގުން.
    އެކަލާނގެ ހުކުމަށް ގޮންޖަަ ހަމުން ދިޔުން...

    3
    2
  3. ރަދީފުލް ކުމާރު

    ޝަހީމޫ ސަކަރާތްނުޖަހާ.

    3
    2
  4. ޢަޒު

    އިލްޔާސް ބުނި އިބްރާހިމް މުހައްމަދު ސޯލިހަކީ ކީރިތި ރސލ ދުޢާ ދެއްވާފައިވާ ބޭފުޅެކޭ ދެން މިތާ ކީއްކުރަން ވަލުޢީ ޤާނޫނު ހެދެންވީ އެކަން އިބިރިހިމާއަށް ރަނގަޅަށް ޢަރަބިވެސް ކިޔަން ނޭނގޭ

  5. ބުރާންތި

    މި ދެން ބްރާންތިވެފަ ހުރި މީހެއްބާ! ޚާއިނަކަށް ތާއީދު ތިކުރަނީ ސައުދީން ދިން ފައިސާގަ ދަތް ކޭއްތިފަ ހުރީމަ ބާ! އަމިއްލައަށް ވެރިކަމަށް އަންނަން އުޅުނިއްޔާ މާ ތާހިރު ވާނެ.

  6. ރާގޮޑިރާޖަ

    މީ ވަގަސްނެގިފައިސާ ސަރުކާރާހަވާލުކޮއް ތައުބާވުމަށް ހުޅުވުނު ދޮރެއް. ޟަ ހީމު ބުއްދިގޯސްވީތޯ؟؟

  7. އަލްޖިބްރާ

    އެއީ ރައްޔިތުންގެ މުދާތައް ވިއްކަން ހަދާފަ ހުރި ސަފުތަށް !

  8. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

    ﷲ ބާވައިލެއްވި ޝަރީޢަތް މިބިންމަތީގައި ޤާއިމް ކުރާނެ ވެރިޔެއް މިޤައުމަށް މިންވަރު ކުރައްވާށިއެވެ. އާމީން.
    ޤާނޫނުލް ޢުޤޫބާތު ފާސްކުރުމުގެ ކުރިން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ޙައްޤު އަދަބުތައް ފަށުވި ދިވެހި ޢިބާރާތުން ލިޔެފައި ދިނުމުން، އެބައިތައް ނުހިމަނާ ލާދީނީ މިންގަނޑަށް ފެތޭގޮތަށް ޤާނޫނުލް ޢުޤޫބާތު ނެރެފައިވާކަން ދިވެހިރައްޔިތުންނަކަށް ވަންހަނާ ވެގެން ނުވެއެވެ.