ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅުރަށެކެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވާ އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް އަތުލުމަށްފަހު ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.
ޔޫސުފް ނައީމަކީ ކުރިން ޑީއާރްޕީގެ މެންބަރެކެވެ. ނަމަވެސް 2013 ވަނަ އަހަރު އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވިއެވެ. މިހާރު އޭނާ ސިޔާސީ ދާއިރާގެ ކުރީ ސަފުން ނުފެނެއެވެ.
ޔޫސުފް ނައީމްގެ ޓޫޖީ ނަމަކަށް ކިޔާ ކުންފުންޏާ އާރަށް ހަވާލު ކުރި މަހު ސެޕްޓެމްބަރ މަހު އޭނާ ވަނީ އެ ރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު، އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައި ހުންނަ އެކައުންޓަކަށް ވަނީ ޖަމާކޮށްފަ އެވެ.
މިމައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ. މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލާފައެވެ. އެމައްސަލައިގެ ޝަރީޢަތް ވެސް ވަނީ ފަށާފައެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖޫން، 2020 ގަ އެވެ.
ރައީސް ޔާމީން މިހާރު ވެސް ހުންނެވީ މަނީ ލޯންޑްރިންގެ މައްސަލައެއްގައި އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. ރިސޯޓެއް ހަދަން ރަށެއް ވިއްކި މައްސަލައެއްގައި ލިބުނު އެއްމިލިއަން ޑޮލަރު އަސްލު އޮޅުވާލައްވައިގެން ބޭނުން ކުރެއްވި ކަމަށް ބުނެ އެމައްސަލައިގައި ހުކުމް އިއްވާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ.
މީނަގެ އެކައުންޓތަކަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާ ލާ ތިޖޫރީއެއް ދޯ؟ މިނަގެ އެކައުންޓު ތަކުގައި ހުންނާނީ މުލިން ރައްޔިތުންގެ ފައިސާ. މިފައިސާ އެއްކޮށް ދައުލަތަށް ނަގަން ގޮވާލަން. އަދިވެސް މިހަކު ފެންނަ އިރަށް އަތް މައްޗަސް ނަގާތީ މަ ހައިރާންވޭ.
ކަލޭ ހައިރާންވާނެ އިބްރާހިމް މުޙައްމަސު ސޯލިޙާއި ނަޝީދުގެ ކަންކަން ފެންމަތިވާއިރު އަދި މާބޮޑަށް!! އެދެމީހުންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާގެތެރެއިން ބޮޑު އަދަދެއް ވަދެފައިވާކަން އެނގޭ ދުވަހަކުން!! އެކަން ފޮރުވަން އަދީބުއާއެކު ޑީލް ހަދައިގެން އޭނާ އަމީން އެވެނިއުގެ ޕެންތުހައުސްއެއްގައި ބައިންދައިގެން އެއުޅެނީ ކަލޯމެންކަހަކަ ގަމާރު ތަންދޮރު ނުދަންނަ މީހުނަށް އެކަން ނޭނގުނަސް އެކުޅޭކުޅިވަރު ވަރަށް ރަގަނޅަށް އެނގޭ މީހުން އެބައުޅޭ!! ކަލޭ ހައިރާން ނުވޭތަ މިސަރުކާރުން ކުރާވައްކަމާހުރެ!! ވެންޓިލޭޓަރުން ދިވެހިންގެ ނޭވާހޮޅިންވެސް ވައްލަމޭ އެކުރަނީ!! ކަލޭ ހައިރާން ނުވޭތަ ދައުލަތުގެ މާލިއްޔާއިން ބަދަލުގެ ގޮތުގައޭ ކިޔާފަ މިސަރުކާރުގެ ބޮޑުންގެ މަސްލަޙަތު ހިމެނޭ ކުންފުނިތަކަށް 190 މިލިޔަން ރުފިޔާ ބަހާލިގޮތާމެެދު!! ކަލޭ ހައިރާން ނުވޭތަ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އަޅާފައިވާ 7000 ފުލެޓް ހައްގުވެރިން އަތުން އަތުލާފަ ފުލެޓުތަކުން ކުރި ވައްކަމާމެދު!! ކަލޭ ހައިރާންނުވޭތަ ދިވެހިންގެ ބިމުގައި އަޑިނޭގޭ އެއްބަސްވުންތައް ގާނޫނުތަކާ ޚިލާފަށް އިންޑިޔާއެކު ހަދާ އިންޑިޔާ ސިފައިން މިރާއްޖޭގައި ބައިތިއްބައިގެން އުޅޭގޮތާމެދު!! ކަލޭ ހައިރާންނުވޭތަ އިސްލާމްދީނާ ދެކޮޅަށް ނެރުނު އެމްޑީއެންގެ ރިޕޯޓާމެދު؟ ކަލޭ ހައިރާންނުވޭތަ ދައަތުގެ މާލިއްޔާ ކައިހުސްކޮށްފަ ކޮންމެ އަހަރަކު ފައިސާ ޗާފުކުރަމުން ގައުމުގެ މުޅި އިގްތިސޯދު ފުނޑަމުންދާއިރު؟ ކަލޭގެ ދެދޮލަށް ކަންފަތަށް ރީނދޫ މިރުސް ދުން އެޅިފަ ހުރިލެއް ބޮޑުކަމާއެވެ! ތަންދޮރު ނުދަންނަކަމާއެވެ! ކަލެއަށް ހެޔޮވިސްނުން ދެއްވާށި!!
ޔާމީނުއާ އަޅައިނުގަނެ މިގައުމުގެ ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާ، ކޮންފަދަ ބޮޑު މުޞީބާތެއް ޖެ ހިފަ މިއޮތީ.
ހާދަ ވަގު މީހެކޭދޯމީ
މި ސަރުކާރުން ކާލި ވެންޓިލޭޓަރުތައް ކޮބާ
މި ސަރުކާރުން ދަސްކޮށްދިން ކަމެއް ވައްކަމާ ރޭޕަކީ... މިދިޔަ ދެ އަހަރު އިންޑިއާއަށްވުރެ މިތާ ހާލަތު ނުބައި
ދިވެހިން މިހާރު މި މިލިޓަރީ ސަރުކާރުގެ ދައުވާގެ ވާހަކައަކަށް އެއްވެސް ޝައުގުވެރިކަމެއްނެތް. ރ. ޔާމިންގެ ސަޕޯޓަރުންނަށް އިނގޭ ދައުވާތައް ވަނީ ފެބްރިކޭޓްކޮށް ކިއުގަ. ނަމަވެސް އެއްވެސް ވަރުބަލިކަމެއްނެތި ރައްތިތުންގެ ލޯބި ދައްކަމުން ތާއީދު ލިބި ޗޮކުހުން ފޮނުވާނެ.
ތިއީ ޑިޒައިން ސިޔާސީ ދައުވާތައް.
ސަރުކާރަށް ޖިންނި އަވަލަވައިގެން އުޅޭ ހެން ހީވަނީ،
ހަސަދަވެރިވެގެން އަނިޔާދިނަސް ބޮޑުވަރު، ބުއްދި ގަބޫލެއް ނުކުރޭ 300 މިލައަން ޑޮލަރުގެ އެތައް ޕުރޮޖެކްޓެއް ހިންގި ރައީސެއް 1 މިލިއަން ހޯދަމުން ދުވާނެހެން
ތިޔައީ ރައީސް ޔާމީނުގެ ކޮނޑުފުޅުގައި އަޅުވާ އިލްޒާމުތައް. ސީދާ ރައީށް ޔާމީން އަމިއްލަ ފުލަށް ރަށެއް ނުވިއްކޭނެ. ދައުލަތުގެ މުވައްސަސާތަކުން ވިޔަފާރީގެ އުސޫލުން ހިންގާ ކަންކަމަކީ ޣައުމުގެއ ރައީސް ޒިންޟާ ނަގހަންޖެހޭ ކަމެއްޏޫން. ތިޔައީ އަހުމަދު އަދީބު ހިންގާފައިވާ ޖަރީމާތައް. އޭނާ އެޖަރީމާ ހިންގެވުމަށްފަހު އެތައް މިލއަނުން ރުފިޔާ ނަގާނެ. އޭނާގެ އަތުގައި ރައީސް ޔާމީންގެ ކެމްޕޭނަށް އެމަނުކުފާނަށް ތަފާތު ފަރާތްތަކުން ދެއްވާފައިވާ ފައިސާ ވެސް ހިމެނޭ. އެހެންވީމާ ސީދާ ސީދާ އެއީ އެހެންނޭ މީހެންނޭ ބުނެވޭނ ޖާގައެއް ނެތް. މިއީ އަހުމަދު އްަދީބު މީޑިއާގައި ދައްކާފައިހުރި ވާހަކަ. މިއަދު އެ ޖާހިލުކަލޭގެ ދޮގާއި މަކަރާއި ހީލަތް ހަދަނީ މާދަމާ މި ފަސްގަނޑު ދަށް އޭނާ ދާންޖެހޭނެކަމާއި އެފަދަ ބޮޑު ފާފަތަކަށް އޭނާއަށް އަޒާބވު ނުލިބޭނެކަމު ހިތާހެއްޔެވެ. އޭނާއަށް ދުނިޔެއާ އާޚިރަތުގައި ވެސް ހާލާކުހުއްޓެވެ.
ރިސްވަތް ދިންމީހާއަށް ދައުވާ ނުކޮށް ރިސްވަތު ހިފި މީހާއަކަށް ދައުވާ ނުކުރެވޭނެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފް ކަމެއް. ސަބަބަކީ މީހަކު ނުދެނިސް އަނެއްމިހާ އަށް އަތު ނުލެވޭނެތީ
ޖަމާކުރި ފައިސާގައި އޮތްތޯ ރަށްވިއްކައިގެން ލިބުނުފައިސާކަމަށް ލިޔެފާ؟
ވެންޓިލޭޓަރ ސަރުކާރު ކިތަންމެވަރަކައް ރައީސްޔާމީންގެއަގު
ވައްޓާލަން ކިތަންމެ މަސައްކަތެއްކުރިޔަސް އެމަނިކުފާނުގެ އަގެއް ދެނެއް ދިވެހިރައްޔިތުންގެކުރިމަތީގަ ނުވެއްޓޭނެ ހައްތާ އަގުއަރާނީ ސަބަބަކީ އެމަނިކުފާނުއެވަނީ އިޚުލާސްތެރިކަމާއެކުގަ ގައުމައް ޚިދުމަތްކުރާ ރައީސްއަކައް ކުޑަދުވަސް ކޮޅެއްގެތެރޭގަި ވެސް ގައުމު ތަރައްގީ ކުރެވޭނެ ކަމުގެ ނަމޫނާ ދައްކަވާފަ މިސަރުކާރުގެ އެފަދަ އިޚްލާސްތެރިކަމެއް ނެތީމަ ދެއަނހަރާ ބައިވެގެން ދިޔައިރުވެސް ގައުމުގެ ތަރައްގީއައް އެއްވެސް ކަމެއްނުކުރެވި
ބަޔްތުލް މާލް ހުސްވީ
ޥަގެއް ވަގެއް ވަގެއް
ތެދެއް މިސަރުކާރުގައި ހުސްވަގުން
ހަޖަމްގެ މައްސަލަ އެބައުޅޭ ރީދޫ ބައިގަނޑު. ޖުއްލާބު ކައިބަލަ.