ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަރަށް އަވަހަށް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރާނެ ކަމަށް އިތުބާރުހުރި ހުރި ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދީފިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ޝިފާޒް މަގާމުން ދުރުކުރަނީ މިހާރު ވަޒީރުންގެ މަޖިލީހަށް ރައީސް ޞާލިހް ގެންނަވަން އުޅުއްވާ ބަދަލުތަކުގެ ބައެއްގެ ގޮތުގައި ވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

"ކޯލިޝަންގެ ބައެއް ވަޒީރުންނާއި ޝިފާޒް ވަޒީރުކަމުން ވަރަށް އަވަހަށް ވަކިކުރާނެ." ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ޝިފާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވުމުން އޭނާ ކެބިނެޓްގައި ހިމެނިވަޑައެއް ނުގަންނަވައެވެ. ޝިފާޒްގެ އިތުރުން ރައީސް އޮފީހުގައި ވަޒީރުންގެ ފެންވަރުގެ ހަބޭފުޅުން ތިއްބަވައެވެ. އެހުރިހާ ބޭފުޅުންނަށް ވެސް ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް ލިބިވަޑައިގަންނަވައެވެ.

ޝިފާޒް މިނިސްޓަރުކަމުން ވަކިކުރަން އުޅޭކަމަށް މައުލޫމާތު ލިބިފައިވާއިރު އޭނާ ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމްގެ ކެމްޕޭންގައި ބައިވެރިވެވޭނެ ބޭފުޅުން ހޯދަން ޝިފާޒް ދާދިފަހުން ވަޓްސްއެޕް ގްރޫޕެއްގައި މަސައްކަތް ކުރެއްވި ސްކްރީން ޝޮޓްތަކެއް ވެސް ލީކްވެފައި ވެއެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ތާއިދު ކުރެއްވި ނަމަވެސް ރައީސް ޞާލިހް އަދި މިހާތަނަށް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރިނުފަޅާ ޖަނަވާރު

    މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ

    32
  2. ވެބުކެމް

    މާލަސްވެއްޖެ ތީނަ ވަކިކުރަން. ސަރުކާރުގަ ތިބެ ސަރުކާރަށް ޖެއްސުން ކުރާ މީހެއް

    32
    3
  3. ރައީސު އެކެއް

    އޭނަ އެކަ އްޏެ އް ނޫން@ ރަ އީސު 2 ފެކުޝަނު ގަ އި ތިބި ހުރިހާ މީހުން 2 ވަނަ ދަރަޖާ އިގެ ވަޒީފާ އަށް ޕުރޮމޯޓު ކުރަން މަ މި އުޅެނީ!

    25
  4. ޔޫސުފް

    ވަޒީރުންގެ މަޖިލީހުގައި ނުހިމޭ މީހަކު އެއީ ވަޒީރެއް ނޫން

  5. ތެދު ބަސް

    މާ ލަސްވެއްޖެ ތީނަ ބޭރު ކުރުން. އެންމެ ފަހުން ނިމިދިޔަ އިންތިހާބުގަ ގެއްލުނު ގިނަ ވޯޓް ގެއްލުނީވެސް އޭނަ ކަންތައް ކުރި ގޮތުން.

  6. ސަމަކޮ

    މިހަރުވެސް ސަރުކާރުގެ ލާރިގަނޑުން އެލަވަންސާ ބޮޑުމުސާރަދޭ އެތައްމަޤާމުތަކެއް އުފައްދައި ފައިސާބަހަމުންދަނީ ސިވިލްސާވެންޓްންގެ މުސާރަށްބޭނުންގޮތެއްހަދަމުންދަނީ ކީއްކުރާނީދެރަ

  7. އިހާ

    ޝިފާޒު ފެންވަރުގެ މީހުން ވަޒީރުކަމަށް ގެނައުމުން އޭރުވެސް އެނގިއްޖެ މި ސަރުކާރުގެ ފެންވަަރާއި ގާބިލުވާނެ މިންވަރު

  8. އަލީ

    ޝިފާޒަކީވެސް މިނިސްޓަރެއް! ހެހެހެ