އޭލެވެލް އިމްތިހާނުގެ އެއްވެސް ޕޭޕަރެެއް ލީކް ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެެވެލް އިމްތިހާނުގެ އެއްވެސް ކަރުދާހެެއް ލީކުވެެފައެެއް ނުވެއެވެެ. އަދި އިމްތިހާނުގެ ޕޭޕަރުތައް އަންނަނީ އެެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމުން ކަމަށާއި، މިކަމާ ގުޅިގެން ދެކެެވެެމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެެ.

ރާއްޖޭގައި މިފަދަ ކަމެއް ހިނގާފައި ނުވާކަން ހާމަކޮށް އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭން ބޭރުގައި މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު އަންނަނީ ބަލަމުން ކަމަށެެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

މިިއަހަރުގެ މެއި، ޖޫންގައި އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ބައެއް ގައުމުތަކުގައި އެ އިމްތިހާނު ބޭއްވުމުގެ ހުއްދަ އެޑެކްސެލްއިން ވަނީ ދީފައެވެ. އެގޮތުން އެޑެކްސެލް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު، ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވަނީ މާޗް މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރުމަށް އެޑެކްސެލް އިން ވަނީ ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެކުނުތަރި

    ޢެޑިއުކޭޝަން މިނިސްޓްރީއަށް ކެތްވަންޏާ އަހަރެންއަތައް ލިބިފަ މިވާ ޓެސްޓްޕޭޕަރ އަކީ މިފަހަރުގެ އިމްތިހާނުގަދިން ޕޭޕަރު ނޫންކަން ސާބިތުކޮަށްދީ. ބުރަމަސައްކަތްކުރާ ކުދިންނަށް ދެވޭ ކިހާބޮޑު އަނިޔާއެއްމީ.

    • ބޯފަޅައިން ދާވަރުވޭ😪

      އަސްލުވެސް😭 ދަރިވަރުންގެ ބުރަ މަސައްކަތް ހަމަ އަގެއްނެތް އެއްޗަކަށް މިވީ😣

  2. ލީކު

    ހުސް ދޮގު. މަ ދުށިން މިއަދުގެ ބަޔޯ ޔުނިޓް 5 ޕޭޕަރު ޑިސްކޯޑް ގްރޫޕެއްގަ 10ހާއިރު ލާފަ އިންދާ. މިކުދިން އެ ޕޭޕަރު ހަދަންއޮތީ 1:30ގަ. ހަމަ އެސުވާލުތަށް އައިއްސަ ހުރީ. ކާކަށް އޮޅުވާލަން ތިއުޅެނީ

    6
    1
  3. ބެލެނިވެރިއެއް

    މި ނޫސް ތަކުން ދެރައީ ވަގު ސަރުކާރުގެ ވަގުންތައް ދައްކާ ދޮގު ވާހަކަ ތައް ލިޔާތީ😏 ނިކަން ދަރިވަރުންގެ އިޙްސާސް ތައް ލިޔެބަލަ ދޯ😔 ޕޭޕަރުތައް ޕްރިންޓްކޮށްފަ ގޮސް މިނިސްޓްރީ ދޮރުމަތީ ތަތް ކުރީމަތަ ޤަބޫލު ކުރާނީ؟؟؟؟؟ ސަހާދެއްފަދަ😑 މިއޮށްފަދަ ރޯދަމަހު ވެސް އޮޅުވާލުމާއި މަކަރު🙄🙄🙄🙄🙄🙄🙄🙄🙄🙄🙄