ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމް އިއްވާފައިވަނީ ބޭއިންސާފުން ކުރި ޝަރީއަތަކުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރައީސް އަށް ހުކުމްކުރީ ބަނޑޭރި ގޭގެ ބޭރުގައި ފައްޖެހި އެނދެއްގައި ބާއްވައިގެން ކަމުގައެވެ.

"ރާއްޖޭގެ ފުރަތަމަ ރައީސަށް ހުކުމް އިއްވީ ބަނޑޭރިގޭ ބޭރުގައި ފަތްޖެހި އެނދެއްގައި ބާއްވައިގެން. ދެވަނަ ރައީސް ހުންނެވީ މުޅި އުމުރުގެ ބާކީ، ރާއްޖެއިން ބޭރަށް އަރުވާލެވިފައި. ތިންވަރަ ރައީސް ޖަލުގައި ތިން މަސް ބަހައްޓައި ބޭއިންސާފުން ޝަރީޢަތްކޮށް މިއަދު ޙުކުމް އިއްވަނީ، ރާއްޖެ ބަދަލުކުރަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މަޢުމޫން އާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ފަނޑިޔާރު ޢަލީ ހަމީދުގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި ކޮށްފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެ ބޭފުޅުންގެ މައްޗަށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިއަދު ވަނީ އިއްވާފައެވެ.

ދެ ފަނޑިޔާރުންނާއި ރައީސް މައުމޫޫންގެ މައްޗަށް އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު ހުކުމުގައި ވަނީ އެ ބޭފުޅުންނަކީ ދީނީ އަދި ގާނޫނީ އިލްމު ހާސިލް ކުރައްވައިގެން ތިއްބެވި މުހިންމު މަގާތަކުުގައި ތިއްބެވި ބޭފުޅުންނަށް ވެފައި އެފަދަ މަގާމުތަކެއްގައި ތިއްބަވައިގެން އެފަދަ އަމަލެއް ކުރެއްވުމުން އެބޭފުޅުން ދީނީ ނަސޭހަތް ދިނުމަށާއި، ގާނޫނީ ވަކީލުކަން ކުރުމަށް އަހްލާގީ ގޮތުންނާއި ސުލޫކީ ގޮތުން އެކަށީގެން ނުވާތީ އެ ކަންތައް ކުރުމުގެ ހުއްދަވެސް ބާތިލް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވިއުސް

    މައުމޫނުގެ މައްޗަށް ހުކުމް އިއްވީ ބޭއިންސާފުން ކުރި ޝަރީއަތަކުން ކަމަށް ކެނެރީގެ ނަޝީދު ބުނުމުން އޭނާ ދައްކާ ވާހަކަ މިހާރު ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާ ތަކުގައި ލިޔެވޭތޯ އެ ލިޔެވިގެން ނުވާނެއޭ ހޯމް މިނިސްޓްރީގެ ހުއްދަ އެއް ލިބުމަށް ފަހުގައި ނޫނީ އެއީއޭ މަމެން ދެކޭ ގޮތަކީ.

  2. އައްޓަމަސް

    ހޫމ ސިޔާސީމީހަކަށް ރަނގަޅުހުކުމެއް، އިންސާފުވެރިހުކުމެއްކުރެވޭތަ؟! އާއްމުރައްޔިތުންގެ ކިތައްމީހުންނަށް ފޯނުނުދީގެން ހުކުމްކޮއްފައިވަނީ؟! އެހުކުމްއަންނަނީ ތިޔަ ހުރިހާމީހުންވެސް ހިމެނޭ ޕާރޓިތަކުގެ މެމްބަރުން ވޯޓްލައިގެނ ފާސްކުރި ގާނޫނުއަސާސީގައި އެޔީކުށެއްކަމަށް ކަނޑައަޅާފައިވާތީއެއްނޫންތަ؟! ދެނޯ

  3. ބުރުހާނުއްދީން

    މައުމޫނު މިސްވީދޯ

  4. ޖޮއްބެ

    ތިޔަވާހަކަ އަނެއްކޮޅަށް އަނބުރާލުމުން ހުންނާނީ ރަނގަޅަށް.

  5. ނުރަބޯ

    ދެން މައިބަދައިގެ ޑްރާމާ ކުޅެފައި މައުމޫނުވެސް އިގިރޭސި ވިލާތަށް ނަޝީދު ގާތަށް ގެންދަންވީނު....؟؟؟

  6. ނުރަބޯ

    އިންސާފާ ބޭއިންސާފު ވަކިކުރާކަށް ޓެރަރިސްޓުންނަކަށް ނޭނގޭނެ.

  7. ިަިއިބުުު

    ކަލެެ މެނައް ހުކުމް އިއްވައި ފިއްޔަަ ބެއިންސަަފު އަހަރު މެނައް ވިއްޔަ އިންސަފު

  8. ބާބޫ ނާޒް

    މައިބަދަ ފަސްބުރިއަށް ބިންދައިގެން ގޮސްފަހުރި މިކަލޭގެ މީ ދެނިޔޭގައި ހުރި އިންސާފުވެރިޔާދޯ.....