އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހުގައިވެެސް އެެންމެ ރަނގަޅު މާލީ ނަތީޖާއެއް ލިބުނު އަހަރަކަށް 2020 ވަނަ އަހަރު ވެއްޖެ އެވެ.

އެކުންފުނީގެ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 224.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު، 253% އިތުރު އަދަދެކެވެ.

އެގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 224.72 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

"މި ނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު މާލީ އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ." އެމްޓީސީސީން ވިދާޅުވެފައި ވެއެވެ.

އަދި މިދިޔަ އަހަރު މާލީ ނަތީޖާއާއިއެކު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ކުންފުނީގެ ބޯޑުން ނިންމައިފައިވާއިރު، އެއީ 24.11 މިލިއަން ރުފިޔާ އެވެ.

2020 ވަނަ އަހަރު އެ ކުންފުނިން ގިނަ މަޝްރޫތަކެއް އެ ކުންފުނިން ހިންގާފައި ވެއެވެ. އެެގޮތުން 36 މަޝްރޫއެއް މުޅިން ނިންމާލެެވުނު ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ވިޔަފާރި ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާއި، އިސްތިރާޖީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އަދި އެ ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކުންފުނިން އަބަދުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމްޓީސީސީން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާދަމް ނަވާޒު

    އާދަމް އާޒިމް ގަދަ ވާނެ . ހިގުން ތެރި މީހެއް . މޮޅު ވިޔަފާރިވެރިއެއް .
    ރާއްޖޭ ގެ ވެރިކަން ހަވާލުކުރަން ފެނޭ .

    2
    16
  2. މޮޔަގޮލާ

    މީ ރައީސް ޔާމީން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ނަތީޖާ މިފެންނަނީ. ނިކަށް ދެކިބަލަ އެއޮތް ބޮޑު މަހާޖައްރާފަކުން ވެސް ޤައުމަށް ކުރާ ފައިދާ.

    24
    3
  3. Anonymous

    މާގިނައިން ތިވާހަކަނުދައްކާޕީ.ޕީއެމްގެވަގުންކޮޅު ތި ކުރިއެރުންވެސްކާލަފާނެ

    2
    17
  4. މާމީ

    މިހާރުވެސް އެންޑީޕީގެ ރަތްލާޖެހި ވަގުން ދަނީ ލިބޭ އެތިކޮޅު ވަގައް ކައި ހުސްކުރަމުން

    12
  5. ބަކުރު

    އެމްޑީޕީ ވަގުން ވަރަށްމޮޅުވާނެވަށްކަން ކުރަން މިސާލަކަށް ބަލަމާ ވެންޓިލޭޓަރު އެއީވެސް ވުޖޫދުގައި ނެތްވަށްކަމަކަށް ހަދައިފި .

  6. 🤔🤔

    އާ ދަމް އެއީ ވވ މުރާލި ބޭފުޅެއް. މިއޮއްބޮޑު ބަލިމަޑުކަމުގަވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ހީވާގި ހިންގުންތެރި ވެރިއެއް. ވިސްނުންފުޅު ހުރީ އަބަ ދުވެސް ކުންފުންޏަށް އެންމެ ފައި ދާ ވާގިތަށް އަ ދި ހިއްސާ ދާރުންވެސް ހެއްވާލުމާށް. ސާބަހޭ މުރާލި ބައްޕައެއްގެ މުރާލު ދަރިޔާ. ދެން ބުރަ މަ ސައްކަތްކުރި މުވައްޒަފުންވެސް ހެއްވާލާ. ޢޭރުން ތިއީ ހަމަ އެއްމެ ސަޅި އެމްޑީ.

    1
    6
  7. ދެންލަލަލާ

    އެމްޑީޕީ ކުދިންކޮޅު ކިތަންމެ ރުޅިއަޔަސް އެއީ ރާއްޖޭގެ ތަރައްގީ އައް މަސައްކަތް ކޮއްދެއްވި ރައީސްޔާމީންގެ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ

  8. އަހްމަދު

    އާޒިމް ހިސާބުންޢަދަދުތަކަށްކިޔާލުމަކުންނުފުދޭ ތިޔައީރައްޔިތުންގެ ކުންފުންޏެއް ސަރުކާރުންތިކުންފުންފުންޏައް ދައްކަންޖެހޭޢަދަދަކާ އަދިދެއްކިޢަދަދެއް އަދި ނުދައްކާބާކީ އޮތީކިހާވަރެއްކަންވެސް ރައްޔިތުންނައްސާފުކޮށްދީ

  9. ޙހހހ

    ލަދުހަޔާތެއް ހުރިނަމަ ސަރުކާރުން ޔާމީނުގެ މަސައްކަތަށް ޝުކުރުވެރިވާނެ ، ތިހުރިހާ ޝަރަފެއް ރ.ޔާމީނަށް ، ކަލޭމެން ބުނި ދަގަނޑު ބުރިން މުޅިޤައުމު ހިންގާ އެތައް ފައިދާއެއް އެހޯދާދެނީ

  10. ޚޮމަސް

    ހާލި ހެދީމަ ބިސް އަޅަނީ.

  11. ޚޮމަސް

    ހާލި ހެދީމަ ބިސް އަޅަނީ....

  12. ކޮބާތަ؟

    ހުރިހާ ކުންފުނި ތަކުން ތާރީޚްގަވެސް ނުވާވަރުގެ ފައިދާ ވާހަކަ އާއި ހިލޭ ލިބޭ އެހީ މީދުވަހަކުވެސް ނުލިބޭ ވަރަށް ލިބޭ ވާހަކަ އާއި ރެކޯރޑް އަދަދަކަށް ޕްރޮޖެކްޓް ހިންގާ ވާހަކަ އަދި ފަތުރު ވެރިކަމުން ލިބޭ އާމްދަނީ އިތުރުވާތީ އިދިކޮޅު މީހުން ޖޭވާވާކަ ދައްކާތީ ކޮންލަން އޮތީ ހަމަ އެންމެ ސުވާލެކެވެ. މާލީ ވަޒީރު ފައިސާ ޗާޕް ނުކުރެވިގެން މިއުޅެނީ ކީއްވެ ބާއޭ. ދެން ޗާޕް ކުރުމުގެ ހުއްދަ ނުދީފިނަމަ ގައު ހުއްޓުމަކަށް އަންނަން ޖެހެނީ ކީއްވެ ބާއޭ. ސުވާލަކީ މިފައިދާ މިވަނީ މިތަންތަނާ ހަވަލުވެ ތިބި ވެރިންނަށްތޯ ކުރެވޭ ސުވާލެވެ. އެހެނީ ސަރުކާރަށް މިވަރުގެ ފައިދާ އެއްވާނަމަ ރުފިޔާ ޗާޕް ކުރާން ޖެހިދާނެ ކަމަށް ނުފެނެއެވެ. އަދި ކޮވިޑާއި ގުޅިގެން އިޤްތިޞާދު ހީނަރުވި ވާހަކަ ދައްކާކަން ނުޖެހެއެވެ.