ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން އުޅޭޭ ކަމަށް އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މާނަފުން ޓްވީޓެއް ކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން މި ޓްވީޓު ކުރައްވާފައިވާ އިރު، ކޯލިޝަން ރޫޅިދާނެ ފަދަ ބަދަލުތަކެެއް މިސަރުކާރުގެެ ކެބިނެޓަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް މި ވަނީ ގަދަވެފައެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެެފައި ވަނީ، ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި، ކިބުރުވެރިކަން އިސްކޮށް އަނެކުން ނިކަމެތިކޮށް ހައްގުތަކުން މަހުރޫމް ކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ނާކާމިޔާބީއެއް ލިބުމަކީ ހާސްވެ ގޮތް ހުސްވެ މާޔޫސްވެެ ތިމާ އާއި ތިމާގެ ޖަމާއަތް ހަަލާކުގެ ތެރެެއަށް އެއްލާލެވެންވީ ސަބަބެއް ނޫން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާކަން މީގެ ކުރިން ރައީސް ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި މި ބަދަލުތައް ގެންނަވަން އުޅުއްވާކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ކޯލިޝަންގެ ލީޑަރުންނަށް މިހާރު ވަނީ އަންގަވާފައެވެ.

ކެބިނެޓަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރައްވާފައެއް ނުވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބައެއް މިނިސްޓަރުންގެ ވުޒާރާތައް ބަދަލުކޮށް، ބައެއް މިނިސްޓަރުން ވަކި ކުރަން ވަނީ ނިންމާފައެވެ. އަދި ވަކި ކުރާ މިނިސްޓަރުން ވަކި ކުރަނީ ޒިންމާ އަދާ ނުކުރެވޭތީ ކަމަށާއި، އަދި އެ ޒިންމާތައް އަދާ ނުކުރެވޭ ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބޭތީ ކަމަށް ލީޑަރުންނަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެއެވެ.

ރައީސް އޮފީހުން ވެސް ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

މިމަހު ކުރީކޮޅު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ބައެއް މުހިއްމު ދާއިރާތައް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ މޭޔަރު ކަމާއި، އިތުރު ގިނަ ގޮޑިތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޖާބެ

  ޢިމްރަނޫ ކޮބާހޭ މަރުތަކުގެ ހެކިތައް ، މުނާފިގުންނަކީ ކޮބާބާ ދިން ނަހަމަގޮތުގަ ބެނުންކޮށް ތިިޔަކެވެނީ އަލިފާން

  23
  1
  • ހަމީދު

   ދީން ނަހަމަ ގޮތުގަ ބޭނުންކޮއްފަ ކޮބާ. މިތާ ތިބީ ހުސް މުސްލިމުން. އިމްރާން ހުރީ ދާހިލީ ވަޒީރުކަމުގަ.

   1
   3
 2. ކުރަފަތް

  މަގާމގ3އްލެނީ

  17
  1
 3. ސަނީ

  ހަހަހަހަހާ، ސޭކުގެ އަޖަލު ހަމަވެއްޖެހެން ހީވަނީ

  21
  3
 4. ޢަޒު

  ޢިމްރާނުގެ ޖަމާޢަތަކީ ލާދީނީ ޖަމާޢަތްތޯ؟އެހެންކަމަށް ވާނަމަ ސުވަރުގެއަށްވެސް ނަރަކައަށްވެސް ދާނީ ބައިވެރިވެ އެކުއުޅުނު ޖަމާޢަތަކާ އެކުގަ އެހެންނޫންތޯ؟

  17
 5. ޢަހު

  މީހެއްގެ އަޖަލު ކަނޑަ އަޅުއްވާނީ ވެރިފަރާތުން އެއީ މީހަކަށް ކުރެވޭނެ ކަމެއްނޫން

  16
 6. ސޫއޫދު

  ސަރުކާރު ތަޅުވާލުމުގެ ގާބިލްކަން ޕީޕީއެމަށް އެބަހުރި: ސިއްދީގު 2 މަސްކުރިން ވަގުތު އިމްރާނުއައް ދިންރައްދެއް މިއަދުފެނިގެން މިދަނީ ތަޅުވާލުމުގެ ސަބަބުން ހާސްވެ މޭވެސްތެޅޭތަން ސިއްދީގު ބުނިހެން

 7. އުގުރި

  ﷲ އަށާއި ރަސޫލާއަށް ފުރައްސާރަ ކުރި އިރު ތިފަދަ މަގާމެއްގައި ހުރެ ބަ ހެއް ބުނަން ނުކެރި ހުރިއިރު ކޮންކަމެއްތޯ ދެން ކޮއްދެވޭނީ..

 8. މޮޔަގޮލާ

  އެއުޅެނީ އެއްލައިލަފާނެކަމުގެ ބިރު ހީވެގެން.

 9. އަބްދޫ

  ކޮންމެ މިހަކު ވެސް ވިސްނަން ޖެހޭ ސަބަބކި ކޮންމެ ކަމެއް ކަމިޔާބު ކުރުމުގާ ވެސް އެތައް ބައެއްގެ އެއްބަރުލުން ބޭނުންވާކަން. ނާކާމިޔާބު ވެގެން ދަނީ ހިޔާލު ތަފަތު ވުމާއި ބައބައިވުން އުފެއްދުމުން ކަން.ސިޔާސީ މީހަކަށް ވެވޭނީ ތިމާގެ އެންމެ ބޮޑު ވާދަވެރިޔާގެ ތާއީދު ހޯދާނެ ގޮތް އެގޭ ފަދަ ވިސްނުން ހުރި މީހަކަށް ވެވިގެންކަން. ނޫންނަމަ އެމިހަކު ވަނީ ނާކާމިޔާބު މީހަކަށް.

 10. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

  އިރާދަކުރެއްވިޔާ މިފަހަރު ހެޔޮ ބަދަލެއް ވުޒާރާތަކަށް އަންނާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

 11. ޓަކިބޭ ދައިތަ

  ﷲ ތަޢާލާ ދެއްވި ޢިލްމުން އެކަލާނގެ ދީން މިފަސްގަނޑުގައި ނުފަތުރައި، އާޚިރަތް ވިއްކާލައި ދުނިޔެ ގަތުމުން ވާނެ ހަޔެތި ވެނިމެނީއެވެ. ފިލްމު ނިމެނީއެވެ.