ރަމަޟާން މަހަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލަފާ ދެއްވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމުން، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕް ތެރޭގައި އެ ޕާޓީގެ ބައެއް މެންބަރުން އެކި ގޮތް ގޮތަށް ވާހަކަދައްކަމުން ދަނިކޮށް އެމަނިކުފާނު ފޮނުވި މެސެޖެއްގައެވެ.
އެ ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް ސާލިހްގެ އެ ނިންމެވުމަށް ލަފާ ދެއްވި ކަމަށް ވެސް ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީން ރޯދަ މަހު ގެއަަށް ބަދަލުކުރެއްވުމަކީ ރަނގަޅު ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި އަޅުގަނޑު ލަފާ އެރުވިން. އެ ނިންމެވުމުގައި އަޅުގަނޑު ބައިވެރިވަން" ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.
އެނގިފައިވާ ގޮތުގައި، ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމުން، އެމްޑީޕީގެ އެެތެެރޭގަައި ވަނީ ހިޔާލުތަފާތުވުމެއް އުފެދިފައެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން ކޯލިޝަންގެ އެހެން ބައެއް ބައިވެރިން ވެސް އެކަމާ ނުރުހި ވާހަކަ ދައްކައެވެ. މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ގިނަ މީހުން ރައީސް ޔާމީނާ މެދު ނުރުހުން ފާޅުކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި މި ސަރުކާރުގެ ގިނަ އިސް ބަޔަކު ޖަލަށް ލުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަށެވެ. މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ގިނަ މީހުން ދެކެނީ އެ ޚިޔާނާތުގެ "ބޮޑަކީ" ރައީސް ޔާމީނެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވި ކަމަށް ރައީސް ޔާމީން އިންކާރު ކުރައްވައެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ، މާފުށީ ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަކަށެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލާނެ ކަމަށް ބެލެވެއެވެ.
ރައީސް ޔާމީނަށް ތާއީދު ކުރާ އެތައް ހާސް މީހުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ "ސިޔާސީ" ދައުވާތަކެއް ކަމަށެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖްތައް ކުރަމުންނެވެ. އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ އަމާޒަކީ އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ގޮތެއް މެދުވެރި ކުރުމެވެ.
ހުސްދޮގު ކަޑައެޅިގެން ދޮގުހަދާމީހެއް ނަސީދަކީ
މަލް ޢޫނު ނަހަދާނެ ތެދެއް.
އޭނާ ބުނާ އެއްޗެއްގެ އިދިކޮޅު އެއީ އެބުނާ ކަމެއް ހިނގިގޮތް ނުވަތަ ހިނގާނޭ ގޮތް.ބ
މޮޅު އެއްޗެއް ފަޅާލީއޭދޯ ކަލޭ ހަދާނެތަ ތެދެއް ދެން ހީކުރައްވަނީ މީހުން ކަލޯ ބަލައިގަންނާނެކަމަށް ސޮރީ ރަނގަޅަށް ވިއްޔާ ތިޔަބުނެވުނީ އިނދިކޮޅަށް ކަލޯ ލަފާ ދީފާނެ ރޯދަމަހަށް ހާއްސަކޮށްގެން ބަހައްޓަން. ގުނބޯ ހައްފަވަން ނޫޅުއްވާ
ޝުކުރިއްޔާ ރ ނަޝީދު
އާދަމުގެ ދަރިންގެ ތެރޭގައި ހިޔަޅު ބުއްދި ހުރި މީހަކަށް ހުރީ މީނާގެ އެކަނި ކަމަށް ހީކޮށްގެން އުޅޭ ނުބައި ނުލަފާ ޖައްބާރު ޚުދުމުޚުތާރު ދޮގުވެރި ޑިކްޓޭޓަރެއް.
އެހެންވީމާ މީގެން އެނގެނީ ސިޔާސީ ކަމެއް ކަން. ސިޔާސީ މީހުން އެދުނީމާ ޖަލަށް، ޖަލުން ގެއަށް.
ތިއީ ދެތެއްނަމަ ތިބާއަށް ހެޔޮގޮތްތަކަށް އެދެން.
ސާލިހހަކީ ވެރިއަކަށް ވާން ފަށައިފި. ޖެހިގެން އަންނަ ރިޔާސީ އިންތިހާބުގައި ސާލިހަށް ތާއީދު ލިބޭނެ.
ނަސީދު ހަމަހޭގަހުރެގެން ރައީސްޔާމިން ގެޔައްބަދަލުކުރާކައް ލަފަޔެއްނުދޭނެ މީވަރައްވާހަކަ
ޝުއަރ ނަޝީދު..
ޖަލަށް ކޯވިޑު ވަނީ މާ ގޮތްހުސްވެގެން ގެއަށް ބަދަލުކުރީ.
ވަގުންކޮޅުހާދަވަރަކަށް ތިފެނީ ރައީސް ނަސީދުދޮގެއްނުހަދާނެﷲ ނަސީދަށްހޮޔޮރަހުމަތްލައްވާދޭވެ
ހެޑްލައިނެއް ހޯދާލީ... ފަލަސްޠީން/އިޒްރޭލް ވާހަކަ ނުހިނގީމާ
ވެރިކަމާއި ހަވާލުކުރީމާ ރައްޔިތުންގެ ފައިސާއިން ކުރީ ވައްކަން އަމިއްލަ އެކައުންޓައް ޖަމާކުރަނީ އަދި ނޭގެ ބޭރުގެ އެކައުންޓުތަކުގައި ހުރީ ކިހާވަރެއްކަން ، އެވަރުގެމީހަކު ތިހިރީ ރޯދަމަހުގައި ގެޔައް ބަދަލުކޮއްފައި އެހެންވީއިރު ޖަލުގައިތިބި އެހެން ކުއްވެރިން އެމީހުންގެ ގެޔަށް ބަދަލުނުކުރީ ކީއްވެގެންތޯ؟އެއީ އިންސާނުން ނޫންތޯ؟ ކޮނަކަހަލަ އިސްލާމީ ޝަރީއަތެއް ، އިންސާފެއްއޮންޤައުމެއްތޯ މީ؟؟؟؟
ލާދީނީ ފިކުރުގެ އެއްވެސް މީހެއް ހަމައިގައެއް ނުހުންނާނެ.
ދެން އަހަރުމެން ބުނަންވީ މީ ބޮޑުވަޒީރޭތަ؟ ކިހާދެރަކަމެއްތަ ދެން މިއޮތީ ޖެހިފައި.
އެހެންވެދޯ ރަމްލޯންމަސްފެށުމުގެމާކުރިން ރައީސް ޔާމީންގެއައްބަދަލުކޮށްދެއްވީ މިބަހްލޫލު ދުވަހަކުވެސް ތެދެއްނުހަދާނެ ﷲމީނަޔައް ތެދުމަގުދައްކަވާށި
ބަލަގަ ޑިމޮކްރެސީ ދައްނަ ބައެއްނަމަ އެއްމެ ފަހަށް ނެގި ވޯޓްގެ ނަތީޖާއަށްފަހަށް އިސްތިއުފާދޭނެ.
އަދި ބުނަން އެވޯޓުން އެބުނެދިނީ ޕޕމ ގެ ރިޔާސީ ކެންޑިޑޭޓް ޖަލަށް ލައިގެން ނުތިބެވޭނެއޭ.
ކަލޭތީ ކާކު؟ ދޮގެެއް ހެދެން އޮށްވާ ތެދެއް ހަދާނެތަ ތި ސަިތާނު؟
ޢެމްޑިޕީ އާ ކޯޅޭޝަން ދެން ލަލަލާ . ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ޔާނު ހަމަ ގަޓްރަ އީސެ އް . ޙާދަބިރެކޭ ދޯ އެމްޑިޕީ ކުދިން މި ގަންންނަނީ.. 2023 އަށް ކުޑަގޮޅި ހުސްކުރާނެ
ތިމަންނާއަކީ ބީރުބޮލު ވަޒީރަށް ހެދިގެން ކޮންމެވެސް ނޫހެއްގެ ފަލަ ޞުރުޚީއަށް އެރޭތޯ ބަލާނެއެވެ.
މިކަލޭގެ އަކީމީ މާބޮޑު ވަޒީރެކޯ ؟؟
މިކަލޭގެދާންވީނުން އިންޑި އާ އަށް .
އިންޑި އާ އަށް އެ އުޅެނީ
ރަނގަޅުބޮޑުވަޒީރަކުނުލިބިގެން !
ކެކެކެ މިހިރީވާ ފައްކާ މީހެއް.
އެހެންވިއްޔާ ބުނެބަލަ ގާޒީ ބަދަލު ކޮށްގެން، ކުޑަކުދިންގެ ވިސްނުމުން ހުކުމްކުރާ ގާޒީއަކު ލައިގެން މުލަކު އަލީ ޒާހިރު ކިޔާ މީހަކު ލައްވާ ހުކުމް ހަދައިގެން، ސާބިތުނުވި މައްސަލައެއްގަ ޔާމީން ޖަލަށް ލާން ނުހައްގު ހުކުމެއް ކުރުމަކީ ކަލޭގެ މޮޅުކަމުން ރޭވި ހިނގައިދިޔަ ކަމެއް ނޫންތަ؟
ގައުމުގެ ބައިތުލްމާލު ލޫޓުވާލި ބޮޑުވަގަކު ކީއްކުރަން ގޭގަ ބަހައްޓަނީ އޭނަ ހަމަ ޖަލުގަ ބާއްވާ ދެންވެސް ދޫކޮށްކިޔަސް ހަމަކުރާނީ ވައްކަން
މިހާރު ރޯމާދުވާލު މިސަރުކާރުން ކުރާ ވަ އްކަން ކަލެ އަށް ނުފެނޭތަ، ހުސްވަގުފުރޭތަ
މަލް ޢޫނު! ނަހަދާނެ ތެދެއް!
ޔާމީން ނޫނީ ޖަލުގައި ކުށްވެރިން ނެތީތަ؟
ހުކުމް އިއްވުމަށް ފަހު އެހުކުމް ތަންފީޒް ކޮށް ނިމެންދެން ޖަލުގައި ބާއްވާ....