ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މި އަހަރުގެ ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

1990 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނެރެމުން އަންނަ ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓުގެ މަސައްކަތަށް މިނިސްޓަރު ޝާހިދު ވަނީ ތައުރީފް ކުރައްވއަިފައެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުން އިޖްތިމާއީ ގޮތުން ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރައްވާފައިވާ ކަންތައްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ޕެރިސް އެގްރީމެންޓާއި، އެސްއޭއެމްއޯއޭ ޕެތްވޭ އާއި ފެމިނިސްޓް އެކްޝަން ފޯ ކްލައިމެޓް ޖަސްޓިސްގެ ދަށުން ބްލޫޕްރިންޓް ފާހަގަ ކުރެއްވިއެވެ. އިތުރު ދެތިން ބަޔަކާއި ގުޅި ކްލައިމެޓް ޗޭންޖްއަށް ހައްލެއް ހޯދުމަށް ގޮވާލައިފައިވެއެވެ.

ޔޫއެން ކަންޓްރީ ޓީމުގެ ފަރާތުން ކޮވިޑްގައި ކުރިމަތިވި ދަތިތަކުން އަރައިގަންނަން ލިބުނު އެހީ މިނިސްޓަރު ޝާހިދު ޝުކުރުވެރިކަމާއެކު ބަލައިގެންނެވިއެވެ.

މި އަހަރުގެ ރިޕޯޓުގައި އަލިއަޅުވާލައިފައި ވަނީ ގްލޯބަލް ޑިވެލޮޕްމެންޓްގައި މީހުންގެ ހިތްވަރަށެވެ. އެންމެ ފަހުގެ މި ރިޕޯޓަށް ބަލާއިރު ރާއްޖޭއަށް ކުރިއެރުން ލިބިފައިވެެއެވެ. އެގޮތުން، ދުނިޔޭގެ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގެ 104 ވަނައިން 95 ވަނައަށް ރާއްޖެ ވަނީ ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕެޑްމޭން

    ކިތަންމެ ޗާލީވެގެން ފޮޓޯގަޑަށް ހުއްޓުނުކަސް ދިވެހިންގެ ވެރިއަކަށް ކަލޭ ގެންނަން ދިވެހިންގެ މެޖޯރިޓީ ބޭނުމެއްނުވެއެވެ. ސަބަބަކީ އޮޅާލަން ޖެހޭ ކަން ދާދިފަހުން ބޭއްވި މެހެފިލްއެއްގައި ކަލޭ ކަރުބުޑަށް ބާރުލާފާ ފެލުނީމައެވެ. ދެވަނަ ސަބަބަކީ މިނާޒުކު ދަތި ދަނޑިވަޅުގައި އަމިއްލަ އެދުން އިސްކޮށް ދިވެހިރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދިއުމެވެ. މިކަމުން އެގިގެންދަނީ ކަލޭތީ ވަރަށް ނުލަފާ ޖައްބާރު މައްކާރު އެދުންބޮޑު ޖާހިލު މީހެއްކަމެވެ. ދިވެހިން ކޮންމެ ހާލެއްގައި ތެޅުނަސް ތިމާގެ އެދުން ތިރިނުކުރާނެކަމެވެ. ކަލޭ އެންމެ ރަގަޅުވާނީ އެފްރިކާގެ ގައުމެއްގެ ރައީސްކަން ހޯދާ ސައްލާ ކުރިއްޔާއެވެ. މިބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން މާލޭގެ ރައްޔިތުން ވަނީ އޮޅާފަ ޖަހާފަކަން ހަދުމަކޮށް އަރުވަން ވަކިވެލަމެވެ. ރަމަޟާން ކަރީމް.