މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 465 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މީގެ ކުރިން ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު ފައްސިވީ 464 މީހުންނެވެ.
މިއަދު އަތޮޅުތެރެއިން ވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވަނީ 242 މީހުން ފައްސިވެފައެވެ. މިއަދު މާލެ އިން ފައްސިވީ 193 މީހުންނެވެ. ރިސޯޓްތަކުން މިއަދު 25 މީހުން ފައްސިވިއިރު ސަފާރީތަކުން އިތުރު ފަސް މީހުން މިއަދު ފައްސިވިއެވެ.
މިއަދު 465 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3305 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. އެހެންކަމުން މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ %14.07 ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ކޮވިޑަށް ކުރާ ޓެސްޓްތަކުގެ އަދަދަށް ބަލާއިރު މިހައި މަތީ އިންސައްތައެއް ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައިނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަކިއިތުރެއް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އެޗްޕީއޭ އިން ނުގެންގުޅެއެވެ. ނަމަވެސް މާސްކް އެޅުމަށާއި އަތް ދޮވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ޤައުމުގަ ވެރިޔަކު ނެތީތޯ، ރޯލާނެ
ހުރިހާ ގައުމެއްގައި ރެކޯރޑު ހަދަމުން ދަނީ@ އިންޑިއާ އޮތީ ރެކޯޑު ހެދުމުގައި އެންމެ އުހުގައި
ހެހެހެހެ..އޭނަޔާނުބެހިބަލަ ދޯ؟؟ ފަރު ދީޒިންމާ އުފުލީމަ ރަނގަޅުވާނެ..އޭނަޔަކަށްވެސް ފަޒުނާއުފުލާލަ އެންމެނެއް ނޫފުލޭނެ...
އިންޑިއާއިންވެސް ރިކޯޑު
ރާއްޖެއިންވެސް ރިކޯޑު
މައިމޫނާ ހަމަޖެހިލައިގެން ވިސްނާލަބަލަ ކުރިޔަށް އޮތީ ރަމަޟާންމަހުގެ ފަހުދޔވަސްތައް
އޮފީސްތަކުންވެސް ފައްސިވީމަ އެއްބަޔަކު 14 ދުވަސް އަނެއްބަޔަކު ކޮންތެކްޓް ވިޔަސް ނެރޭބަ މިހާރު އުޞޫލެއް ގަވާއިދެއްނެތް އަނެއްކާ އަނެއް އިންތިހާބު ކުރިމަތިކޮއްފި މިއުޅެނީ ސަލާމަތް ނުވެވިގެން އާދޭސްކޮއްފަ ބުނަން ހަފްތާއަކަށް ނަމަވެސް ގައުމު ލޮކްޑައުންއަކަށް ގެންދެބަލަ
ކޮބާތަ މައިމޫނާ.؟..ކޮބާތަ އޭނާ..؟..ކޮވިޑޯ..ކޮވިޑަކީ އުޅޭ އެއްޗެއްނޫން..
ޕީޕީއެމް ބޮޓުންތައް މުޒާހަރާ ކުރާތީ މިހައި ހަލުވިކޮށް ކޮވިޑް މި ފެތުރެނީ. ވަގު ގައްދާރުންތަކެއް
މިފަހަރު މީ ސަރުކާރުގެ އިހުމާލެއް. ޓުއަރިޒަމް މިނިސްޓަރު މިކަމުގަ ޒިންމާ ނަގަން ޖެހޭނެ. އިންޑިއާގަ ހެސްކިޔާފަ ބަލި ފެތުރެމުން ދިޔައިރު، ކީއް ކުރަންހޭ އިންޑިއާ ފަތުރުވެރިން އާންމު ރަށްރަށުގެ ގެސްޓް ހައުސް ތަކަށް ގެނައީ. ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާ.
ޢަދިވެސް ޓެސްޓް ބާއްވަނީ ދެން ކޮވިޑް ނުފެތުރުނީޔާ ރަނގަޅު