ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހިސަރުކާރަށް އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އާއިލާއަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ." ފުލުހުން ވިދާޅުވިއެވެ.
މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ބޭރު ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ ވަރަށް ގިނަ ދިވެހިން މިހާރު ވެސް ސީރިއާގެ ކޭމްޕްތަކުގައި ވެސް އެބަތިއްބެވެ. ނަމަވެސް ލިޔެކިޔުންތައް ނެތުމުން އެމީހުން އަނބުރާ ރާއްޖެ ގެނައުމަށް ވަނީ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައެވެ.
ތިވާނީ ކޮންމެވެސް ސިޔާސީ އިސްބޭފުޅެއްގެ ގާތްބަޔަކަށް، ނޫނީ ތިހާވަރަކުން ނޫޅޭނެ
ޚަބަރު: "ބޭރު ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި.."
ދާޚިލީ ހަނގުރާމައެއްވީމަތޯ އެމެރިކާ، ނޭޓޯ އަދި ރަޝިއާގެ އަސްކަރިއްޔާއިން އެސަރަޙައްދުގައި ހަރަކާތްތެރިވަމުން އެދަނީ؟؟
ތިމީހުން ނުގެންނާތި! ތުރުކީން ފޮނުވާލައިފިއްޔާ ފަޅުރަށެއްގަ ބައިތިބައިގެން "ޑީ ރެޑިކަލައިޒު" ކުރަންޖެހޭނީ.ތިމީހުން ގެންނަން ވާގި ދޭނީ ސޭކު ޑރ ގުރޫޕު މީހުން .
ޙައްޕު ގެ
އަނިޔާވެރިކަން
ކޮންމެހެން ރާއްޖެ ގެންނާކައް ނުޖެހޭ. ކީއްކުރަންތަ ދިޔައީ. މިތާ ރީތިކޮއް ދިރި އުޅޭނެތީ. ޖިހާދު ކުރާންސޯ. މިހާރު ރާއްޖޭގަ ތިބެގެން ވެސް ޖިހާދު ކުރެވޭ. ޕަޕްޖީ އިން މިހާރު ޖިހާދު ކުރަނީ.
ކީއްކުރަންހޭ ތިބަޔަކު ގެންނަންވީ، ޝަހީދުވާންދިޔަ ބަޔަކު ޝަހީދުވާން ދޫކޮށްލާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ފެމިލީ މީހެއް
އަސްލުތަ؟؟
އެއީ ދޯ މިވީގޮތަކީ. ތިކަހަލަ ކޮންމެސް ގޮލަޔަކާ ގުޅިފަ އޮތީމަ ދައުލަތުން ތިވަރަށް ތި ތެޅިބާލަނީ.
މިހާރުވެސް ކަޅެއް ދޮނެއް ނޭނގޭވަރަސް ޓެރަރިސްޓް ޖަމާޢަތްތަކަށް ބައިއަތު ހިފައިގެން ތިބި އެތައްބައެއް މިރާއްޖޭގަ އެބައުޅޭ ކަމަށް އެބުނަނީ. ސީދާ ހަނގުރާމައިގެ މައިދާނުން މީހުން އަނބުރާ ގެނައިމަ މިތަން ވާނީ ދިރިއުޅެން ބިރުވެރި ތަނަކަށް. ކަލޭމެންނަށް ހަރުދަނާކޮށް މަސްތުވަތަކެތި ނަގާ މީހުންވެސް ރިހެބިލިޓޭޓް ނުކުރެވޭ. ަަަަަަަަަަަަަަަ ސިކުނޑި ފަސާދަކޮށް އަނިޔާވެރިކަން ދަސްކޮށްދީފަ ތިބޭބަޔަކު ރަނގަޅު ކުރެވޭނީ ދެން ކިހިނެއް. އަހަރެމެންގެ ގައުމުގަ އޮތް ބިރުވެރިކަން ވަކި ކުޑައެއްނޫން. ރައްޔަތުން މުޒާހަރާ ކޮށްގެންވެސް މިމީހުން ގެނައުން ހުއްޓުވާ. ގޮސްގޮސްފަ އަންނަން ހިފައިފިއްޔާ އަހަރެމެންގެ ޅަދަރިންގެ ސިކުނޑިއާވެސް ކުޅޭނެ. ގައުމު ސުންނާފަތި ކުރާނެ
މިކަހަލަ ކަންކަންވާތީ މޫނުބުރުގާ އަޅަން ޖެހެނީ އެމީހުންނަށް އުނދަގޫވާނެ މިގައުމަށް އައިސް ޕަބްލިކާ ފޭސްކޮށްގެން އުޅެން މޫނުބުރުގާއެޅީމަ ވާނުވާނޭނގޭނެ ދަތްނޫނގުޅިއަސް ވަސްވެސްނުދުވާނެ މަގުމަތިންދާ މީހުންނާދިމާއަށް އަނގަވައްތަރުޖެއްސިއަސް ނޭނގޭނެ
ކަލޭ މާސްކު އަޅައިގެން އުޅޭގޮތް ކިޔާދޭނެ ކަމެއްނެތް
ލޮލް
Thibunaa varuge thaqwaa huri meehun mithanun ufan vaa nama mithanaku drug massala onanee maithiri vefa. Sababakee haqeeqee thaqwaa veri eh ge Quran adu ivifa meehun vaguthun drug vabain salaamai vaane
އެއީ ދިވެއްސަކައް ވިއްޔާ ގެންނަން ޖެހޭނީ! އަމިއްލަ އައް ފޭހުނު އިލޮށި އަމިއްލަ ލޮލައް ހެރޭނެ! މި ގައުމުގަ ‘އެއްކޮޅު ޓިކެޓް’ ދިނުމަކީ ބައެއްގެ ބިޒްނަސް އެއް. ލޯމަރައިގެން ނުފެންނަ ކަމައް ހަދައިގެން ތިބުމުގެ ކޮޅުމަތި މި އީ. ކެެރިގެން އުޅެގެން ރަގަޅު ވާނީ މި ކަންކަން. ޢެކަމަކު ދިވެހިންނަކައް އެބައިގަޑަކައް ނުކުޅެވޭނެ! ގަޓެއްނެތް!
ތިޔައީ ހަމަ ޔަޤީނުންވެސް އާދައިގެ ރައްޔިތެއްގެ ތިމާގެ ބަޔަކަށް ނުވާނެ. ގއ. ކޮނޑޭ ޢާއިލާއެއް ވަނީ މީގެކުރިން އެމީހުންގެ ގއ. ކޮނޑޭގައި ހުންނަ އަމިއްލަ ގެ ބަޔަކަށް ވިއްކާލާފައި ސީރިޔާ އަށް ގޮސްފައި. ތިޔަ ބުނާ މިނިސްޓަރުގެ ބައްޕައަކީ އެރަށަށް ނިސްބަތްވާ މީހެއް. އެމީހާގެ ދަރިންނާއި ދަރިން އިނދެގެން އުޅުނު އަނބިންނާއެކު ހުރިހާ ކުދިންވަނީ ސީރިޔާއަށް ގޮސްފައި އަދި އަދަށްވެސް އެމީހުން ދުއްވި ފްލައިޓް ވީތަނެއް ވެސް ނޭގެއޭ ބުނޭ. އެފްލައިޓް ދުއްވަން އިނީ ވެސް އެބައްޕަގެ ދަރިއެކޭ ބުނޭ. އަދި އެއީ އެމެރިކާ އިން ކިޔަވާފައިވާ ވަރަށް މޮޅު ޕައިލެޓެއްކަން ވެސް އެނގިފައިވޭ. ރާއްޖެއާއި ދުނިޔޭގެ މީޑިޔާތަކުން ވެސް މިޢާއިލާ ސީރިޔާއަށް ދިޔަކަން ރިޕޯޓް ކޮށްފައިވޭ.