ދަތުރުކުރަމުންދިޔަ ދޯންޏަކަށް ދިޔަވެ މިރޭ ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ، މި ހާދިސާގައި ދިޔަވެ ހާލުގައި ޖެހިފައިވަނީ "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މުދާ ހިފައިގެން ދަނިކޮށް މި ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހަކު ތިބިކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިރޭ 19:45 ހާއިރު ކަމަށެވެ.
ދޯންޏަށް ދިޔަވާން ފެށީ ކ. ގާފަރުގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި އޮއްވައެވެ. ދޯންޏަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ ކާށިދޫގައި އޮތް ސީއެމްބިއުލާންސް އެވެ. އޭގެފަހުން ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) ވެލާނާ ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
21:50 ހާއިރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދޯނީގައި ހުރި ބައެއް ލަކުޑި ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި ދިޔަވުން ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.
އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކާށިދޫކަޑަށް ދިޔަވަނީ، ދޯންޏަކަށް ނޫންދޯ ހެހެ
ކާށިދޫ ކައިރިން ދަތުރުކުރި ނާށިދޫ ދޯއްޏެއް އެއީ..