ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ފާއިތުވި އެއްމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ފުރަތަމަ ފަހަރަށް %14 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު 3305 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 465 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %14.07 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގެ ހާލަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަރަށް ބޮޑަށް ގޯސްވަމުން އަންނައިރު ކޮވިޑަށް ޓެސްޓް ކުރާ ނިސްބަތުން ފައްސިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިއްޔެ ވެސް 2556 މީހުން ޓެސްޓް ކޮށްގެން %12 ކަމަށްވާ 318 މީހުން ކޮވިޑަށް ފައްސިވިއެވެ. ބުދަ ދުވަހު 3948 މީހުން ޓެސްޓް ކޮށްގެން %11 ކަމަށްވާ 464 މީހުން ކޮވިޑަށް ފައްސިވިއެވެ.

އޭޕްރީލް މަސް ފެށުނުއިރު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ %2 މީހުންނެވެ.

ކޮވިޑަށް ކުރާ ޓެސްޓްތަކުގެ އަދަދާއި ފައްސިވާ މީހުންގެ ނިސްބަތަކީ ބަލީގެ ހާލަތު އޮތް މިންވަރު އެންމެ ރަނގަޅަށް ފެންނަން އޮންނަ ތަފާސް ހިސާބެވެ.

ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު މިއަދު އަތޮޅުތެރެއިން ވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވަނީ 242 މީހުން ފައްސިވެފައެވެ. މިއަދު މާލެ އިން ފައްސިވީ 193 މީހުންނެވެ. ރިސޯޓްތަކުން މިއަދު 25 މީހުން ފައްސިވިއިރު ސަފާރީތަކުން އިތުރު ފަސް މީހުން މިއަދު ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބީރުމީހާ

    މައިމޫނާ ހަމަޖެހިލައިގެން ވިސްނާލަބަލަ ކުރިޔަށް އޮތީ ރަމަޟާންމަހުގެ ފަހުދޔވަސްތައް
    އޮފީސްތަކުންވެސް ފައްސިވީމަ އެއްބަޔަކު 14 ދުވަސް އަނެއްބަޔަކު ކޮންތެކްޓް ވިޔަސް ނެރޭބަ މިހާރު އުޞޫލެއް ގަވާއިދެއްނެތް އަނެއްކާ އަނެއް އިންތިހާބު ކުރިމަތިކޮއްފި މިއުޅެނީ ސަލާމަތް ނުވެވިގެން އާދޭސްކޮއްފަ ބުނަން ހަފްތާއަކަށް ނަމަވެސް ގައުމު ލޮކްޑައުންއަކަށް ގެންދެބަލަ

    4
    1
  2. އަބްދޫ

    ޓެސްޓް ސާމްޕަލް މަގުމަތިން ނަގައިގެން ދުވަހަކު ވެސް ދިވެހިގައުމުން ކޮވިޑް ނުފިލުވޭނެ.މަގުމަތިންނެގީމަ އެގެނީ މުޖްތަމައުގަ ބަލި އުޅެ ކަންއެކަނި. ބަލި ރަނގަޅުކުރަންބޭނުންނަމަ ގޭބިސީތަކުން ޗެކްކޮށްގެން ބަލިޖެހިފަިވާ އެންމެން މުޖްތަމައުން އެކަހަރި ކުރޭ. ދިވެހި ރާއްޖެއިން ލެޕްރަސީ ފައިލޭރިޔާ ޓީބީ މެލޭރިޔާ ކޮންތްރޯލް ކުރީ ހުރިހާރަށެއްގެ ހުރިހާ އެންމެން ޓެސްތްކޮށް ބަލިމީހުން ދެނެގަނެވިގެން. އެއީ ވަސިލަތެއްވެސް ނެތް ޒަމާނުގަ ހެލްތްއެސިސްޓެންޓުންގެ ބުރަ މަސައްކަތް. މިއަދު މިއުޅެނީ ހުރިހާ ވަސިލަތެއްހުރެ ޑޮކްޓަރުންނާ ނަރުހުން ތިބެމެ އެއްވެސް ކަމެއް ނުކުރެވިގެން. ކީރިތި ރަސުލާގެ ހަދިސްފުޅު ރަށެއްގާ ތާއޫން ފެށިއްޖެ ނަމަ އަރަށަކުން ނުނިކުތުމަށާ އެރަށް މީހުން ނުވަނުމަށް. މުސްލިމްގައުމެއްގަ މިހަދިސްފުލަށް އަމަލު ނުކުރުމަކީ މިބަލި ކޮންތްރޯލް ނުވެ ފެތުރިގެން ދިއުމުގެ އަސްލު.އަދިވެސް ވަގުތުއެބައޮތް އަވަސް ކުރައްވާ.

    • ރޯނުއެދުރު

      މި އުޅެނީ ޠާޢޫން ބަލި ފެތުރިގެންތަ؟