23:12

މިއަދު ވެސް ރާއްޖެ އިން ރެކޯޑެއް: 508 މީހުން ފައްސިވެއްޖެ.

18:48

އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ދޭން ފާއިޒާ ވެކްސިން ގަންނަން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރ އަހުމަދު ނަސީމް ވިދާޅުވެއްޖެ

17:54

ގދ. ތިނަދޫން ތިން މަހުގެ ކުއްޖަކާއެކު އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:24

ކޮވިޑް-19 އާ ގުޅިގެން މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

17:00

ހއ. ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:09

ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ހދ. ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފި

16:02

ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލްނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި

15:54

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހިތްދަތި ހާދިސާތަކާއި މަސައްކަތްތަަކުގެ ސަބަބުން އިންޑިއާގެ ޑޮކްޓަރަކު އަމިއްލައަށް މަރުވެއްޖެ.

15:40

އިންޑިއާގައި ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވެ، އެ ބަލީގައި މަރުވަމުން ދާތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފި

12:57

ކ. ހިންމަފުށީގައި ކޮވިޑް-19 އަށް އިތުރު ހަތް މީހަކު ފައްސިވެ، އެ ރަށުން ފައްސިވި މީހުންގެ އަދަދު 92 އަށް އަރައިފި.

11:31

ފީއައްޔަށް އަރައި ފޭބުން މަނާކޮށްފި.

23:12

ސްރީލަންކާއިން މިއަދު ރެކޯޑް އަދަދަަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

23:00

ބ. އަތޮޅު އޭދަފުށިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

22:34

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 402 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

22:09

ކޮވިޑް-19 ޖެހިގެން 39 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

20:55

ހއ. ދިއްދޫއަށް އަރާ ފޭބުން މަނާ ކޮށްފި

20:11

އިންޑިއާ އިން ފެންނަނީ ތަޖުރިބާކާރުންގެ ބަސް މޯދީ ގަބޫލުނުކުރުމުގެ ނަތީޖާ - ސައިންސްވެރިން

17:55

ލ. އަތޮޅު އިސްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:30

ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށްފަހު އދ. ދަނގެއްޗަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:12

ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަަށް ފައްސިވެއްޖެ

17:06

ށ. އަތޮޅު ފުނަދޫން ސްކޫލް ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:54

ލ. ފޮނަދޫއިން އިތުރު ހަތް މީހަކު ފައްސިވެ، ޖީ.އާރު.އެޗް ކޮވިޑް ފެސިލިޓީގައި ފަރުވާ ދޭ މީހުންގެ އަދަދު ދޭ އަކަށް އަރައިފި

16:21

އިންޑިއާއިން ކޮވިޑް-19 ގެ އާ ވައްތަރެއް ފެނި ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ދިނުމުން ސަރުކާރުން މާ ބޮޑު ސަމާލުކަމެއް އެކަމަށް ދީފައިނުވާ އިންޑިއާ ސަރުކާރުން އެކުލަވާލައިފައިވާ ފޯރަމެއްގައި ހިމެނޭ ބައެއް ސައިންސްވެރިން ވިދާޅުވެއްޖެ

15:50

އައްޑޫސިޓީ ހުޅުމީދޫއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:40

ކ. މާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 309 އަށް މިއަދު އަރައިފި.

15:37

މިހާރު ކޮވިޑް-19 ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް އައިސްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނުވަތަ ޖަލު ލުމަށް ނިންމައިފި

15:20

އައްޑޫ ސިޓީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފި

15:13

އއ. މަތިވެރިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:39

އައްޑޫ ސިޓީ، ހިތަދޫ ފްލޫ ކްލިނިކަށް ދައްކައިގެން ކޮވިޑް-19 އަށް ފައްސިވީ ފޭދޫ މީހެއް ކަން "ވަގުތަށް" އެނގިއްޖެ.

13:49

އައްޑޫ ސިޓީ، ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:53

ރާއްޖެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަނީ ވެކްސިނަށް ނުހަލާ ވޭރިއަންޓެއް އުޅޭތީ ކަމަށް ވެދާނެ!

 

01:52

މިހާރު ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާއިން އެއް ދުވަސް ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރު ވަމުންނެވެ. އެހެންކަމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ހާލަތު ބަދަލުވުން އޮތީ ދާދިގާތުގައެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމާއި، އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަކަށް ހަމައެކަނި ކޮށްލާ އިލްތިމާސް ފިޔަވައި ސަރުކާރުން އަޅާނެ އިތުރު ފިޔަވަޅެއް ނެތެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ފާއިތުވި އެއްމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ފުރަތަމަ ފަހަރަށް %14 އަށް މިއަދު ވަނީ އަރާފައެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު 3305 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 465 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %14.07 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގެ ހާލަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަރަށް ބޮޑަށް ގޯސްވަމުން އަންނައިރު ކޮވިޑަށް ޓެސްޓް ކުރާ ނިސްބަތުން ފައްސިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޭޕްރީލް މަސް ފެށުނުއިރު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ %2 މީހުންނެވެ.

ކޮވިޑަށް ކުރާ ޓެސްޓްތަކުގެ އަދަދާއި ފައްސިވާ މީހުންގެ ނިސްބަތަކީ ބަލީގެ ހާލަތު އޮތް މިންވަރު އެންމެ ރަނގަޅަށް ފެންނަން އޮންނަ ތަފާސް ހިސާބެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަބްދޫ

  މާސްކަކީ ކޮބާ؟ދުނިޔޭގެގައުމުތަކުގަ މާސްކު އުފައދަނީ އެމާސްކަކުންއެ ބަލީގެ ވައިރަސް ދަތުރުކުރޭތޯ ބަލާ ޓެސްޓް ތަކެއްހެދުމަށްފަހު ރައްޖޭގަ ދެފޮތިގަނޑު ނުވަތަ 3 ފޮތިގަޑު ފައްތަރުކޮށްގެން ފަހަފޮށިންފަހާލީމަ އެވީމާސްކަކަށް މިފަދަ މަސްކަކުން ކްރޯނާ ވައރަސް ކޮންޓްރޯލް ނުކުރެވޭނެ. ރާއްޖޭގަ އިމަޅާ މަސްކަކީ ރަނގަޅުއެއްޗެއްތޯ އެއްވެސް އިދާރައަކުން ޗެކެއްނުކުރޭ . މާސްކުގެގޮތުގަ ފޮތިންފެހޭ ތަކެތި ހުންނަންޖެހޭ ސްޓޭންޑަޑް އެއް ކަނޑައަޅާފަ ނެތް.ފްތިންފެހިޔަސް އެހެން މާސްކެއް ވިޔަސް އަނގަޔަނެފަތުން ނިކުންނަ ވައި އަނގަޔާއި ނެފަތާއި ދިމާލުން މާސްކު ފޫއަޅާފަ ވަދެ ނިކުމެވާނަމަ ވައިރަސއިން ރައްކާތެރިކަމެއްނެތް.

 2. ބޭޗާރާ

  ކުރަންވީ ކަމަކީ މާސްކު އަޅާލުން ކަމަށް ވަންޏާ މާސްކު އަޅާލަންވީ ގޮނޑަށްތޯ؟ ނުވަތަ ވަށިގަނޑަށްތޯ؟

 3. ހާލު

  ހެޔޮނުވާނެ ހުޅުމާލޭ މިސްކި އްތަކުގަ މުދިމުންނަށް އަންގަބަލަ ނަމާދަށް ފެށުމުގެ ކުރިން ހުރިހާއންމެން މާސް އއެޅުމަށް އަލަށް ހެދި މިސްކިތުގަ ޖު އްބާލާގެން މިސްކިތަށް އަރާ 10 މީހުން މާސްކެޅުމެ އެއށް މުދިމުންގެ ޒިންމާ ކުޑަ އީ މިހާރުން މިހާރަށް މިހާރުން މިހާރަށް މިސްކިއްތކުގަ ގަވާދާ ހިލާފް ވާ ހުރިހާ އެންމެން ޖޫރިމަނާ ކޮށްބަލަ

 4. ޖަމީލް

  ގޮތްފުޅަނގި އުޅޭގޮތަށް އުޅުން