މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ޝައްވާލު މަހުގެ ހަނދާއި މެދު ގޮތެއް ކަނޑައެޅުމަށް މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ވިދާޅުވީ މިރޭ އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ނުފެންނާތީ މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މިއަހަރުގެ ފިޠުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅާކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފިތުރު އީދު ކުރުމަށް ހަމަޖެހިފައިވާއިރު މާލެސިޓީގައި މުޅިއަކު 24 މިސްކިތެއްގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ 18 މިސްކިތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާއިރު ވިލިނގިލީގެ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ދެ މިސްކިތެއްގައެވެ. އަދި ހުޅުލޭގެ އެއް މިސްކިތާއި ހުޅުމާލެ ތިން މިސްކިތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިއްދީގު

    ފަލަކީ އިލުމުން ދައްކާގޮތުން މާދަމާ އަކީ އީދު ދުވަސް.. ކަލަންޑަރާއި ހަނދު މަހަކާއި ދިމާއެއް ނުވޭ.. މާދަމާ ބައެއް ގައުމުތަކަށް އީދު.. ކަލަންޑަރު އޮޅުވާލައިފަ އޮތީ.. ހަނދު މަހެއް ބަދަލެއް ނުވާނެެ.

  2. ޙަފްޞާ / މާލެ

    ބަރާބަރު ނިންމުމެއް! އަޅުގަނޑުމެން ބެލިބެލުމުގައި މިރޭގެ އިރުއޮއްސުމުގެ 17 މިނެޓްކުރިން ހަނދު އޮއްސިއްޖެ! ރަމަޟާންމަހުގެ ފުރަތަމަރޭކަމަށް ނިންމި ދުވަހު ހަނދު އޮއްސުނީ އިރުއޮއްސުމުގެ 8 މިނެޓް ފަހުން!

  3. ސަޅިބެ

    ކޮބާ ފަލަކީ ހިސާބު؟ ދޮޅު އަހަރަށް ޗުއްޓީއަކަށް ފޮނުވީ ދޯ؟؟

  4. ނިޢަމް

    ޞިއްދީޤު މާ މޮޅީ!

  5. ކުޑޭ

    ފަލަކީ ހިމަކީ އަށް ބަދަލު ވީ ދޯ!

  6. މުހައްމަދު

    ކީވެތޯ މިފަހަރު ނުބުނީ މާދަން ހަނދު ފެންނާނެ ކަމަށް ބަލާފަ ޢީދޭ. ގައިމު ރޯދަ ހިފީ އެގޮތަތް ބަލާފަ.