އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެކޮޅުގައި ހުންނަވާ ދުވަސްވަރު ޤައުމު ހިންގެވުމަށްޓަކައި އެމަނިކުފާނުގެ ލަފާފުޅު ހޯއްދެވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ގޮވާލައްވައިފިއެވެ.

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވީ ހުކުރު ވިލޭރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ އަމިއްލަފުޅު ގެކޮޅުގައެވެ. ގޭބަންދަށް ބަދަލުކުރައްވާފައި ވަނީ މަސް ދުވަހުގެ މުއްދަތަކަށް ކަމަށް އެނގިފައިވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ނާޒުކު ހާލަތުން އަދި ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ރައީސް ޔާމީނާ މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ލަފާފުޅު ސަރުކާރުން ހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް، މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު އިބްރާޙީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ސަލާމަތް ވުމަށް ރައީސް ޔާމީންގެ ވިސްނުންފުޅު ސަރުކާރުން ހޯއްދަވައި އެމަނިކުފާނުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.

"ކުޑައިރު މަންމަ ބުނާނެ، ދަރިފުޅާއޭ، ނޭނގެންޏާ ބޭބެ ކައިރީ އަހައިގެން ފިލާވަޅު ހަދާށޭ،" ޝުޖާއު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ، މާފުށީ ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަކަށެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާ އެތައް ހާސް މީހުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ "ސިޔާސީ" ދައުވާތަކެއް ކަމަށެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖްތައް ކުރަމުންނެވެ. އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ އަމާޒަކީ އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ގޮތެއް މެދުވެރި ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބަކުރު ބޭ

    ލަފާ ހޯދުމުގެ ބަދަލުގައި ތި މީހުންނާއި ވެރިކަން ހަވާލުކޮށްފިއްނަމަ ކިހިނެތް ވާނީ؟

    7
    18
  2. ރާގޮޑިރާޖަ

    ޥައްކަންކުރުމުގެ ލަފާބޭނުމެއްނޫން. ޢެގިއްޖެތަ ބާރަށުސުޖާއު.

    18
    23
  3. Happy 321

    ވައްކަންކުރުމުގެ ލަފާތޯ.. ނޫޅޭންތި ނުލިބިގެންނެއް!

    12
    21
  4. އަހްމަދު

    ކަލޯ ހޯހދަންވީ ވަށްކަން ކުރުމުގެ ލަފާތަ؟ ތިޔަ ލަފައެއް ހޯދާނެ ކަމެއްނެތް އެލަފަޔަކީ ދެ ދުނިޔޭގެ ހަލާކު. ކަމެއް ކުުރާނެންޏާ ޔާމީނަށް ހެޔޮ ލާފެއްވައިގެން މިބަކާތްތެރި ރަމަޟާންމަހު ތައުބާވޭތޯ އާދޭސްކޮށް ދާނަވާ.

    8
    21
  5. ނަސޭހަތް

    ރ ޔާމީން ގެކޮޅުގައި ހުންނެވިއަސް ނުވަތަ އެހެންތަނެއްގައިި
    ހުންނެވިއަސް، އެމަނިކުފާނުގެ ލަފައާއި މަޝްވަރާ
    ހޯއް ދަވައިގެން ސަރުކާރުގެ ކަންކަން ކުރިއަށް ގެން ދިއުމަކީ މިވަގުތު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާ ދީ ދަތި
    ތަކާއި ދިރިއުޅުމުގެ އުނ ދަގޫތަކަށް ހައްލުހޯ ދުމަށް ފަސޭހަ ވާނެކަމެކެވެ.

    24
    9
  6. ގަންނާދު

    5 އަހަރުވަންދެން ގައުމު ހިންގަން ހަވާލުކުރީމަ 5 އަހަރުވަންދެން ކުރީ ވައްކަން ލަދު ހަޔާތެއް ނެތް މިންވަރަކީ އަމިއްލަ އެކައުންޓަށް އެވަގުފައިސާތައް ޖަމާކުރުން

    5
    15
  7. މަނީމަނީ

    ލަފާހޯދަންޖެހޭނީ ލާރިގަނާޑެއް ކަޓުވާލާ ޒާތުގެ ވެރިކަމެއް އުފެދުނީމަތާ

    5
    13
  8. މޯޱު

    އެހެންވިއްޔާމު މަނިކުފާނު ބުނެބަލަ މިހާރު ބިޱުގަހުރި ރައްރަށުން އެންމިލިއަން ކަޓުވާލެވޭނީ ކޮންގޮތަކުން

    3
    3
  9. Anonymous

    ވަގުންގެ ލަފާ މިސަރުކާރަށްބޭނުމެއްނޫން

    2
    5
  10. Anonymous

    ނުވަދިހަ ނުވައަހަރަށް ގިރިތަކާ ފަޅުތަކާ ކަނޑުގެއަޑިވިއްކާލައިގެންލާރިގަނޑު ފާޅުދިރުވާލައިގެންތިބިވަގުން ތިއީ ޕާޓީގައިމިހާރުތިބީ ހަމަ އެކަނި މުއީޒު ނަގާކޮޅަށްޖެހި ވަގުންކޮ އެކަނި

    2
    4
  11. އަލްޖިބްރާ

    ލަފާހޯދަންވީ އަނެއްކާވެސް ރާއްޖޭގެ ރަށްތަކެއް ވިއްކާލާ ލާރިގަޑު ކަޅާ ކުރާނެ ގޮތެއް އޮތްތޯ ބަލަންތަ ؟

    4
    3
  12. ނަޖީބު އައްބާސް

    ސިއްސައިގެން ގޮސްފި ހަބަރުކީއާފަ ޔާމީނު ވަގައްނެގީ ތިންކަރުޔާއެއް ނޫން ދިވެހިންގެ ހަރުމުދާވިއްކި ފައިސާގަނޑު ދިވެހި ތާރީހު ނުދެކޭވަރު ބޮޑު ވަގެގެއްގެ ލަފާހޯދަން ގޮއުމަކީ ގައުމައް ގައްދާރު ވުންކަމުގަ ދެކެން

  13. ކަމާލް

    ބަލަގަ ގަމާރުންނޭވޭ ވައްކަންކުރަން ބޭނުމިއްޔާ ހޯދަންޖެހޭނީ
    މިސަރުކާރުގެ ވެރިންގެލަފާ ވެންޓިލޭޓަރ ވައްކަން ފުލެޓު،އޮކްސިޖަން،އެއަރޕޯރޓް،ދެއަނހަރު ބައިވެގެންދިޔައީ ވައްކަންނޫނީ ކުރެވުނުކަމެއްނެތް ނުވިތާކައް އެމްއެމްޕީއާރުސީ ގެތެރެއިންވެސް

  14. ބަދޫރާ

    އައްޗީޑި

  15. ައަހުމަދު

    ކުއްވެރިއެއް ކައިރިން ލަފާހޯދަން ޖެހޭ އެއްވެސް ސަބަބެއްބެތް އަނެއްކާ ވެރިކަން ހިންގިއިރު ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުންނޫންކަމެއް ނެތް އަދުލުއިންސާފެއް ނެތް.

  16. ޢަހުމަދު

    މމމމލިއު މަށް ކޮ މެންޓް ދިން މީހުންނަކީ ތާކުންތާކު ނުޖެހޭ ވަކިފަރާތަކަށް ގޮސް ހުސްވެފަ ތިބި ލާދީނީ ބައެއްތާ ތި މާ މީހާގެ އަސްލު ނަންވެސް ޖަހަން ކެރޭބައެއް ނޫނޭ ކޮންބޭކާރު ވަގުތެއް ތިދުއްވާލީ ރާއްޖޭގެ ތާރީޚު ދެކިފައެއްް ނެތް ވައްކަންނުކުރާ ވެރިއެއް ކިތަން މެ ވަރަކަށްކައިފަވެސް ރައްޔިތުންނަށް ފައިދާހުރި ކަ މެއް ކޮށްދެވުނީ ޔާ މީނަށް ހަގީގަތް ހަޖަ މް ކުރަން ދަތިވަނީ ގޮސް ހުސްވެފަ ތިބޭވަރުން ހައްހައް!!!!!؟؟؟؟؟!!!!!؟؟؟

  17. Anonymous

    ޢެއީ އިތުރަ ވައްކަން ކުރަން ދަސްކުރަންހޭ