ސަރުކާރުގެ ވަޒީރަކު ނުވަތަ ސަރުކާރު ކުންފުންޏެއް އިސްވެރިޔަކު ރުއްސައިގެން ރަށަށް ތަރައްޤީ ގެންނަ ޒަމާން މާޒީވެ ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ އިންތިޚާބީ ކައުންސިލަރުންނާއެކު އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތައް ކުރިއަށް ގެންދެވިދާނެ ގޮތުގެ މަޝްވަރާއަށް ބޭއްވި ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާވެ މިއަދު ފެނިގެން މި ދަނީ "އަނެއް ދިވެހިރާއްޖެ" އެވެ. މިއަދު ރަށަށް ތަރައްޤީ ގެންނަން ވަޒީރުން ރުއްސަން ނުޖެހޭ މިންވަރަށް ނިޒާމު ހަރުދަނާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިމަންނާއަކު ނެތީމޭ ސަރުކާރު ހިއްސާވާ ކުންފުންޏެެއްގެ މެނޭޖިން ޑިރެކްޓަރު އަރިހަށް ގޮސްގެން އޭނާއާއި އެކު ކޮފީއަކަށް އަރާލައިގެން، އޭނާ ހިތްހަމަ ޖައްސާލާގެން، ވަޒީރު ބޭފުޅަކު ރުއްސާލައިގެން ތިމަންނާގެ ރަށުގެ ކަންތައް ފުރިހަމަ ވާނީ، ނޫން، ތިމަންނާމެންނަށް އޮތީ އެ ގޮތެއް ނޫން، އެ ޒަމާން ނިމިއްޖެ،" ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެސް އިންނެވި އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތައް އަމިއްލައަށް ތަރައްޤީ ވެގެން އަންނާނެ ކަމަށެވެ. މިއީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން ދެން އިތުރުވެގެން އަންނާނެ ކަމަށެވެ.

ރަށަށް ތަރައްޤީ ގެނައުމަށް ވަޒީރުން ރުއްސަން ޖެހޭ ޒަމާން މާޒީވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މި ވަނީ، ރައީސް ޞާލިޙްގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގާތް ގުޅުމެއް ބާއްވައިގެން އެ މެންބަރުންގެ ދާއިރާގެ ރަށްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ނަޝީދުގެ އަރިސް މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.

މީގެ އިތުރުން، ރައީސް ޞާލިހްގެ ކެބިނެޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް އެމަނިކުފާނު ނިންމަވާފައި ވަނިކޮށެވެ. މި ކަން ކޯލިޝަންގެ ލީޑަރުންނަށް ރައީސް ޞާލިޙް ވަނީ އަންގަވައިފައެވެ. މި ގޮތުން ބައެއް ވަޒީރުން މަޤާމުން ވަކިކުރައްވާނެ ކަމާއި، ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލު ކުރައްވާނެ ކަން ރައީސް ޞާލިޙް ވަނީ އަންގަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިބޫއަށް

  ހުރިހާ ވުޒާރާއެއް އުވާފަ ބޮޑު އެއް ވުޒާރާ ހަދާފަ ބޮޑު ވަޒީރާ ހަވާލު ކުރަމާ؟؟ އެހެން ނޫނީ އިބޫއަށް ނޭވާ ލިޔަކު ނުދޭނެ ސަރުކާރު ހިންގިޔަކު ވެސް ނުދޭނެ.. އިދިކޮޅު ލީޑަރަކީ ވެސް ބޮޑޭ ކަމަށް ފެންނަނީ

  9
  2
 2. ސަންދޯކު ކޮޅުފިލާ

  ބޮޑުވަޒީރަކު އަށްޔަންކުރަން ކޮފީމޭޒެއްގެދޮށަށްގޮސް ބުނެގެން ހެއްލޭނެޒަމާންވެސް މާޒީއާއިއެކު ހިގައްޖެއެވެ.

  12
  1
 3. އަހުމަދު އަބްުދުﷲ

  ތެދެއް، މިހާރު މަޖިލިސް މެމްބަރާއި، ރައީސް،ގެ ރުހުން ދޯ ބޭނުންވާނީ.

 4. ބވަޒީރު

  ކުދީންނޭ މިއީ ބޮޑުވަޒީރު ރުއްސައިގެން ތަރައްގީ ގެންނަ ޒަމާން

  6
  1
 5. ޙަސަނާ

  ކަލޭގެ ލާދީނީީ އަދިރިފަރާތް ވެސްދިވެހިންނައްއެގިފާޅުވެއްޖެ

  3
  1
 6. މައިކް

  ކަލޭގެނައިތަރައްގީއަކީކޮބައިތަ؟؟؟؟