މިހާރު ހުސްވެފައިވާ މިނިސްޓްރީ އޮފް ސައިންސް، ޓެކްމޯލޮޖީ އެެންޑް ކޮމިއުނިިކޭޝަނުގެ މަގާމަށް ދެ ނަމެއް ޖުމްހޫރީ ޕާޓީގެެ ލީޑަރ ޤާސިމް އިބްރާހިމް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޤާސިމް ދެ ބޭފުޅެެއްގެ ނަމެއް ހުށަހަޅުއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެދިލެއްވުމަކަށެވެ. މި މަގާމަށް އައްޔަން ކުރުމަށް ފޮނުވާފައި ވަނީ ކޮންކޮން ނަންތަކެއް ކަމެެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެބޭފުޅުންނަކީ ވިލާ ކޮލެޖުގައި މަސައްކަތް ކުރައްވަމުން ގެެންދަވާ ދެ ބޭފުޅުންނެވެ. އެއީ ސިޔާސީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ދެެ ބޭފުޅުން ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައެެވެ.

"މިހާރު ދެބޭފުޅެއްގެ ނަން ފޮނުވާފަ ވާކަމަށް އަޅުގަނޑުމެެންނަށް މައުލޫމާތު ލިބެނީ. ނަމަވެސް އެއީ ކޮން ދެބޭފުޅުންނެއް ކަމެއް އަދި އެނގިފައެެއް ނުވޭ" ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ކުރިން ކޮމިއުނިކޭޝަން މިނިސްޓަރުގެެ މަގާމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް ވަނީ ދާދި ފަހުން މަގާމުން ވަކިކޮށްފައެވެ. މަލީހް ވަޒީރު ކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ވަޒީރުކަމުން ވަކިކުރިފަހުން މަލީހް ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރެފްރީ

  ނަމަނަމަ އޮޅިގެންވެސް މިއުޅޭބޮޑުވަޒީރުގެނަން ނުފޮނުވާތި !! ބޮޑުވަޒީރު ބޭނުންވޭހުރިހާވުޒާރާތަކުގެވެސް ވަޒީރަކަށްވާން !

  15
 2. މާމިގިލީ މީހާ

  ފުރަތަމަ ފޮނުވީ ގާސިމްގެ ހަގު އަނބި ރާނިޔާގެ ނަން. ދެވަނައަށް ފޮނުވީ ހަމީދުގެ ނަން. ގާސިމުގެ އަނބިންތަކައް މިނިސްޓަރުކަން ހޯދައިދޭން ގާސިމް މަސައިތްކަތް ކުރަނީ.. ދުނިޔެޔާ ހެދި ކާއްބަ ގަނެގެން އުޅެނީ. ބާގީ ބުރުމާ. ބަގާވާތުގެ މޭއިސްތިރި.

 3. ބަކުރު ބޭ

  ނަން ފޮނުވި 2 މީހުންނަކީ ވެސް އަޚުލާޤު ރަނގަޅު 2 މީހުން! އެބަބަލަން

  1
  1
 4. ހުވާ

  އނބިންނާ މުދާލިބޭވަރު މަދީތޯ

 5. ހަސަދު

  އަލަށް ކައިވެނި ބައްލަވާ ގަތް ހަގު އަނބީގެ ނަން ރަނގަޅު ވާނެ!!!!. ހެހެހެ.

 6. ތާއީދު

  ތިޔަ މަގާމަށް ވިލާކޮލެޖުގައި އުޅުއްވާ ބޭފުޅަކު އެކަށީގެންވާ ނަމަ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޑރ މުހައްމަދު ކިނާނަތު.

 7. ވިސްނާ

  މީކާކު، ކޮވިޑް ޖެހި ދާނެތީ ، ފިލާ އޮވެގެން ވެސް ޖީބައް ނުހައްގުން އެއްޗެއް ވެއް ދޭނެ ގޮޮތެއް ކަލޭ ބަލާތި

  5
  1
 8. މަނީމަނީ

  ތީނަފޮނުވާ އެއްވެސްނަމެއް ބަލާގަންނާނެ ކަމެއްނެތް އަދިވެސް ބަގާވާތްކުރާނެ

  5
  1
 9. ޢަލީ

  ތިޔަ ސްލޮޓް ގާސިމަށް ޙައްގެއް ނޫން

 10. ބުއްޅަހުއްތު

  ލާދީނީ އަންނި ގެ ވަކިތަކުނ ނާއި ލާދީނީ އެންމެ ކޮރަޕްޓް އީވާ ކިބައިން ގައިމު ސަލާމަތް ކުރަން ވީ

 11. ޕުޗުސް

  އަނބި ނަމްބަރު 2 އަށާއި އަނބި ނަމްބަރު 5 އަށް.