މިހާރު ރާއްޖެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަނީ ވެކްސިންގެ އަސަރު ނުކުރާ ވޭރިއަންޓެއްގެ ސަބަބުން ކަމަށް ވެދާނެ ކަމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދެއްވުމުގައި ވެސް އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ ޑރ.މުހައްމަދު އަލީ މިހެން ވިދާޅުވީ ގިނަ ބަޔަކަށް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ދީފައި ވަނިކޮށް ވެސް ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޑރ.މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިނާއި އަދި ސިނޮފާމް ވެކްސިނުން ވެސް ބަލިން ރައްކާތެރިކޮށްދިނުމުގެ ނިސްބަތް ހުންނަނީ އެވްރެޖްކޮށް %70 ގައި ކަމަށެވެ. "އޭގެ މާނައަކީ ވެކްސިންދޭ މީހުންގެ ތެރެއިން %70 މީހުންނަށް ބަލި ނުޖެހި ސަލާމަތްވާނެއޭ. %30 މީހުންނަށް ބަލި ޖެހިދާނެއޭ. ނަމަވެސް ހާލަތު ގޯސްވާ އަދަދު މަދުވާނެ." ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ.މުހައްމަދު އަލީ ވިދާޅުވީ ވެކްސިން ދޭ އެންމެން ކޮވިޑުން ރައްކާތެރި ނުވާނެތީ ނުވަތަ ވެކްސިންގެ އަސަރު ނުކުރާ ވޭރިއަންޓެއް އުޅެފާނެތީ ކޮވިޑަށް ފައްސިވާ އަދަދު އިތުރުވަނީ ކަމަށް ވެދާނެ ކަމަށެވެ.

ރާއްޖެ އިން އެއްލައްކަ މީހުންނަށް އިއްޔެ އާއިހަމައަށް ވެކްސިންގެ ދެޑޯޒް ވަނީ ދީފައެވެ. ވެކްސިންގެ އަސަރު ރަނގަޅަށް ކުރާނީ ދެޑޯޒް ފުރިހަމަ ކުރާތާ ދެހަފްތާ ފަހުން ކަމަށް ތަހްލީލްތަކުން ދައްކައެވެ.

ކޮވިޑްގެ ވަރަށް ގިނަ ވޭރިއަންޓްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން ދާއިރު އަދި މިހާތަނަށް ވެކްސިނަށް ނުހަލާ ވޭރިއަންޓެއް ފެތުރެމުންދާކަން އެއްވެސް ދިރާސާއަކުން ދައްކާފައެއް ނުވެއެވެ. މިހާރު އެންމެ ބާރަށް ކޮވިޑް ފެތުރެމުންދާ އިންޑިއާއިން ފެނިފައިވާ ވޭރިއަންޓަށް ވެސް ކޮވިޝީލްޑް ވެކްސިން މަސައްކަތް ކުރާނެ ކަމަށް އޮކްސްފޯޑް އިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަހްލީލްތައް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އިބިލީސް

  ޑޮކްޓަރ ބުނި ގޮތަށް ވުން ވ ގާތް. އެކަމަކު މިތާ އުޅޭ އެޗްޕީއޭ އަކަށް ނޭނގޭނެ. މަރުވި ބަޔެއްގެ ތަޙްލީލް ކުރަން މުޅި އުމިރުދުވަސް، ވޭރިއަންޓް އުޅޭތޯ ޗެކްކުރުން ކޮވިޑް ބަލި ދުނިޔެއިން ފޮހެވެންދެން. ނާޤާބިލް ކަމުގެ އިންތިހާ

  11
  • ދީދީ

   ވެކްސިން ކިޔާފަ ހިލޭ ދިނީ ކޯޗެއްތޯ ބެލިން ތަ؟

  • ދަޑޭބޭ

   ތިކޮމެންޓް ފުރިހަމަވީސް ތިބުނާ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ލިސްޓް ކޮށްލިނަމަ އަދި ކަލޭގެ ޤާބިލްކަން ނިކަންދައްކާލިނަމަ

 2. އަލީ

  ތީ އެއްކަލަ ހިނގަނޑު ޖަހާލި ޑޮކްތަ؟ ވެދާނެ، މޭބީ، ކުޑްބީ، ޕޮސިބިލީ، ޕެހަޕްސް، ޕޮޓެންޝަލީ، ލައިކްލީ މިހުންނަނީ މިޒާތުގެ ބަލިމަޑުކަމެއް ފެތުރޭ އިރު ބޭނުން ކުރަން ރަގަޅު ބަސް ބަހެއް ނޫނެވެ. ބަލިމަޑުކަމެއް އުޅޭ އިރު ސްޕެކިއުލޭޓް ކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ސްޓަޑީއެއް ހަދާ އެސްޓަރޑީގެ ކޮންކުލޫޝަން ހާމަ ކުރިނަމަ ރަގަޅުވީހެވެ. ވެދާނެ ކަމަށް ބުނެ ބަސް ދޫކޮށްލުމަށްވުރެ ފިގަރސްތަކަކަށް ބުރަވެ ބަސް ބުނުން ރަގަޅުވާނެ ކަމަށް ޑޮކް ކައިރީގައި ބުނަމެވެ. ،

  11
  1
 3. ދިދަ ދަނޑި

  ތި ހުރިހާ ވައްތަރެއްވެސް މިހާރު މިތާ އުޅޭނެ.. އަދިވެސް ނޫޅޭ އިންޑިޔާ މީހުން އައުން ހުއްޓުވާކަށް..

  15
 4. ހުސެންބެ232323

  ދައުލަތް އެއްކޮށް ޕެރެލައިޒްވެ ހޮސްޕިޓަލުތައް ނުފުރެނީސް ސަރުކާރުން އެބަޖެހޭ ކޮންމެވެސް ފިޔަވަޅެއް އަޅަން. މިތާ ވެރިކަމެއް އެބައޮތްތަ؟ ރައީސަކު ވެރިއަކު އެބަހުރިތަ؟ އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް ވަކި ވަގުތަކުންފެށިގެން ލޮކްޑައުންކޮށްބަލަ. މިގައުމި ފަނާވަނީއޭ މިއޮތްގެން. މިއީ އިންޑިއާކަހަލަ ބޭސް އުފައްދާ ގައުމެއް ނޫނޭ.. އޮކްސިޖަން އުފައްދާ ގައުމެއް ނޫނޭ.. ހެޔޮނުވާނެ ސާލިހު. ކެރަފާ ނަސީމުއާއި އަންނިއަށް އަށް ބިރުންތަ ކަމެއް ކުރަން ނުކެރެނީ ؟

  17
 5. ނޫސް

  ހޫން. އެއްކަލަ ކޮސް ގޮވި ޑޮކްޓަރު ދޯ މީ. މިހާރު މި ބުނަނީ ވެކްސިން މަސައްކަތް ނުކުރާ ވާހަކަ. ދެން ވެސް ބުނޭ އަވަހަށް ވެކްސިން ޖަހާށޭ. އޭރުން އަރިދަފުސް ރޯގާ އަކަށް ވެދާނެޔޯ.

 6. ޒަބާދުކުޑޭ

  ދެންކީއްވެތޯ އެންމެން ވެކްސިންޖަހަން މުހައްމަދުއަލީ އާދޭސްކޮށް ޓްވީޓް ކުރަނީ.

 7. އަޙްމަދް

  ތި ދައްކާ ހުރިހާ ވާހަކައެއްވެސް ތިދައްކަނީ ވެކްސިން އިޝްތިހާރުކޮށް އެވިއްކަންވެގެންނެވެ.

 8. ލާބަ

  ޖެހީ ރަނގަޅު އެއްޗެއް ތޯ ބެލިތަ. މަޖުބޫރުކޮށްގެން އެވަރުން ތި ވެކްސިން ޖަހަން އުޅުނު އިރު ހީވީ އެހެން ފަ ދަ ކަމެއްހެން

 9. ދިވެހި

  ޢިންޑިޔާގައި ހަލުވި ކަމާއެކީ ފެތުރެމުން ދާ ހަލުވިކަމަ އެކި ގައިންގަޔައް އަރާ ވޭރިއަންޓް މިތާ ނޫޅިދާނެތަ. ފައިސާ އާއި ހެދި އެޔެއް މިޔެއް ނުބަލާ އިންޑިޔާ ފަތުރުވެރިން ގެނެވޭތޯ ވިއްޔާ ބެލީ. މި މީހުންއައިސް މިތިބެނީވެސް ގިނައިން ރައްރަށު ގެސްޓްހއުސްތަކުގަ ވިއްޔާ

 10. ނަސ

  ހުސް ޜޯނު އެދުރުން ބޯހަލާކު