ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.

ފައިސަލްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެ އުޅުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ވަނިކޮށް, މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ނަމަވެސް އެ މައްސަލައިގައި ފައިސަލްގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ އެ މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފައިސަލްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާއިރު އެކި ފަހަރުމަތިން އޭނާ ފުލުހުންގެ އިދާރާ އަށް ވެސް މީގެކުރިން ހާޒިރުކޮށްފައިވެއެވެ.

ހަމަ މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މީގެކުރިން އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް އެކިފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގެރޭ "ހުއްޓުވާ" ގެ ނަމުގައި މާލޭގައި މުޒާހަރާ އެއް ކުރިއިރު މި މުޒާހަރާގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބޭސް

    ޝުކުރިއްޔާ ޕީޖީ މަރުޙަބާ ފައިސަލް ދެންވެސް ފައިފޯރާ ފަށުގައި ހިނގުމަށާއި ފައިނުފޯރުމުން ދެންފަތަން އުޅުމަށް ދާއިރާއިން ފައިސަލްގެ ސަޕޯޓަރެއްގެގޮތުން ނަސޭހަތްތެރިވަން

  2. ޙަފްޞާ / މާލެ

    ފައިޞަލްއަށް ހަމަވިސްނުން ދެއްވާށި!

  3. މޮންދު

    ފައިސަލް އުޅޭހެން އުޅެބަލަ